ހިޔާ ފްލެޓް-- ފޮޓޯ: ވޮއިސް
ހަބަރު
13 Jun 2024 | 16:29
ހިޔާ ފްލެޓުގައި ފޭރޭ މައްސަލައިގައި ހައްޔަރު ކުރި 7 މީހުންގެ ތެރެއިން 2 މީހަކު ދޫކޮށްލައިފި

އަންހެނުންތަކެއް, ފިިރިހެނުން ހައްލައިގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓަކަށް ވައްދައިގެން ފޭރޭ މައްސަލައިގައި ހައްޔަރު ކުރި 7 މީހުންގެ ތެރެއިން 2 މީހަކު ފުލުހުން ދޫކޮށްލައިފިއެވެ.

ފުލުހުންގެ ހިދުމަތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަން ގެ އިންޗާޖް ރަޖިނީ ސުވައިދު ވިދާޅުވީ، ހިޔާ ފްލެޓްގެ H5-3-18 ނަންބަރު ފްލެޓަށް އޮޅުވާލައިގެން މީހުން ގެންގޮސް ބަރަހާނަކޮށް ބްލެކްމެއިލް ކޮށްގެން ފައިސާއާއި މޯބައިލް ފޯނު ފަދަ ތަކެތި ފޭރޭ މައްސަލަ އެއް ބަލަމުން އަންނަ ކަމަށެވެ.

ރަޖުނީ ވިދާޅުވީ، މިހާތަނަށް އެކަމާއި ގުޅޭ 5 މައްސަލަ އެއް ހުށަހަޅާފައިވާ ކަމަށާއި، މި މީހުން މިކަން ކުރަނީ އެ އެޕާޓްމެންޓުގައި ދިރިއުޅޭ ބަޔަކާއި އެޕާޓްމެންޓަށް ވަދެ ނިކުމެ އުޅޭ ބަޔަކާއި ގުޅިގެން ކަމަށެވެ.

މި ބައްދަލުވުމުގައި ފުލުހުން ވަނީ އެ މައްސަލައިގައި ޝާމިލުވާ ފަރާތަކުގެ ވަނަވަރު ހާމަކޮށްފައެވެ. އެ މީހުންނަކީ:

1) އައިމިނަތު ހުމައިނާ ޒަކަރިއްޔާ (24އ)- މ. ގޮއިބިލިގަސްދޮށުގެ

2) އާޔަތު އައްބަސް (30އ)- ދަފްތަރު ނަންބަރު ދރ 1835

3) މުހައްމަދު އާދަމް (43އ)- ޕެލަސް ހައުސް، ގއ. ދާންދޫ

4) ސަމާހު އަލީ (31އ)- ގ. ކަނދުމާގެއާގެ

5) މުހައްމަދު މުނީރު (35އ)- ސަންފްލާވާ، ދ.ކުޑަހުވަދޫ

6) އަހުމަދު މާޖިދު (33އ)- ކިފާޒް/ނ. ވެލިދޫ

7) އަހުމަދު މަދީހު (34އ)- މ. ސީނަރީވިއު

މިކަމާއި ގުޅިގެން މިހާތަނަށް ހުށަހެޅިފައިވާ ފަސް މައްސަލައިގައި ވެސް މި މީހުންގެ ތެރެއިން އިސްކޮށް ހަރަކާތްތެރިވެފައިވަނީ އައިމިނަތު ހުމައިނާ ޒަކަރިއްޔާއާއި އާޔަތު އައްބާސް ކަމަށް ރަޖުނީ ވިދާޅުވިއެވެ.

"މި މައްސައިގެ ތަހުގީގުގައި ބަލަމުންދާ ފަސް މައްސަލައިގައި ވެސް އިސްކޮށް ހަރަކާތްތެރިވެފައިވަނީ އައިމިނަތު ހުމައިނާ ޒަކަރިއްޔާއާއި އާޔަތު އައްބާސްކަން ފާހަގަކޮށްލަން،"

ރަޖުނީ ވިދާޅުވިއެވެ.

އެހެންނަމަވެސް ހުމައިނާ އަކީ  މާބަނޑު އަންހެނަކަށްވާތީ އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް ކޯޓަށް ނުގެންގޮސް ދޫކޮށްލާފައިވާ ކަމަށާއި، އޭނާ ގެ އިތުރުން މި މައްސަލައިގައި ހިމެނޭ މަދީހު 15 ދުވަހަށް ބަންދުކުރުމަށް ފަހު ފުލުހުން ވަނީ ދޫކޮށްލާފައިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.