Advertisement

ފުރާޅަށް ވެއްޓުނު މީހާގެ ހާލު ވަރަށް ދެރަ، އޮތީ ވެންޓިލޭޓަރުގައި

ދަރުމަވަންތަ ހޮސްޕިޓަލް -- ފޮޓޯ: ވޮއިސް

މާލޭގެ ހެންވޭރު ސަރަޙައްދުގައި ހުންނަ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މީހާގެ ހާލު ދެރަ ކަމަށް ހޮސްޕިޓަލް އިން ބުނެފި އެވެ.

އުމުރުން 21 އަހަރުގެ ދިވެހި އަންހެން މީހާއަށް ފަރުވާ ދެނީ އައިޖީއެމްއެޗްގަ އެވެ.

އެ ހޮސްޕިޓަލުން ބުނީ އަންހެން މީހާގެ ހާލު ދެރަ ކަމަށެވެ. އަދި ފަރުވާ ދެނީ ވެންޓިލޭޓަރުގައި ކަމަށް ވެސް ބުންޏެވެ.

Advertisement

ފުލުހުން އިއްޔެ ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުގައި، މި ހާދިސާ ހިނގިކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ ހެނދުނު 7:23 ހާއިރުއެވެ.

އަދި ފުލުހުންނާއި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުގެ އެހީތެރިކަމާއެކު، ވެއްޓުނު އަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައި ކަމަށެވެ.

ވެއްޓުނީ ކޮންތާކުން ކިހާ އުސްތަނަކުން ކަމެއް ސާފެއް ނުވެ އެވެ. އަދި ވެއްޓުނު ސަބަބެއް ވެސް ސާފެއް ނުވެ އެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement