ފުލުހުންގެ ދެ އޮފިސަރަކު ޑިއުޓީގައި
ހަބަރު
12 Feb 2025 | 19:36
ވޭޕް އަތުލުމުގެ ބާރު ފުލުހުންނަށް ދީފި

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނުގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ އިލެކްޓްރޯނިކް ސިނގިރޭޓާއި، ވޭޕް އެތަކެތި ގެންގުޅޭ މީހުންގެ އަތުން، އަތުލުމުގެ ބާރު ތަންފީޒީ ބާރުތަކަށް ދޭގޮތަށް ޤަވާއިދު އެކުލަވާލައިފިއެވެ.

ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު އާއްމުކޮށްފައިވާ ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާއްމު ޤަވާއިދުގައި ބުނެފައިވަނީ، ރާއްޖެއަށް އެތެރެކުރުން މަނާ އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުމެއް ބޭނުންކުރުން މަނާތަނެއްގައި ބޭނުންކުރަނިކޮށް ފެނިއްޖެނަމަ، ޤާނޫނު ތަންފީޒުކުރާ އިދާރާއަކަށް ޤާނޫނަކުން ލިބިދޭ ބާރެއްގެ ދަށުން ނުވަތަ ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކުރުމުގެތެރޭގައި އެފަދަ އެއްޗެއް ފެނިއްޖެނަމަ އެ އެއްޗެއް ތަންފީޒީ އިދާރާގެ ބެލުމުގެ ދަށަށް ނެގިދާނޭ ކަމަށެވެ.

މި ޤަވާއިދުގައި ބުނެފަިއވަނީ އިލެކްޓްރޯނިކް ސިނގިރޭޓާއި، ވޭޕް ފަދަ މަނާކޮށްފައިވާ އެއްޗެއް ގެންގުޅެނިކޮށް ފެނިއްޖެނަމަ 2،000 ރުފިޔާއިން ޖޫރިމަނާކުރަން ވާނޭކަމަށެވެ. އަދި އެފަދަ ފަރާތަކަށް އަންގާ އެންގުމަކާ އެއްގޮތަށް އަމަލުނުކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާކުރުމުގެ ބާރުވެސް ވަނީ ދީފައެވެ. އަދި އެއީ ވިޔަފާރިކުރާ ތަނެއްނަމަ 100،000 ރުފިޔާއިން ޖޫރިމަނާކޮށް، ވިޔަފާރީގެ ހުއްދަ ބާތިލްކުރަން ހުށަހަޅަން ޖެހޭނޭކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މިގޮތުން ކުރާ ޖޫރިމަނާތައް ބަންދު ދުވަސްތައް ނުހިމަނައި 14 ދުވަހުގެ ތެރޭގައި ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަންޖެހޭނޭ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ރާއްޖޭގައި ވޭޕް ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރުން މަނާކޮށް، ދުންފަތުގެ ވިޔަފާރި ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ވަނީ ކަނޑައަޅާފައެވެ. ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫގައި ވާގޮތުން، އެ ގާނޫނާ ޚިލާފް ވެއްޖެ ބޮޑު ޖޫރިމަނާއެއް ދައްކަންޖެހޭއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.