25 Apr 2025
ޔުމްނުއާ ރައުދުއާ ދެމެދު އެރޭ ހަމަނުޖެހުމެއް ހިނގި
މިދިޔަ ހުކުރު ދުވަހުގެ ފަތިހު ހެންވޭރުގެ ގެއަކުން 21 އަހަރުގެ ޒުވާން އަންހެނަކު ވެއްޓުނު ހާދިސާ ހިނގުމުގެ ކުރީން އަންހެން މީހާއާ އޭނާއާ އެކު އުޅުނު ފިރިހެން މީހާއާ ދެމެދު ހަމަނުޖެހުމެއް ހިންގި ކަމަށް ފުލުހުން ކޯޓްގައި ބުނެފި އެވެ.
25 Apr 2025
ޔުމްނު ކޮބައިތޯ އެހުމުން އޭނާ ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނި
2025 އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓި އަނިޔާވި، ހައްވާ ޔުމްނު ރަޝީދު، ކޮބައިތޯ އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލް ގާތު އެހުމުން، އޭނާ ވެއްޓުނީ ކަމަށް ރައުދު ބުނި ކަމަށް ފުލުހުން ބުނެފިއެވެ.
25 Apr 2025
ޔުމްނު މެލޭޝިއާއަށް ފޮނުވާލުމުގެ ކަންކަން ސަރުކާރުން ހަމަޖައްސައިފި
2025 އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓި އަނިޔާވި، ހައްވާ ޔުމްނު ރަޝީދު، އިތުރު ފަރުވާއަށް މެލޭޝިއާއަށް ފޮނުވާލުމުގެ ކަންކަން ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށް އާއިލާއިން ބުނެފިއެވެ.
25 Apr 2025
ރައުދުގެ ބަންދަށް ކޯޓުން ޖެހީ ފަސް ދުވަސް
2025 އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި ރައުދު އަޙްމަދު ޛިލާލް 5 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފިއެވެ.
25 Apr 2025
ފުރުން މަނާކުރި މީހަކު މެލޭޝިޔާއަށް ހިނގައްޖެ ކަމަށް ބުނެ ފަތުރަނީ ދޮގެއް
އޭގެ ތެރެއިން އަންހެނަކު މެލޭޝިޔާއަށް ފުރާފައިވާ ކަމަށް ބުނެ ބަޔަކު ދަނީ ވާހަކަތަކެއް ފަތުރަމުންނެވެ.
24 Apr 2025
ރައީސް އެދިވަޑައިގަތީ މައްސަލައެއް ބަލަން ފަށާ ހިސާބުން ރައްޔިތުންނަށް މައުލޫމާތު ހިއްސާކުރުމަށް
އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ ދިވެހި ފުލުހުންގެ ޚިދުމަތަށް 92 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
24 Apr 2025
ޒިންމާ ނަގަން ޖެހޭނީ ބިރަކާ ނުލާ މަޖާކުރުން ޕްރޮމޯޓް ކުރި މީހުން: ރައީސް
އެމަނިކުފާނު ވިދާޅުވީ އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތަކަށް ބެލުމަކީ މާ މުހިންމު ކަމެއް ނޫން ކަމަށް ދައްކާ މި ރާއްޖޭގައި ބިރެއް ނެތި މަޖާކުރެވެން ޖެހޭނެ ކަމަށް ބުނެ އެކަން ބަޔަކު ޕްރޮމޯޓް ކުރި ކަމަށެވެ.
24 Apr 2025
ރައުދު ހައްޔަރު ކޮށްފި، ހަތް މީހެއްގެ ފޯނު ހިފަހައްޓައިފި
މިދިޔަ ހުކުރު ދުވަހުގެ ފަތިހު ހެންވޭރުގެ ގެއަކުން 21 އަހަރުގެ ޒުވާން އަންހެނަކު ވެއްޓުނު ހާދިސާގައި, ފަހުވަގުތާ ޖެހެންދެން އޭނާއާއެކު އުޅުނު ފިރިހެން މީހާ، ރައުދު އަހުމަދު ޒިލާލު ހައްޔަރު ކޮށްފި އެވެ.