Advertisement

ކުޅުދުއްފުށީގައި ކުޑަކުއްޖަކު ދުއްވިކަމަށް ބެލެވޭ ޕިކަޕެއް، އެއާޕޯޓް ފެންސުގައި ޖެހިއްޖެ

އެއާޕޯޓް ފެންސްގައި ޕިކަޕް ޖެހޭ ވީޑިއޯގެ ސްކްރީންޝޮޓެއް

ކުޅުދުއްފުށީ ސިޓީގައި ކުޑަކުއްޖަކު ދުއްވި ކަމަށް ބެލެވޭ ޕިކަޕެއް އެރަށު އެއާޕޯޓް ފެންސުގައި ޖެހިއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަގޮތުގައި މަގުން ދުއްވާފައިދިޔަ ޕިކަޕް އެއާޕޯޓް ފެންސުގައި ޖެހިފައިވަނީ ހުންގާނު ކޮންޓްރޯލުން ނެއްޓުމުންނެވެ. އެއާޕޯޓް ފެންސުގައި ޖެހުމުން ބޮޑުމީހަކާއި ކުޑަކުއްޖަކު ޕިކަޕުން ފައިބާ މަންޒަރު ފެނެއެވެ. މި ހާދިސާގައި ފެންސަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ، އެފަދަ ވީޑިއޯއެއްގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. މިހާތަނަށް ބެލިބެލުމުން އެނގުނު ގޮތުގައި ޕިކަޕް ދުއްވަން އޭރު އިނީ 18 އަހަރުނުފުރޭ ކުއްޖެކެވެ.

Advertisement

ފުލުހުން އެ ޕިކަޕް ޓޯކޮށްފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ބަލަމުންނެވެ. 

Advertisement

ކޮމެންޓް

Advertisement

Advertisement