ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު
01 May 2024
މީޑިޔާތަކަށް އިންޒާރުދޭ މައްސަލަ ސަރުކާރުން ކުށްވެރިކޮށްފި
ކާކުކަން ދެނެނުގަނެވޭގޮތަށް ފޮރުވިގެން ތިބެ ރާއްޖޭގެ ބައެއް މީޑިއާތަކަށް އިންޒާރުދެމުންދާތީ، ދިވެހި ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ދިވެހި މީޑިއާތަކާއި ނޫސްވެރީންގެ ޙިމާޔަތުގައި ދިވެހި ސަރުކާރުން ފުރިހަމަ ސަމާލުކަމާއެކު މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދިވެހި އެންމެހާ ރައްޔިތުންނަށާ މީޑިއާތަކަށް އަރުވާކަމަށެވެ.
29 Apr 2024
ސިވިލް ސާވިސް އިން ވަކިވެފައި ތިބި ފަރާތްތަކަށް އަލުން ވަޒީފާއާ ގުޅޭނެ މަގުފަހިކޮށްދޭން ނިންމަވައިފި
އެކި ސަބަބުތަކާ ހުރެ ސިވިލް ސާވިސްއިން ވަކިވެފައިވާ މުވައްޒަފުންނަށް އަލުން ވަޒީފާއަށް އައުމަށް މަގުފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިގޮތަށް ނިންމަވާފައިވަނީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ހުށަހެޅި ކަރުދާހަކަށް މަޝްވަރާ ކުރުމަށްފަހު އެވެ..
29 Apr 2024
ރައީސް މުޢިއްޒުގެ ފިޔަވަޅުތަކުން ފެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަސްލަހަތު
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އަޅުއްވާ ކޮންމެ ފިޔަވަޅަކުންވެސް ފެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަސްލަހަތު ކަމަށް ވިލިމާލޭ ދާއިރާގެ އިންތިޚާބީ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
24 Apr 2024
އަމިއްލަ ގޮތުން އިންތިހާބުވި ގިނަ މެމްބަރުންތަކެއް ޕީއެންސީ އަށް!
މިދިޔަ އާދިއްތަ ދުވަހު އޮތް މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި، ގޮނޑި ކާމިޔާބު ކުރެއްވި ގިނަ ބޭފުޅުންތަކެއް ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީ އާއި ގުޅިވަޑައިގެންފިއެވެ.
24 Apr 2024
އަމިއްލަ ގޮތުން ނައިފަރު ދާއިރާއަށް އިންތިހާބުވި ޔާސީން ޕީއެންސީއަށް
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ނައިފަރު ދާއިރާއަށް ވާދަކުރައްވާ، އިންތިޚާބު ކާމިޔާބު ކުރެއްވި، ޔާސީން އަބްދުﷲ މިއަދު ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ އަށް ސޮއިކުރައްވައިފިއެވެ.
24 Apr 2024
ޝާހިދުގެ ބައްޕާފުޅު އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ބައްޕާފުޅު ޝައިހް މޫސާ ޖަމީލް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
23 Apr 2024
އެކީގައި ކުރިއަށް ދިޔުމަށް ސިޔާސީ ވެރިންނަށް ގޮވާލަން: ރައީސް
ގައުމު ތަރައްގީކޮށް ކުރިއެރުވުމަށް ހުރިހާ ސިޔާސީ ވެރިން އެކީގައި ކުރިއަށް ދިޔުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
23 Apr 2024
ދިވެހިން ބޭނުންވަނީ ކަންކަން އަމިއްލައަށް ނިންމަންކަން މިހާރު ސާފުވާނެ: ރައީސް
ދިވެހިން ބޭނުންވަނީ ކަންކަން އަމިއްލައަށް ނިންމަންކަން މިހާރު ވަރަށް ސާފުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.