އަންހެން މީހާ ވެއްޓުނު ތަން -- ފޮޓޯ: ވޮއިސް
ހަބަރު
25 Apr 2025 | 09:48
ފުރުން މަނާކުރި މީހަކު މެލޭޝިޔާއަށް ހިނގައްޖެ ކަމަށް ބުނެ ފަތުރަނީ ދޮގެއް

އަންހެނަކު ފުރާޅުމައްޗަށް ވެއްޓުނު ހާދިސާއާ ގުޅިގެން ފުރުން މަނާކުރި މީހަކު މެލޭޝިޔާއަށް ހިނގައްޖެ ކަމަށް ބުނެ ފަތުރަނީ ދޮގެއް ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހު ފަތިހު ހިނގި ހާދިސާގައި ގެއެއްގެ ނުވަވަނަ ފަންގިފިލާއިން އަންހެނަކު ވަނީ ވެއްޓިފަ އެވެ. އުމުރުން 21 އަހަރުގެ އެ އަންހެން މީހާ ވެއްޓި ޖެހުނީ ޖެހިގެން ހުރިގޭ ފުރާޅު މަައްޗަށެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުންގެ ބޮޑު ތަހުގީގެއް އެބަ ހިނގަ އެވެ. އެ ރޭގެ ހާދިސާގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތުވާ އެންމެންގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފަ އެވެ.

އޭގެ ތެރެއިން އަންހެނަކު މެލޭޝިޔާއަށް ފުރާފައިވާ ކަމަށް ބުނެ ބަޔަކު ދަނީ ވާހަކަތަކެއް ފަތުރަމުންނެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅިގެން ފުރުން މަނާކޮށްފައިވާ އަންހެނަކު މެލޭޝިޔާއަށް ފުރާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.

މި ހާދިސާގައި ވެއްޓުނު އަންހެން މީހާއާއެކު އެންމެ ފަހު ވަގުތާ ހަމައަށް އުޅުނު ޒުވާން ފިރިހެން މީހާ ވަނީ ހައްޔަރު ކޮށްފަ އެވެ. 21 އަހަރުގެ އެ މީހާގެ އިތުރުން އެ ހާދިސާއާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވޭ އެންމެންގެ ފޮޓޯއާ ވަނަވަރު ވަނީ އާންމު ކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.