29 Oct 2024
މަކަރާއި ހީލަތުން ފައިސާ ހޯދިކަމަށް ތުހުމަތުކުރެވޭ އަންހެނަކު ހޯދަނީ
މަކަރާއި ހީލަތުން ފައިސާ ހޯދިކަމުގެ ތުހުމަތު ކުރެވޭ އަންހެނަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.
28 Oct 2024
25 ރަށެއްގައި އަލަށް، ފުލުހުންގެ ޚިދުމަތް ޤާއިމް ކުރެވިއްޖެ
އެއްވެސް ވަރަކަށް ފުލުހުންގެ ޚިދުމަތް ޤާއިމް ނުކުރެވި އޮތް 25 ރަށެއްގައި އެ ޚިދުމަތް ޤާއިމް ކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
24 Oct 2024
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.
23 Oct 2024
މަންމައަށް އަނިޔާކޮށް މަރުގެ އިންޒާރުދިން މީހާގެ ބަންދަށް 10 ދުވަސް
ހިޔާ ޓަވަރުގެ އެޕާޓްމަންޓެއްގައި މަޔަކަށް އަނިޔާކޮށް މަރުގެ އިންޒާރުދިން މައްސަލައެއްގައި ހައްޔަރުކުރި މީހާގެ ބަންދަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން 10 ދުވަސް ޖަހައިފިއެވެ.
23 Oct 2024
ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ
ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން ދިވެހި ފުލުހުންގެ ހިދުމަތުން އިއުލާނުކޮށްފިއެވެ.
23 Oct 2024
ޖެޒް ކެފޭ ފުރާޅުމައްޗަށް މީހަކު ވެއްޓިއްޖެ!
މާފަންނު ޖޭޒް ކެފޭއާއި ޖެހިގެން ހުރި އިމާރަތަށް ހޮޅި ދަނޑިއަކުން އަރަނިކޮށް، އެ ކެފޭގެ ފުރާޅު މައްޗަށް މީހަކު ވެއްޓިއްޖެއެވެ.
22 Oct 2024
މަންމައަށް އަނިޔާކޮށް މަރުގެ އިންޒާރުދިން މައްސަލާގައި ދަރިއަކު ހައްޔަރުކޮށްފިކޮށްފި
ހިޔާ ޓަވަރުގެ އެޕާޓްމަންޓެއްގައި މަޔަކަށް އަނިޔާކޮށް މަރުގެ އިންޒާރުދިން މައްސަލައެއްގައި ދަރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
22 Oct 2024
ސަމާހުގެ މަރުގެ މައްސަލަ: ކާރު ދުއްވަން އިން މީހާގެ މައްޗަށް ދައުވާކުރަން ފޮނުވައިފި
މިދިޔަ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވި މައްސަލައިގައި ކާރު ދުއްވަން އިން މީހާގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފިއެވެ.