ޔުމްނު ވެއްޓިފައި އޮތް ފުރާޅު: ފޮޓޯ/ ވޮއިސް
ހަބަރު
25 Apr 2025 | 20:17
ޔުމްނުގެ ފަރުވާއަށް އެންސްޕާގެ އެހީ ހަމަޖައްސައި މެލޭޝިއާއަށް ފުރުވާލުމުގެ ކަންކަން ސަރުކާރުން ހަމަޖައްސައިފި: ޢާއިލާ

2025 އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓި އަނިޔާވި، ހައްވާ ޔުމްނު ރަޝީދު، އިތުރު ފަރުވާއަށް މެލޭޝިއާއަށް ފޮނުވާލުމުގެ ކަންކަން ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށް އާއިލާއިން ބުނެފިއެވެ. 

ޔުމްނުގެ ޢާއިލާގެ ފަރާތުން އެ މައްސަލައާއި ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ހާވާލުކޮށްފައިވާ ފަރާތް ކަމުގައިވާ މުއުމިން މައުމޫން ”ވޮއިސް“އަށް މައުލޫމާތު ދިން ގޮތުގައި، ޔުމްނު މެލޭޝިއާއަށް ފުރުވާލުމުގެ ހުރިހާ ކަމެއް ސަރުކާރުން ހަމަ ޖައްސައި އެންސްޕާގެ ކަންކަންވެސް މިހާރު ވަނީ ނިމިފައެވެ. 

އެގޮތުން އޭނާ ފުރުވާލުމަށް، ސަރުކާރުން އެއްބާރުލުން ލިބޭ ކަމަށާ އޭނާގެ ދަތުރުފަތުރުގެ ހަރަދާއި ބޭސް ފަރުވާއާ ހަވާލުވެފައިވަނީ ސަރުކާރުން ހަވާލުވެފައިވާ ކަމަށެވެ. 

"އެކަމަކު އެންމެ އަވަހަށް ވެސް ފުރެން އޮތީ މި މަހުގެ 28ގައި،" އޭނާ ބުންޏެވެ.

އެހެންކަމުން، ޗާޓަޑް ފްލައިޓެއްގައި ފުރުވާލެވޭތޯ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާ އެކަން ހަމަޖެހިއްޖެ ނަމަ މާދަމާ ވެސް ފުރަން ޖެހިދާނެ ކަމަށްވެސް ބުންޏެވެ.

ޔުމްނު ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހާދިސާއަށް ހަފްތާއެއް ވެފައިވާއިރު، އޭނާ ހޮސްޕިޓަލަށް ގެންގޮސް އެންމެ ކުރިން ފަރުވާ ދީފައިވަނީ ވެންޓިލޭޓަރުގައެވެ. ނަމަވެސް މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފައިވާއިރު، ހާލު އަދިވެސް ސްޓޭބަލް ނުވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.  

މި މައްސަލައާއި ގުޅިގެން، ޔުމްނު އާއި އެކު ފަހު ވަގުތާ ޖެހެންދެން އުޅުނު، ރައުދު އަހުމަދު ޒިލާލް އިއްޔެ ހައްޔަރުކޮށްފައިވާއިރު، ކޯޓުން ވަނީ އޭނާގެ ބަންދަށް 5 ދުވަސް ޖަހާފައެވެ.

އަދި މައްސަލާގައި ރައުދުގެ ހިމެނޭހެން 7 މީހެއްގެ ފޯނާއި ޕާސްޕޯޓްވަނީ ފުލުހުން ހިފަހައްޓާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.