ކްރިމިނަލް ކޯޓް----ފޮޓޯ: ވޮއިސް
ހަބަރު
25 Nov 2023 | 11:01
ކުޑަކުއްޖާއަށް އަނިޔާކުރި ކަމުގެ ތުހުމަތަށް މެއިޑް އެއްބަސްވެއްޖެ

ދިވެހި ކުޑަކުއްޖަކު ބަލަން މާލޭގެ ގެއެއްގައި ގެންގުޅުނު މެއިޑެއް އެކުއްޖާއަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މެއިޑް ކުށައް އެއްބަސްވެއްޖެއެވެ.

ކުއްޖާއަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރަށް ގެންގޮސްފައިވަނީ އުމުރުން 22 އަހަރުގެ ސަންދީޕު ކޯރު ނަމަކަށް ކިޔާ އިންޑިޔާއަށް ނިސްބަތްވާ އަންހެނެކެވެ. މިމައްސަލައިގައި މި އަންހެން މީހާ ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

މިމައްސަލަ ފެންމަތިވި ފުރަތަމަ ކޮޅުގައި އެއަންހެންމީހާ އެކުއްޖާއަށް އަނިޔާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އެއް ވަނީ ސޯޝަލް މީޑިއާގައި ޢާންމުވެފައެވެ.

ސަންދީޕް ކޯރުގެ ބަންދު މުއްދަތު ޖެހުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ވަނީ ހާޒިރު ކޮށްފައެވެ. ކޯޓުގެ ކުރިމައްޗަށް ހާޒިރު ކުރުމުން އޭނާ ބުނެފައިވަނީ އެކަމަކީ އޭނާގެ އަތުން ކުރެވުނު ކަމެއް ކަމަށާއި އެކަމަށް މަޢާފަށް އެދޭ ކަމަށެވެ.

ކުޑަކުއްޖާއަށް އަނިޔާކުރި މައްސަލައިގައި ބިދޭސީ އަންހެން މީހާގެ މައްޗަށް ދައުވާކުރުމަށް 10 ދުވަސް ތެރޭގައި ޕީޖީއަށް ފޮނުވާނެ ކަމަށްވެސް ފުލުހުން ކޯޓުގައި ވަނީ ބުނެފައިވެއެވެ.

މި މައްސަލައިގައި ސަންދީޕް ކުއްޖާއަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯވެސް ހެކީގެ ގޮތުގައި ހުށަހަޅާފައިވެއެވެ. އޭނާގެ ފުރަތަމަ ބަންދު މަޖިލީހުގައި ފުލުހުން ކޯޓުގައި ބުނެފައިވަނީ ވީޑިއޯ އިން ކުއްޖެއްގެ ގައިގާ ޖަހާފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.