26 Oct 2023
"ޗައިނާ މީހާ ގާތު ޕޮލިސް ސްޓޭޝަންގައި ނޫޅެން ބުނިން"
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އެހެން މީހުންނަށް އުނދަގޫ ކޮށް ހަދާތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު އިމިގްރޭޝަނާ ހަވާލުކުރި ޗައިނާ އަންހެން މީހާ ޕޮލިސް ސްޓޭޝަންގައި ބަނޑަހަ ޖަހައިގެން އުޅޭތީ، އެގޮތަށް އެކަން ނުކުރުމަށް ތަކުރާރުކޮށް ބުނެފައިވާނެ ކަމަށް ފުލުހުން ބުނެފިއެވެ.
26 Oct 2023
ޗައިނާ އަންހެންމީހާ ފުލުސް އޮފީހުގައި ކޭންޕު ޖަހައިފި، އިމިޤްރޭޝަނުން ހަވާލުނުވި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އެހެން މީހުންނަށް އުނދަގޫ ކޮށް ހަދާތީ ހައްޔަރު ކުރުމަށްފަހު އިމިގްރޭޝަނާ ހަވާލުކުރި ޗައިނާ އަންހެން މީހާ ވަންނާނެ ތަނެއް ނެތި މާލެއަށް ގިނަ ވެއްޖެއެވެ.
23 Oct 2023
ޚލިޔެކިޔުން ނައްތާލުން ހުއްޓުވުމަށް އޭސީސީން ފުލުހަށް!
ދައުލަތުގެ ލިޔެކިޔުން ނައްތައިލުން ހުއްޓުވައިދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ދިވެހި ފުލުހުންގެ ކިނބައިން އެދިއްޖެއެވެ.
22 Oct 2023
މަކުނުދޫގައި ނިޔާވި މީހުންގެ ހަށިގަނޑު ތަހުލީލަށް މާލެ ގެންނަނީ
ހދ. މަކުނުދޫގައި ބިންހިއްކުމުގެ މަސައްކަތް ކުރަމުންދިޔަ ސައިޓްގައި ގޭސް ސިލިންޑަރު ގޮވިި ހާދިސާގައި ނިޔާވި ދެމީހުންގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.
22 Oct 2023
ފައިސާގެ މައްސަލަތަކާއި ގުޅިގެން ފުލުހުން އެފްއޭއެމަށް ވަދެފި!
އެފްއޭއެމް އަށް ލިބޭ ފައިސާ ހޭދަކުރުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާ ކަމުގެ ތުހުމަތުތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެފްއޭއެމް ހިންގަމުން އަންނަ އިދާރާ އަށް މިއަދު ވަދެއްޖެއެވެ.
22 Oct 2023
ފުލުހުންގެ ފޮރެންސިކް ޓީމެއް މަކުނުދޫއަށް
ހދ. މަކުނުދޫގައި ބިންހިއްކުމުގެ މަސައްކަތް ކުރަމުންދިޔަ ސައިޓްގައި ގޭސް ސިލިންޑަރު ގޮވިި ހާދިސާއާ ގުޅިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް އެރަށަށް ހިނގައްޖެ އެވެ.
21 Oct 2023
ފޭރިގެން ކޯޓަށް ގެންދިޔުމުން އެދުނީ ގިނަ ދުވަހަށް ބަންދުކޮށްދޭން!
ފޯނެއް ފޭރިގަތް މައްސަލައިގައި ހައްޔަރުކުރި އުމުރުން 60 އަހަރުގެ މުހައްމަދު ވަހީދު ބަންދު މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ގެންދިއުމަށް ކުޑަ އިއުތިރާފުވެ އޭނާ ވީހާވެސް ގިނަ ދުވަހަށް ބަންދުގައި ބަހައްޓައިދިނުމަށް އަމިއްލައަށް އެދިއްޖެ އެވެ.
19 Oct 2023
ކަނޑުމަތިން ފެނުނީ ރަސްފަންނާ ދިމާއިން މޫދަށް ފުންމާލި މީހާ
މިއަދު ހެނދުނު ދޫނިދޫ އާއި ފުނަދޫއާ ދޭތެރޭ ކަނޑުމަތިން މަރުވެފައިއޮއްވައި ފެނިފައިވަނީ ރޭ މާލޭ ރަސްފަންނާއި ދިމާއިން މޫދަށް ފުންމާލި މީހެއް ކަމަށާއި އެކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.