ޕީއެންސީ ޖަގަހަ ހުޅުމުގެ ޖަލްސާގެ ތެރެއިން: ފޮޓޯ/ ވޮއިސް
ހަބަރު
24 Jun 2024 | 10:22
އަޅުގަނޑަށް ރައީސް ޔާމީން އެނގޭ؛ އެހެންވެ ރައީސް މުޢިއްޒަށް ޓިކެޓް ދޭން މާކުރިން ރޭވިން: އަބްދުއްރަހީމް

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލް ގައްޔޫމްގެ ގޮތް ރަނގަޅަށް އެނގިވަޑައިގަަންނަވާ ކަމަށާ، އެހެންވެ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރިޔާސީ އިންތިހާބުގެ ޓިކެޓް ދެއްވަން މާކުރިން ވެސް ރޭވެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.

ރޭ ޕީއެންސީގެ މައި ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަަވަމުން އެ ޕާޓީގެ ޗެއާޕާސަންކަން ވެސް ކުރައްވަމުންގެންދަވާ އަބްދުއްރަހީމް ވަނީ، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރައީސް ޔާމީން އަށާއި، އެމަނިކުފާނުގެ އައު ޕާޓީ، ޕީއެންސީގެ މެންބަރުންނަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފައެވެ.

އެގޮތުން، އެޕާޓީގެ ބޭފުޅުން، “މިޔަނި ގަހެއްގެ ހިޔަލުގައި ތިބެގެންނޭ ބޮނޑިބަތް ކެއްކުނީ، ދެން ނިކަން ބޮނޑިބަތް ކައްކައިގެން މަސް ހަނާހުރާށޭ” ގޮވަމުން ދިޔަ ކަމަށާ، އެއާއެކު ރައީސް މުޢިއްޒުގެ ލީޑަރޝިޕްގެ ދަށުން މަޖިލިސް އިންތިޚާބަށް ޕީއެންސީން ނުކުތް ކަން ފާހަގަކުރައްވައި އަދުރޭ ވަނީ “ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ނިމުމުން ގެއަށް ވަތް ގޮތަށް ނުކުންނަވަންވެސް އެނގި ވަޑައިނުގެންނެވި” ކަމަށް ވިދާޅުވެ ޔާމީނަށް ވަރަށް ބޮޑަށް ފާދުވިދާޅުވެފައެވެ.

މިއާއެކު އަދުރޭ ވިދާޅުވީ، ވޭތުވެދިޔަ 15 ވަރަކަށް އަހަރު ލީޑަރުން ޕާޓީ ހިންގާ އުޅުނު ގޮތް މީހުންނަށް ނުފެންނާނެ ކަމަށެވެ. އަދި އެހުންނެވީ ޕާޓީ ހިންގި ގޮތާއި، ވެރިކަން ކުރި ގޮތާއި، އެ ވެރިކަމުގައި ކަންކަން ހިނގާދިޔަ ގޮތް ދެކިގެން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"2017 ވަނަ އަހަރު އޮތީ އަޅުގަނޑުމެންނަށް ނިސްބަތްވާ ވެރިކަމެއް އޮތީ، އަޅުގަނޑުމެން ދިޔައީމޭ 2018 ވަނަ އަހަރު އަޅުގަނޑުމެންނަށް ވެރިކަން ލިބޭނެ ގޮތް ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވަން، އަޅުގަނޑުމެން ދެންނެވިން އިއްޒަތްތެރި ރައީސްއޭ، މިއީ އަޅުގަނޑުމެންގެ ވެސް ގައުމޭ، މިއީ އަޅުގަނޑުމެންގެ ޕާޓީގެ ވެރިކަމެކޭ، މިހާރު މި ކުރާ ގޮތަށް ކެމްޕެއިންކޮށްގެންނެއް ވެރިކަމެއް ނުލިބޭނެއޭ. ހިސާބުން ދެއްކިން އަޅުގަނޑުމެން، ދެ ފުރާނައެއްގެ ދަށުގައި މިގޮތަށް ވެރިކަން ކޮށްގެން 2018އެއް އަޅުގަނޑުމެންނަކަށް ނުލިބޭނެއޭ، ކެމްޕެއިން އޮފީހުގައި ނެތޭ ސިޔާސީ މަސްރަހު ދަންނަ މީހުންނެއް، އެ މީހުންނަކަށް ވާނުވާއެއް ނޭނގެއޭ، ޕާޓީ އޮފީހުން ކެމްޕެއިން ކުރާށޭ، އެއިރުން މި ވެރިކަން ކާމިޔާބު ވާނެއޭ، ވިދާޅުވީ، މިއީ ތިމަންނަގެ ކަމެކޭ، ކަލޭމެންނާއި ބެހޭ ކަމެއް ނޫނޭ މިއީކީ، ތިމަންނަމެން ބުނާ ކަމެއް ކުރަން ކަލޭމެން ތިބޭށޭ،".

