ހުޅުމާލެ ފޭސް ދޭއްގެ މަގެއް... ފޮޓޯ: ވޮއިސް
ހަބަރު
26 Apr 2025 | 15:53
ހުޅުމާލެ ފޭސް ދޭއްގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ ތައްޔާރީތައް ދަނީ ކުރިއަށް: އިހްސާން

ހުޅުމާލެ ފޭސް ދޭއްގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށްޓަކައި އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށް ދާހިލީ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

އެންމެފަހުން އޮތް ރައްޔިތުން މަޖިލީހުގައި ހުޅުމާލޭ ފޭސް ދޭކަށް ނިސްބަތްވެ ވަދައިގަންނަވާ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ، ހުޅުމާލެ ފޭސް ދޭއްގައި ދިރިއުޅެމުންދާ ރައްޔިތުންގެ ސަލާމަތީ ކަންކަން ރައްކާތެރިކުރުމަށްޓަކައި އެ ވުޒާރާއިން ކުރަންޖެހޭ ކަންކަން ކުރަމުންގެންދާކަމަށެވެ. މިގޮތުން ފޭސް ދޭއްގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކުރުމުގެ އިތުރުން ފޭސް ދޭއްގެ އެކި ސަރަހައްދުތަކުގައި ކެމެރާތައް ހަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

އިހްސާން ވިދާޅުވީ، ފޭސް ދޭއްގައި ކުށްކުރުމުގައި ހަރަކާތްތެރިވާ ކުދިން ފާހަގަކޮށް އެކުދިންނަށް ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ. ފޭސް ދޭއްގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެކަމުގެ ތައްޔާރީތައް ވަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއިރު ުލުހުން ވަނީ މިމަހުގެ 22 ވަނަ ދުވަހު ހުޅުމާލޭ ފޭސް ދޭއްގައި ފައިބަރ ކޭބަލް އަޅައިދޭނޭ ބަޔަކު ހޯދުމަށް އިއުލާނުކޮށްފައެވެ. 

ފުލުހުންގެ މި އިއުލާނުގައިވާ މައުލޫމާތު ތަކަށް ބަލާއިރު ފައިބާ ކޭބަލް އަޅަންޖެހެނީ ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ފުލުހުންގެ އިމާރާތުން ފެށިގެން ފުލުހުން ފާހަގަކޮށްފައިވާ ސަރަހައްދުތަކަށެވެ. 

ހުޅުމާލެ ފޭސް ދޭއްގެ އާބާދީ 30،000 ހާހުން މަތީގައި އުޅޭއިރު، ހިޔާ ފްލެޓް ސަރަހައްދުގެ ސަލާމަތީ ކަންކަން މިހާރުހުރީ ކަންބޮޑުވާ ހާލަތެއްގައިކަމަށް އެތަނުގައި ދިރިއުޅެމުން އަންނަ ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ. މިގޮތުން ބައެއް މަގުތަކުން ފޭރުންފަދަ އަމަލުތައް ހިންގުމާއި ސައިކަލް ފަދަ އުލަނދުތައް ވަގަށް ނަގަމުން އަންނަކަންވެސް އެ ސަރަހައްދުގައި އުޅެމުން އަންނަ މީހުން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.