ދިވެހި ފުލުހުންގެ އިދާރާ --
ހަބަރު
15 Apr 2025 | 18:28
ކުޑަކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި ކަމަށް ބުނާ މައްސަލަ: ހެއްކެތް ނެތް، އެއްބާރުލުމެއް ވެސް ނުދޭ

ކުޑަކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި ކަމަށް ބުނާ މައްސަލާގައި އެކަށީގެންވާ އެއްވެސް ހެއްކެތް ނެތް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިއީ ޖަނަވަރީ 22, 2022 ގައި ހިނގި ކަމަށް ބުނެ ހުށައަޅާފައިވާ މައްސަލަ އެކެވެ. ހާދިސީ ހިނގި ކަމަށް ބުނަނީ ސައުތު ސެންޓްރަލް ޕޮލިސް ގައި ހިމެނޭ ރަށެެއްގަ އެވެ.

އެ މައްސަލައިގެ މައުލޫމާތު ހިއްސާކޮށް ފުލުހުން މިއަދު ބުނީ މައްސަލައިގެ ތަހުގީގު ގައި ތުހުމަތު ކުރެވޭ މީހާގެ ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ފޮރެންސިކް ތަހުލީލު ކޮށްފައިވާ ކަމަށެވެ. އަދި ހަ މީހެއްގެ ބަޔާނާއި ހެކިބަސް އަދި ދެ މީހެއްގެ ބަޔާން ނަގާފައިވާ ކަމަށެވެ.

ނަމަވެސް ކުއްޖާ ބުނާ ބުނުން ފިޔަވާ މި މައްސަލާއާ ގުޅުންހުރި އަދި ކުރާ ތުހުމަތުތަކަށް ބާރު ލިބޭ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ވެސް ލިބިފައި ނެތް ކަމަށެވެ. ކުއްޖާގެ ފޯނަށް އެ މީހާ ފޮނުވި ކަމަށް ބުނާ މެސެޖުތަކާއި ގުޅިގެން ކުއްޖާގެ ފޯނު ވެސް ބަލާފައިވާ ކަމަށާ ނަމަވެސް ކުއްޖާގެ ފޯނުން ވެސް އެފަދަ ހެއްކެއް ފެނިފައި ނެތް ކަމަށެވެ.

މި މައްސަލަ ފުރިހަމަ ކުރުމަށް ޕީޖީން އެންގުމުން އެ މަަަސައްކަތް ކުރަމުންދާ ކަމަށާ ނަމަވެސްް މައްސަލަ ހުށައެޅި ފަރާތުން މިހާރު އެއްބާރުލުން ލިބެމުން ނުދާތީ އެކަން ކުރެވިފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.