N/A
N/A
ކުޅިވަރު 02 Dec 2023 | 16:24

އެމްޖީ ސްޕޯޓްސް ކުލަބުގެ ފުޓްބޯޅަ އެކަޑެމީ ޖެނުއަރީ މަހުގެ ކުރީކޮޅު ފަށަނީ

އެމްޖީ ސްޕޯޓްސް ކްލަބާއި ފިއޮންޓީ ސްޕޯޓްސް އެކެޑަމީ ގުޅިގެން ކ. ކާށިދޫގައި ފެށުމުން ހަމަޖެހިފައިވަނީ ފުޓްބޯޅަ އެކަޑަމީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެކުލަބުން ބުނެފިއެވެ.

ވޮއިސް އަށް މައުލޫމާތު ދެއްވަމުން އެމްޖީ ސްޕޯޓްސް ކްލަބުގެ މީޑިއާ ކޯޑިނޭޓަރު އިބްރާހިމް ޝާބިލް ވިދާޅުވީ ކުރިއަށް އޮތް ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު އެކަޑަމީގެ ހަރަކާތްތައް ރަސްމީކޮށް ފެށުމަށް މިހާރު ތާވަލުކުރެވިފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ފަށަނީ 101 ކުދިންނާއެކުގައި ކަމަށާ، އޭގެ ތެރޭގައި ހިމެނެނީ 86 ފިރިހެން ކުދިންނާއި 15 އަންހެން ކުދިން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރަޖިސްޓްރޭޝަން ފިއެއްގެ ގޮތުގައި ކޮންމެ ކުއްޖެއްގެ އަތުން 350 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާއިރު މަހު ފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ 250 ރުފިޔާ ކަމަށްވެސް ވިދާޅުވި އެވެ.

"ފުރަތަމަ އަޅުގަނޑުމެން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ ނޮވެމްބަރު 10 އަކާއި ހަމައަށް، އެމުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ކޮށްފައިވާ ކުދިންނާއެކު ފެށުމަށް މަސައްކަތް މިކުރަނީ. ނަމަވެސް އެކަޑަމީގެ މަސައްކަތްތައް ފެށި ހަމަޔަކަށް އެޅުވުމުން އަނެއްކާވެސް އައު ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނަން." ޝާބިލް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަމުން ޝާބިލް ވިދާޅުވީ ފިއޮންޓީ ސްޕޯޓްސް އެކެޑަމީ އާއި ގުޅިގެން އެކުލަބުން މިފަށާ ފުޓްބޯޅަ އެކަޑަމީގައި ތަޖުރިބާ ލިބިފައިވާ ފަސް ކޯޗުން މަސައްކަތް ކުރާނެ ކަމަށާއި، އެކަޑަމީގެ ތަމްރީނުތައް ރާވައި ކުރިއަށް ގެންދާނީ ތަޖްރީބާ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ގެ ސީދާ ބެލުމުގެ ދަށުންކަމުގައެވެ. އެކަމަށްޓަކައި އެކުލަބުން ވަނީ ނިޒާމްބެގެ ފިއޮންޓީ ސްޕޯޓްސް އެކެޑަމީ އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެމްޖީ ސްޕޯޓްސް އެކެޑަމީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޖީ ސްޕޯޓްސް ކްލަބުގެ ރައީސް އަލީ ޒިދާނެވެ. އަދި ފިއޮންޓީ ސްޕޯޓްސް އެކެޑަމީގެ ފަރާތުން ސޮއިކުރެއްވީ އެ އެކެޑަމީގެ ޑިރެކްޓަރު އަދި ރާއްޖޭގެ ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އެމްޖީ ސްޕޯޓްސް އެކެޑަމީ ހިންގުމުގައި ކޯޗު ނިޒާމްބެގެ އެހީތެރިކަމާއި ބައިވެރިވުން ލިބޭނެ ކަމަށް އެ ކްލަބުން މައުލޫމާތުދެއެވެ.

ޝާބިލް ވިދާޅުވީ މި އެކަޑަމީގެ ސަބަބުން ކާށިދޫގެ ފުޓުބޯޅައަށާއި އަދި ކުރިއަރަމުން އަންނަ ޒުވާން ކުޅުންތެރިންނާއި ފުޓުބޯޅަ ކުޅެން ބޭނުންވާ ކުދިންނަށް ކުރިމަގުގައި އެކުޅުންތެރިންގެ ހުނަރު ދައްކާލުމަށް އިތުރު ފުރުސަތުތަކެއްލިބިގެން ދާނެކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި އުންމީދަކި އެ އެކަޑެމީގެ ތެރެއިން ތަމްރީނުވާ އެ ރަށުގެ ޒުވާނުން ރާއްޖޭގެ ގައުމީ ލީގުންނާއި އެކި އުމުރުފުރާތަކުގެ ޤައުމީ ޓީމުތަކުން ފުރުސަތު ލިބިގެންދިޔުން ކަމަށެވެ.

ޝާބިލް އިތުރަށް ވިދާޅުވީ މިފަދަ ބޮޑު ޕްރޮޖެކްޓެއް ފެށިގެން މިދަނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންކަމަށެވެ. އޭގެތެރޭގައި ވަކިން ޙާއްސަކޮށް ކާށިދޫ ސްކޫލާއި ރަށު ކައުންސިލްގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް އޭނާ ވަނީ އެފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި ރަށުގެ ކުލަބް ޖަމްއިއްޔާ ތަކުން ވެސް އެހީތެރިކަން ލިބޭ ކަމަށާއި މިކަމުގައި އެމްޖީ ސްޕޯޓްސް ކްލަބާއި ބައިވެރިވުމަށް ބޭނުންވާ ހުރިހާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވިފައި އޮތް ކަމަށް ޝާބިލް ވިދާޅުވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
08 Oct 2026 ކުޅިވަރު

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް  މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ. އެންމެ މޮޅު ފިރިހެން ފުޓ...

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
08 Oct 2026 ކުޅިވަރު

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް

މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހ...

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
08 Oct 2026 ކުޅިވަރު

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް

މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު ޗައިނާ އާއި ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބު ކޮށްފިއެވެ. މެލޭޝިއާގައި ކުރ...

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 Oct 2026 ކުޅިވަރު

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026" ގެ ފުރަތަމަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން އެ ކްލަބުން...

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
06 Oct 2026 ކުޅިވަރު

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ

ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތެއް ކަމަށްވާ "ފަސްޓް ގްލޯބަލް ޗެލެންޖް" ގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ޓީމު އެ ޤައުމުގެ އިންޗިއޮންއަށް ހިނގައްޖެއެވެ. މި...