ރޭގެ ރަސްމިޔާތުގެ ތެރެއިން: ފޮޓޯ/ ޕޮލިސް
ހަބަރު
26 Jan 2025 | 13:04
ރައީސް މުޢިއްޒުގެ ތަަރައްގީގައި ފުލުހުންގެ ދައުރު ބޮޑު: ޣައްސާން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ގައުމަށް ގެންނަވަން އެދިވަޑައިގަންނަވާ ތަރައްގީގެ މަސައްކަތްތަކުގައި ފުލުހުން ބޮޑު ދައުރެއް އެބައޮތް ކަމަށާއި އެ މަގަށް މަސައްކަތް ކޮށްދެއްވުމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އެދިވަޑައިގެންފި އެވެ.

ފުލުހުންގެ 38 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ، 17 ނޮވެމްބަރ 2023 ވަނަ ދުވަހު ރައީސް މުއިއްޒު ހުވައެއް ކުރައްވައިގެން ވެރިކަމަށް ވަޑައިގަތީ ރައްޔިތުން ހަވާލުކުރެއްވި ޒިންމާތަކެއް އަދާކުރެއްވުމަށް ކަމަށެވެ. 

ދިވެހި ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހައްދަވައި ދެއްވައި، ރާއްޖޭގެ މިނިވަންކަމާއި، އިސްތިގުލާލު ހިމާޔަތް ކުރައްވައި، ރައްޔިތުންނާއި މުޖުތަމައު ރައްކާތެރި ކުރައްވައި، އިގްތިޞާދީ ގޮތުން ފުދުންތެރި ތިޔާގި ގައުމަކަށް މި ދިވެހި ރާއްޖެ ހައްދަވައި ދެއްވަން. އަޅުގަނޑުމެންނަށް މިހާރު ފެނިގެން މިދަނީ، އެ ބުރަ މަސްއޫލިއްޔަތު ޒިންމާދާރު ކަމާއެކު، ރައީސް އަދާކުރައްވަމުން ގެންދަވާ ތަން،"

ވަޒީރު ޣައްސާން މައުމޫން 

މިއާއެކު މިނިސްޓަރު ވިދާޅުވީ ގައުމެއް ތަރައްގީވެ ކުރިއަރާ ދާނީ އެ ގައުމެއްގެ މިނިވަންކަމާއި މުސްތަގިއްލުކަން ޔަގީންވުމާއެކު އަމަންއަމާންކަން ގާއިމުކުރެވި އަދުލު އިންސާފު ކަށަވަރުކޮށްދެެވި އަދި ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން ޔަގީންކޮށްދެވިގެން ކަމަށެވެ. އެމަސައްކަތްތަކަކީ ގާނޫނު އަސާސީގެ ދަށުން ފުލުހުންނަށް މަތި ކުރެވިފައިވާ ޒިންމާއެއް ކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

އެކަމަށް ވިސްނާލުމުން ދޭހަވެގެންދަނީ، ރައީސުލްޖުމްހޫރިއްޔާ ދިވެހިންގެ އެދިވަޑައިގަތުމަށް ހޯއްދަވައިދެއްވަން މި މަސައްކަތް ކުރައްވާ ތަރައްގީ ހޯއްދަވައި ދެއްވުމުގައި ދިވެހި ފުލުހުންގެ ދައުރުގެ ފުޅާކަން….ތިބޭފުޅުންގެ މަސައްކަތްޕުޅުން ދިވެހިރާއްޖެއަކީ ސުލްހަމަސަލަސްކަން ދެމިއޮންނަ އަމަންއަމާން ވެއްޓެއް ޤާއިމުވެފައި އޮންނަ ޤައުމަކަށް ހެއްދެވުމަކީ ދިވެހި މުސްތަގުބަލް އުޖާލާވެގެންދާނެ މަގު

ވަޒީރު ޣައްސާން މައުމޫން 

މިއާއެކު ޣައްސާން ވިދާޅުވީ ފުލުހެއްގެ ގޮތުގައި ދަސްވެނިވުމަކީ ބޮޑު ޒިންމާއެއް ކަމަށާއި އެހެންކަމުން ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ސާބިތުވެ ތިބެންޖެހޭ ކަމަށެވެ. އަދި ފުލުހެއްގެ ގޮތުގައި މަސައްކަތް ކުރާއިރު ގައުމަށް ވަފާތެރިވެ ގައުމު އިސްކުރުމަށްވެސް ޣައްސާން އެދިވަޑައިގެންނެވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.