ފުލުހުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ސަން
ހަބަރު
13 Jun 2024 | 15:06
އެމްއޭސީއެލް ގެ ވެހިކަލް ވަގަށް ނެގި ފަރާތުގެ ނަންމަތީގައި 100 ވެހިކަލް!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ބާއްވާފައި އޮތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ވެހިކަލެއް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ ފަރާތުގެ ނަންމަތީގައި 100 އަށްވުރެ ގިނަ ވެހިކަލް ރަޖިސްޓްރީ ކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދައޫދު ވަނީ އެ ކަންތައް ހިނގައިދިޔަ ގޮތުގެ ތަފްސީލު ހިއްސާ ކުރައްވާފައެވެ.

މިގޮތުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ވިދާޅުވީ، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ ކާރު އެއާޕޯޓުން ވަގަށް ނަގައިގެން ފުރަތަމަ ހުޅުމާލެ އަށް ގެންގޮސް، ހުޅުމާލޭ ވިލާ ޕެޓްރޯލް ޝެޑް ކައިރީގައި ހުންނަ އޮރެންޖް ބިލްޑިން ކައިރީ ބާއްވައިގެން އުޅަނދުގެ ބޯޑު ބަދަލުކޮށްފައިވާކަމަށެވެ.

އެއަށްފަހު، އުޅަނދު މާލެއަށް ގެނެސް އަލިފާނުގެ ހާދިސާއެއް ހިނގި އީރަމްގޭގެ ގްރައުންޑް ފްލޯގައި ހުރި ގަރާޖަކަށް ވެއްދި ކަމަށެވެ. އެއާއިއެކު، ފުލުހުންގެ ތަހުގީގު ޓީމުން އެ ގަރާޖު ކުއްޔަށް ނަގައިގެން އުޅޭ މީހާގެ ހާޒިރުގައި އެ ތަން ބަލައި ފާސްކުރިއިރު، އެ އުޅަނދު ފެނިފައިވާ ކަމަށާއި، މީގެ ކުރިންވެސް އެމްއޭސީއެލުން ގެއްލިގެން ރިޕޯޓްކޮށްފައިވާ އުޅަނދެއް ވެސް ހަމަ އެ ގަރާޖުން ފެނިފައިވާ ކަމަށް ދާއޫދު ވިދާޅުވިއެވެ.

މި ގަރާޖު ހިންގާ ފަރާތުން ވެހިކަލް ތަކުގެ އަސްލު އޮޅުވާލުމަށްޓަކައި އިންޖީނު ނަންބަރާއި ޗެސިސް ނަންބަރާ ކަހާލުމަށް ފަހު ވަރަށް ފުޅާ ދާއިރާއެއްގައި މި ވިޔަފާރި ކުރަމުންދާކަން ދާއޫދު ފާހަގަކުރެއްވިއެވެ.

"ގެންދާ ހަތަރު ފުރޮޅުލީ ވެހިކަލްތައް ޚާއްސަކޮށް އޭގެ އަސްލު އޮޅުވާލުމަށްޓަކައި އިންޖީނު ނަންބަރާއި ޗެސިސް ނަންބަރާ ކަހާލުމަށް ފަހު، ފުޅާ ދާއިރާއެއްގައި މާލޭގައި މި ވިޔަފާރި މި ދެންނެވި ފަރާތުން ކުރަމުންދާކަން ފާހަގަކުރެވިފައިވަނީ،"

ދާއޫދު ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން އަހްމަދު ނިޒާމް, 43, މ. މޮޑަން ކޮމެޓާއި އެމްއޭސީއެލް އިން އުޅަނދު ވަގަށް ނެގުމަށް އެހީތެރިވި އެ ކުންފުނީގެ މުއައްޒަފެއް ކަމަށްވާ މުހައްމަދު ހައިޝަމް، 42، މ. ސީނިއަސުރުމާގެ ފުލުހުން ހައްޔަރު ކޮށްފައިވާއިރު، ނިޒާމް ގެ ނަން މަތީގައި 100 އުޅަނދު ރަޖިސްޓްރީކޮށްފައިވާއިރު އޭގެ ތެރެއިން 86 އުޅަނދަކީ ހަތަރު ފުރޮޅުލީ އުޅަނދެވެ. 

މި އުޅަނދުތަކުގެ ތެރެއިން 42 އުޅަނދެއް ނިޒާމް ގެ އަންހެނުންގެ ނަންމަތީގައި ވެސް ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ދާއޫދު ވިދާޅުވިއެވެ. އަދި މި އުޅަނދުތައް ރަޖިސްޓްރީ ކުރުމުގައި،  ޓްރާންސްޕޯޓު މިނިސްޓްރީ މެދުވެރިކޮށް  2023 ގެ ކުރީގައި, 2025, 2026, 2027 ފަދަ ބައްދަލުނުކުރާ އަހަރުތަކުގެ ނަމުގައި ވެހިކަލް ރެޖިސްޓްރީކޮށް ރެޖިސްޓްރީ އިޝޫކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަަމށް ވެސް ދާއޫދު ވިދާޅުވިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ތެރެއިން މީގައި ބައިވެރިވި މީހުންހޯދުމާއި އެކު މި މައްސަލައިގެ ސީރިއަސް ތަހުގީގެއް ފުލުހުން ކުރަމުން އަންނަ ކަމަށާއި، ފުޅާ ދާއިރާއެއްގައި މި ވިޔަފާރި ކުރި ނިޒާމް ގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.