ރައުދު އަހުމަދު ޒިލާލް އާއި ޔުމްނު
ހަބަރު
25 Apr 2025 | 22:32
ޔުމްނު ކޮބައިތޯ އެހުމުން އޭނާ ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނި: ފުލުހުން

2025 އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓި އަނިޔާވި، ހައްވާ ޔުމްނު ރަޝީދު، ކޮބައިތޯ އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލް ގާތު އެހުމުން، އޭނާ ވެއްޓުނީ ކަމަށް ރައުދު ބުނި ކަމަށް ފުލުހުން ބުނެފިއެވެ.

ޔުމްނު ވެއްޓުނު މައްސަލައާއި ގުޅިގެން ރައުދު ހައްޔަރު ކުރީ އިއްޔެގެ ވަގުތެއްގައެވެ. އެއަށްފަހު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކޮށްފައިވާއިރު ކޯޓުން ވަނީ ބަންދަށް 5 ދުވަސް ޖަހާފައެވެ. 

އެގޮތުން، ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި، ފުލުހުން މީގެ ކުރިން ހާމަނުކުރާ މުހިންމު ވާހަކަތަކެއް ބަޔާންކޮށްފައިވާއިރު، އެ އަމުރުގައި ވާގޮތުން ޔުމްނުއާއި، ރައުދުއާ ދެމެދު އެ ރޭ ހަމަނުޖެހުންތަކެއް ހިނގައިފައިވާ ކަމަށް މައްސަލައިގެ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ވަނީ ބުނެފައެވެ.

އަދި ޔުމްނު ވެއްޓުމަށްފަހު މާ ގިނައިރެއް ނުވަނީސް، ޔުމްނު ކޮބައިތޯ ރައުދުއާ ސުވާލުކުރުމުން ”ވީ ތަނެއް ނޭނގޭ ކަމަށާއި، ވެއްޓުނީކަމަށް ބެލެވޭ ކަމަށް" ރައުދު ބުނި ކަމަށް ”މައުލޫމާތު ލިބިފައިވާކަމަށް އައިއޯ ފާހަގަކުރި“ ކަމަށް އަމުރުގައިވެއެވެ. 

ފުލުހުން އެންމެ ފުރަތަމަ ބުނި ގޮތުގައި ރައުދު ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ނުދޭތީއެވެ. ނަމަވެސް ރައުދު ހައްޔަރު ކުރަން ފުލުހުން ކޯޓަށް ހުށަހެޅި ތުހުމަތުތަކުގައި އެހާދިސާގައި އޭނާގެ ބައިވެރިވުން އޮވެދާނެ ކަމަށް ވަނީ ތުހުމަތު ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އަދި ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތުކުރެވޭއިރު އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ފުލުހުން ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. 

ފުލުހުން އިއްޔެ މައުލޫމާތު ދިން ގޮތުގައި ރައުދުއާ އަންހެން މީހާ ހިމެނޭހެން އިތުރު ހަތް މީހެއްގެ ފޯނާއި ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.

ކޮމެންޓް
9
ވެއްޓުމުގެ ކުރިން ހިނގި ހުރިހާ ކަމަކަށް ވެސް ދަޢުވާކުރެވެން ޖެހޭ. އެހެނީ މަސްތުވާތަކެއްޗާ އަދި މިނޫން ވެސް ފާޙިޝް ހުރިހާ ކަމެއް ކުރުމުން ބައިވެރިވި އެންމެންނަށް ވަކި މީހަކު އިސްތިސްނާ ނުކޮށް އަދަބު ލިބޭން ޖެހޭ.
25 Apr 2025
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.