03 Nov 2024
ނަޞްރު ދުވަހުގެ ތަހުނިޔާ ރައީސް ޑރ.މުޢިއްޒު ފޮނުއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، މިއަދު ފާހަގަކުރަމުންދާ ނަޞްރު ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.
03 Nov 2024
އިހްސާންގެ ތަޢުރީފް ރައީސް މުޢިއްޒަށް
ރައީސުލްޖުމްހޫރިއްޔާ، އަދި ކޮމާންޑރ އިން ޗީފަކު، ނަސްރުގެ ދުވަހުގެ މުހިންމު ދެ ހަރަކާތުގައި ބައިވެރިވިތަން ފެނުނު މިއީ ފުރަތަމަ ފަހަރު ކަމަށް ހޯމް މިނިސްޓަރ އަދި މީގެ ކުރިން ސިފައިންގޭގައި މަސައްކަތް ކުރައްވާފައިވާ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
03 Nov 2024
ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024 ހުޅުވައިދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024 ހުޅުވައިދެއްވައިފިއެވެ. އެމަނިކުފާނު މި މައުރަޒު ހުޅުވައިދެއްވީ އެކަމަށްޓަކައި ޚާއްޞަކޮށްގެން މިއަދު ހެނދުނު ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައެވެ.
02 Nov 2024
ގާނޫނުގައި ބުނާ އަދަދަށް ކައުންސިލްތަކަށް މާލީ އެހީ ލިބޭނެ: ރައީސް
ޤާނޫނުނުތަކުގައި ބަޔާންކޮށްފައިވީނަމަވެސް، މިހާތަނަށް ކައުންސިލްތަކަށް ދީފައިނުވާ ފައިސާ އަދުގެ ސަރުކާރުން ދޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
02 Nov 2024
ކެޓްޝެލްޓަރ ފެސިލިޓީއާއެކު މަގުމަތީގައި ބުޅާތައް ގިނަވުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ: ރައީސް
ހުޅުމާލޭގައި މިއަދު ހުޅުވުނު ކެޓްޝެލްޓަރ ފެސިލިޓީ އާއެކު މާލެ ސަރަހައްދު މަގުތައް މަތީގައި ބުޅާގިނަވުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
31 Oct 2024
‎ނުހައްގުން ހޯދާ މުއްސަނދިކަމުގެ މައްސަލަތައް ބެލުމަށް ފަސޭހަވާ އިސްލާޙެއް
ދައުލަތުގެ އިސް މަޤާމުތަކުގައި ތިބޭ ފަރާތްތަކުން ހޯދާ ނުޙައްޤު މުއްސަނދިކަމުގެ މައްސަލަތައް ބެލުމަށް ފަސޭހަކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިސްލާހެއް ގެނައުމަށް ސަރުކާރުން ނިންމައިފިއެވެ.
31 Oct 2024
ބޯހިޔާވަހިކަމަށް އެކަނިވެސް އަންނަ އަހަރުގެ ބަޖެޓްގައި 2.5 ބިލިއަން ރުފިޔާ ހާއްސަކޮށްފައިވާނެ: ރައީސް
އަދުގެ ސަރުކާރުން ބޯހިޔާވަހިކަމަށް އެކަނިވެސް އަންނަ އަހަރުގެ ބަޖެޓްގައި 2.5 ބިލިއަން ރުފިޔާ ހާއްސަކޮށްފައި ވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
30 Oct 2024
ހަށިގަނޑު ހާމަކޮށްގެން ޤައުމަށް ލިބޭނެ ރީތިނަމެއް ނެތް: ރައީސް
ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތް الله ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ލިބޭނެ ޙަޤީޤީ ރީތިނަމެއް، ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.