މަޖިލީހުގެ ނާއިބު ރައީސާ އީވާ އަބްދުالله--ފޮޓޯ/މަޖިލިސް
މަޖިލީހުގެ ނާއިބު ރައީސާ އީވާ އަބްދުالله--ފޮޓޯ/މަޖިލިސް
ހަބަރު 02 Nov 2023 | 05:06

އީވާ މިއަދުވެސް ފޮނުއްވީ ސަލާން؛ ޖަލްސާ އެއް ނުބޭއްވުނު!

މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުالله ސަލާމް ފޮނުއްވުމުން މިއަދަށް ތައާވަލު ކުރި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ޖަލްސާ ވެސް ކެންސަލްކޮށްފިއެވެ.

މިއީ އިވާ އާލާސްކަންފުޅާ އުޅުއްވާތީ ކެންސަލްކުރި 5 ވަނަ ޖަލްސާއެވެ. މިއަދުގެ ޖަލްސާއަކީ އެމްޑީޕީގެ އެދުމަށް ތާވަލް ކުރެވުނު ޖަލްސާއެކެވެ. ޖަލްސާގެ އެޖެންޑާގައި އޮތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަށް ބަހުސް ކުރުމެވެ.

މިއަދުގެ ޖަލްސާ ކެންސަލްވި ސަބަބު ބަޔާންކޮށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ އެމްޑީޕީގެ ޕާލިމަންޓު ގުރޫޕަށް ސިޓީއެއް ފޮނުވާފައިވާއިރު އޭގައި ވާގޮތުން ޖަލްސާ ކެންސަލްކޮށްފައިވަނީ ޖަލްސާގެ އެޖެންޑާގައި އޮތް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާއެއްގެ ރިޔާސަތު ހަމައެކަނި ބެލެހެއްޓޭނީ ނައިބު ރައީސްއަށްކަމަށް މަޖިލީހުގެ އިދާރާއިން ކަނޑައަޅާފައިވާތީއެވެ.

ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންދެވޭ މައްސަލަ އެމްޑީޕީން މިހާރު ވަނީ ސްޕްރީމް ކޯޓަށްވެސް ހުށަހަޅާފައެވެ. އެ ކޯޓުން އެ މައްސަލަ ބަލައިގެންފައިވާއިރު، އެ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހަށް ވަނީ ތާވަލް ކޮށްފައެވެ. އެ ކޯޓުގެ ނިންމުން އެމްޑީޕީން ގަބޫލު ކުރާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި
16 Oct 2026 ހަބަރު

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި

އެ ދެ ޕައިލެޓުން ރާއްޖެ ފޮނުވާލީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި
16 Oct 2026 ހަބަރު

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ ރޯލްއޯވަރ )މުއްދަތު އިތުރު( ކޮށްދީފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.

ކާރަކާއި ފުލުހުންގެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ ފުލުހަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކާރަކާއި ފުލުހުންގެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ ފުލުހަކަށް އަނިޔާވެއްޖެ

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ އަމީން އެވެނިއުއާ ދިމާލުން ދުއްވާފައި ދިޔަ ކާރަކާއި، އެ މަގަށް ނުކުތް ފުލުހުންގެ ސައިކަލެއް ޖެހިގެން ކަމަށެވެ.

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
16 Oct 2026 ހަބަރު

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

ށ. އަތޮޅުން އައްޑުއާ ދެމެދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ހެނދުނު 8 އިން މެންދުރުފަހު 2 އަށް މެޓުން ހުދު ސަމާލެއް ނެރެފިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ރައީސް މުޢިއްޒު
16 Oct 2026 ހަބަރު

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ރައީސް މުޢިއްޒު

ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ނިޒާމުތައް ހަރުދަނާކޮށް، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްބާރުލުން ދީގެން ހުރިހާ ދިވެހިންނަށް އަގުހެޔޮ، ފައިދާހުރި ކާބޯތަކެތި ލިބޭނެ މަގު ފަހިކޮށްދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް
15 Oct 2026 ހަބަރު

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓަށް ބަލާއިރު، 2021 ވަނަ އަހަރުވެސް ވެމްކޯއަށް ވަނީ 82 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައެވެ.

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ
14 Oct 2026 ހަބަރު

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

ރައްޔިތުންގެ މަޖިލީހަށް، ބިލިއަނަރު އެލަން މަސްކު ކުންފުނިން ދޭ އިންޓަރނެޓް ލައިދޭނެ ބަޔަކު ހޯދަނީ
11 Oct 2026 ހަބަރު

ރައްޔިތުންގެ މަޖިލީހަށް، ބިލިއަނަރު އެލަން މަސްކު ކުންފުނިން ދޭ އިންޓަރނެޓް ލައިދޭނެ ބަޔަކު ހޯދަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ބިލިއަނަރު އެލަން މަސްކުގެ ސްޓާލިންކް ކުންފުނިން ދޭ އިންޓަރނެޓް ލައިދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފިއެވެ. ސްޕޭސް އެކްސް އިން ހިންގާ ސްޓާ ލިންކުންދޭ ހައި ސްޕީޑް އި...