ދިވެހި ފުލުހުންގެ ހިދުމަތް
03 Apr 2023
ބަހަކާއި ކާރެއް ޖެހި އެކްސިޑެންޓު ވެއްޖެ
ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވިތާ 24 ގަޑިއިރުވެސް ނުވަނީސް އާރުޓީއެލް ބަހަކާއި ކާރެއް ޖެހި ސިނަމާލެ ބްރިޖުމަތީގައި އެކްސިޑެންޓެއް ހިނގައިފި އެވެ.
02 Apr 2023
ކައިޒީންއަށް ޕާސަނަލް ސެކިއުރިޓީ ނުދޭކަމަށް ބުނެ ފުލުހުން ދޮގު ހަދައިފި
މާޗުމަހުގެ 29 ވަނަ ދުވަހުގެ ރޭ ދިވެހި މޮޑެލް ފާތިމަތު ޒަޔާން (ކައިޒީން) އަށް ޕާސަނަލް ސެކިއުރިޓީ ނުދޭކަމަށް ބުނެ ދިވެހި ފުލުހުންގެ ޚިދުމަތުން ދޮގު ހަދައިފި އެވެ.
02 Apr 2023
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ބަޔަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހއ. ހޯރަފުށި އަދި ދ. ކުޑަހުވަދޫގައި ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި ތިން މީހުން ހައްޔަރުކޮށްފިއެވެ.
02 Apr 2023
"ޖާމިން މަރުވީ މޮނިޓާ ކޮށްދޭން ފުލުހުންނަށް އެދިފައި ވަނިކޮށް"
ގެއްލިގެން ހޯދަމުން ދަނިކޮށް 31 މާރިޗު 2023 ވަނަ ދުވަހު ގދ. ކަނޑުހުޅުދޫ ފަޅުތެރޭގައި މަރުވެފައި އޮއްވައި ފެނުނު ޖާމިން އަބްދުލްކަރީމް މަރުވީ އޭނާގެ ހަރަކާތްތައް މޮނީޓާ ކުރުމަށް ފުލުހުގައި އެދިފައި ވަނިކޮށް ކަމަށް ޖެންޑާ މިނިސްޓްރީން ހާމަކޮށްފި އެވެ.
02 Apr 2023
އަންހެން ނޫސްވެރިއެއްގެ މޭމަތީ ފުލުހަކު އަތްލި މައްސަލަ އެމްޖޭއޭއިން ކުށްވެރިކޮށްފި
އިދިކޮޅު މުޒާހަރާ ކަވަރުކުރަމުން ދިޔަ "ހުވަދޫ އޮންލައިން" ގެ އަންހެން ނޫސްވެރިއެއްގެ މޭމަތީ ފުލުހަކު އަތްލި މައްސަލަ މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން (އެމްޖޭއޭ) އިން ކުށްވެރިކޮށްފި އެވެ.
02 Apr 2023
މަސްތުވާތަކެތީގެ މައްސަލައެއްގައި ތިން މީހުން ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ތިން ރަށެއްގައި ހިންގި އޮޕަރޭޝަންތަކެއްގައި ތިން މީހުން ހައްޔަރުކޮށްފިއެވެ.
02 Apr 2023
ރޯދަ ހަދިޔާ ލިބޭނެ ކަމަށް ބުނެ ކުރާ ފޭކް މެސެޖްތަކަށް ސަމާލުވެލައްވާ!
ރޯދަ ހަދިޔާ ލިބޭނެ ކަމަށް ބުނެ އެކި ކުންފުނިތަކުން ކުރާ ފޭކް މެސެޖްތަކަށް ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ.
29 Mar 2023
ޖޭއެމްސީ މަސައްކަތްތެރިންގެ މުޒާހަރާ ކަވަރުކުރި ނޫސްވެރިޔާއަށް ފުލުހުން އިންޒާރުދީފި
ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިންޑިއާގެ ޖޭއެމްސީއާ ހަވާލުކޮށްގެން ހިންގާ ހައުސިން މަޝްރޫއުގެ މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަނުދީ ގިނަ ދުވަސްވާ މައްސަލައިގައި އިންޑިއާ އެމްބަސީ ކައިރީ ކުރި މުޒާހަރާ ކަވަރުކުރަމުން ދިޔަ "ވޮއިސް" ގެ ނޫސްވެރިއަކަށް ފުލުހުން އިންޒާރުދީފި އެވެ.