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުالله 

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަށް ވެރިކަން ގެއްލުނީ ކޮރަޮްޝަނަށް އާއެކޭ ބުނެ، އެފަދަ މައްސަލަތައް ނުބެލުމުން ކަމަށެވެ. 

ޕީއެންސީ ޖަގަހަ ހުޅުމުގެ ޖަލްސާގެ ތެރެއިން: ފޮޓޯ/ ޕީއެންސީ

މިއާއެކު އަބްދުއްރަހީމް ވަނީ އެމަނިކުފާނު މާކުރިން ރާވައިގެން ރައީސް މުއިއްޒަށް ޓިކެޓް ދެއްވި ކަމަށް ޕީއެންއެފް އިން ތުހުމަތު ކުރާކަންފާހަގަކުރައްވައި، އެފަދައިން ކަން ކުރެއްވީ ރައީސް ޔާމީންގެ ގޮތް އެނގިވަޑައިގަންނަވާތީކަމަށް ވިދާޅުވެފައެވެ. އެގޮތުން، ޔާމީނަށް ވާދަ ނުކުރެވޭ ނަމަ ޕާޓީން ވެރިކަމަށް ކުރިމަތިލާން ފުރުސަތު ނުދެއްވާނެ ކަން މާ ކުރިން ވިސްނިވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަށް ރައީސް ޔާމީން އެނގޭތީ ރޭވީ، އަޅުގަނޑަށް އެނގެއޭ އެމަނިކުފާނަށް ކުރިމަތިނުލެވެންޏާ އަޅުގަނޑުމެންގެ ޕާޓީން ވެރިކަމަށް ކުރިމަތިލާން ފުރުސަތު ނުދެއްވާނެކަން، އެކަން އަޅުަގަނޑަށް އެނގެއޭ، 30 އަހަރުގެ ތަޖުރިބާއާއި އެކީގައި ވިސްނަމުން ގެންދެވީ އަޅުގަނޑުމެންގެ ޕާޓީ މަގުމަތިވިޔަ ނުދޭން، ރައްޔިތުން ބިކަވިޔަ ނުދޭން، މި ގައުމުގެ މިނިވަންކަން ގެއްލިގެން ދިޔަ ނުދޭން، އަމާން ވެއްޓެއް ގާއިމް ކުރަން، ރައްޔިތުންނަށް އުފާވެރި މުސްތަގުބަލެއް ހޯދައިދޭން، އެހެންވެގެން ރާވަމުން ގެންދެވީ،".

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުالله 

އަދުރޭ ވިދާޅުވީ، ޕީޕީއެމް/ޕީއެންސީން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަން އެމަނިކުފާނުގެ ހިތުގައި ޔަގީންކަމާއި އެކީގައި އޮތްކަމަށާ، ޕްލޭން "އޭ ހަދާފައި، ބީ ހަދާފައި ސީ ހަދާފައި" އުޅުނުއިރު، ޔާމީންގެ، ރުހުމުގައި ޕީޕީއެމް/ޕީއެންްސީއަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

"އެެހެންވެގެންނޭ އެ ދުވަހު 9:00 ޖެހިއިރު ގޮސް ފޯމް ވެއްދީ، ފޯމް ވެއްދީ ދެވަނަ މީހަކަށް އެ ފޯމް ވައްދާނެ ޔާގަ ނުދޭން ވެގެން، އެ ފޯމް ވައްދާ ހިތުން ތެޅި ފޮޅުނު މީހުންނާއި، ފޯނުކޮށްފައި ދެއްކި ވާހަކައާއި ފޯނު ކޯލުން އެކޮޅަށް ދިން ޖަވާބާއި އެކީގައި ގާގަޑެއްގައި ގޮސް އިށީންނި އިށީންނުމާއި މި ހުރިހާ މަންޒަރެއް އަޅުގަނޑުމެންގެ އަތުގައި އެބަހުއްޓޭ، އެ ހުރިހާ އަޑެއް ވާހަކައެެއް އެބަހުއްޓޭ އަޅުގަނޑުމެންގެ އަތުގައި،".

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުالله 

އަބްދުއްރަހީމް ވަނީ ކަމެއް ނޭނގިގެން، ބުނަން ނުކެރިގެން ނުތިބޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.



ކޮމެންޓް
ޞުންބުލާ
ކަތުރުފަނި އަކީ ކޮބާކަން ރަސްމީކޮށް އަމިއްލައަކަށް މިބޭޒާރު ވީތާ
24 Jun 2024
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.