ސީޕީޝުޖާޢު.. ފޮޓޯ: ފޮލިސް
ހަބަރު
26 Apr 2025 | 18:42
ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު މަޤާމުން އިސްތިއުފާ ދެއްވަން ނިންމަވައިފި!

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި، ޢަލީ ޝުޖާއު މަޤާމުން އިސްތިއުފާ ދެއްވުމަށް ނިންމަވައިފިއެވެ.

ޝުޖާޢު މަޤާމުން އިސްތިއުފާދެއްވަން އުޅުއްވާކަން އިތުބާރުހުރި ފަރާތަކުން ވަނީ ވޮއިސްއަށް ޔަޤީންކޮށްދީފައެވެ. ނަމަވެސް ސީޕީގެ ފަރާތަކުން އަދި ފުލުހުންގެ ފަރާތަކުންވެސް މިކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ. ނަމަވެސް ފުލުހުންގެ އެންމެ މަތީ ލެވެލްގައި މިކަމުގެ މަޝްވަރާތައް ކުރަމުންގެންދާކަމަށް މައުލޫމާތު ލިބެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުން ޝުޖާއު އިސްތިއުފާ ދެއްވުމަށް ނިންމަވާފައިމިވަނީ، ހައްވާ ޔުމްނު ރަޝީދު (ޔުމްނު) ވެއްޓުނު މައްސަލާގައި ފުލުހުން ކުރަމުންްގެންދާ ތަހްޤީޤަށް އާއްމުންގެ ގިނަ ބައެއްގެ ފަރާތުން ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށްކަން ފާހަގަކޮށްލެވެއެވެ. އުމުރުން 21 އަހަރުގެ ޔުމްނު ވެއްޓުނުކަމަށް މައުލޫމާތު ލިބިފައިވަނީ އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށެވެ.

ޔުމްނުގެ ހާދިސާ ތަހްޤީޤް ކުރުމަށް ފުލުހުން އިހުމާލުވަމުންދާކަމަށްބުނެ ބައެއް ފަރާތްތަކުގެ ފާޑިއުންތައް ފުލުހުންނަށް އަމާޒުވެފައިވާއިރު، އެކަމާ ގުޅިގެން މުޒާހަރާތަކެއްވެސް ވަނީ ފަށާފައެވެ. މި މުޒާހަރާގެ ތެރޭގައި ސީޕީ އިސްތިއުފާ ދިނުމަށް ގޮވާލާފައިވާއިރު، ޔުމްނުގެ ތަހްޤީޤުގައި ފުލުހުން ބައެއް ކަންކަން ސިއްރުކުރަމުންދާކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮމިޝަނަރ އޮފް ޕޮލިސްކަމަށް ޝުޖާޢު އައްޔަނުކުރައްވާފައިވަނީ، 2023 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހުއެވެ. އޭރު ޝުޖާޢު ހުންނެވީ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައެވެ.

ކޮމެންޓް
ޖުހާ
ޝުޖާއު އިސްތިއުފާ ދެއްވުމަކީ ރައްޔިތުންނާއި ފުލުހުންގެ މުވައްސާސާއަށްލިބޭ ވަރައްބޮޑު ހިތާމައެއް
26 Apr 2025
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.