ޑްރޯންތަކަށް ހަމަލާދޭ ސިސްޓަމެއް.. ފޮޓޯ: އިންޑިއަން ނޭވީ
ޑްރޯންތަކަށް ހަމަލާދޭ ސިސްޓަމެއް.. ފޮޓޯ: އިންޑިއަން ނޭވީ
ދުނިޔެ 14 May 2025 | 15:07

ޑްރޯންތަކަށް ހަމަލާދޭ މިސައިލް ސިސްޓަމެއް އިންޑިއާއިން ޓެސްޓްކޮށްފި

ޑްރޯންތަކަށް އަމާޒުކޮށްގެން ހަމަލާދޭ، އަގުހެޔޮ މިސައިލް ސިސްޓަމެއް އިންޑިއާއިން ޓެސްޓްކޮށްފިއެވެ.

ސޯލަރ ޑިފެންސް އެންޑް އެއަރޯސްޕޭސް ލިމިޓެޑުން އުފެއްދި މި ކައުންޓަރ ޑްރޯން ސިސްޓަމް އިއްޔެ ގޯޕާލްޕޫރުގައި ހުންނަ ސީވޯޑް ފަޔަރިންގ ރޭންޖްގައި ޓެސްޓްކޮށްފައިވެއެވެ. އިންޑިއާގެ އާމީގެ އިސް އޮފިސަރުންގެ ހާޒިރުގައި އިއްޔެ ކުރިއަށްގެންދިޔަ ޓެސްޓްތައް ވަރަށް ކާމިޔާބުކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އިންޑިއާއިން ގެންދަނީ އެގައުމުގައި އަމިއްލައަށް އުފައްދާ، އަމިއްލަ ޓެކްނޮލޮޖީތައް އަސްކަރިއްޔާއަށް ގެނައުމަށް ޚާއްސަ އިސްކަމެއް ދެމުންނެވެ. ވަކިން ޚާއްސަކޮށް އަސްކަރީ ޓެކްނޮލޮޖީ އުފައްދާ ކުންފުނިތަކާއެކު އިންޑިއާގެ އަސްކަރިއްޔާއިން ޚާއްސަ ގުޅުންތަކެއް ވަނީ އުފައްދާފައެވެ.

ޑްރޯނަށް އަމާޒުކޮށް ހަމަލާދޭ މިސައިލް ސިސްޓަމެއް އިންޑިއާއިން އަނެއްކާވެސް ޓެސްޓްކޮށްފައި މިވަނީ އިންޑިއާއާއި ޕާކިސްތާނާ ދެމެދު އަސްކަރީ ކުރިމަތިލުންތަކެއް ހިނގައި، ދެގައުމުގެ މެދުގައި މަސްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިޑްޓާމް އިންތިހާބާ ދިމާކޮށް އެމެރިކާއިން އީރާނަށް އަނެއްކާވެސް ހަމަލާތަކެއް ދީފި
03 Nov 2026 ދުނިޔެ

މިޑްޓާމް އިންތިހާބާ ދިމާކޮށް އެމެރިކާއިން އީރާނަށް އަނެއްކާވެސް ހަމަލާތަކެއް ދީފި

އެމެރިކާގެ އޮފިޝަލުން ކޭބީއެސް ނިއުސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ހޮރްމުޒް ކަނޑުއޮޅީގައި އޮންނަ އިރާނުގެ ގޭޝްމް ރަށަށް އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އިރާނުގެ ދައުލަތުގެ މީޑިއާ އައިއާރުއެންއޭ އިން ވެސް ވަނީ އިއްޔެ އެ ރަށުގައި ވަރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަން ކަށަވަރުކޮށްދީފައެވެ.

މުޒާހަރާ ކުރުމަށްފަހު ވިޔަފާރިކުރޭ: ރާހުލް ގާންދީ
01 Nov 2026 ދުނިޔެ

މުޒާހަރާ ކުރުމަށްފަހު ވިޔަފާރިކުރޭ: ރާހުލް ގާންދީ

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ، ނޮވެމްބަރު 1 ގައި ދިއްލީގެ ރާމްލީލާ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިދިކޮޅު އިއްތިހާދުގެ ބޮޑު އެއްވުމާ ގުޅިގެން ވިޔަފާރިވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ޖަވާބެއް ދެއްވައިފިއެވެ.

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ
30 Oct 2026 ހަބަރު

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" )އެޗް.އައި.ސީ.ޑީ.ޕީ( ގެ ދަށުން، ރާއްޖޭގެ 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާ )އެމްއޯޔޫ( އެއްގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފިއެވެ.

އިންޑިޔާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޕާކިސްތާނަށް
23 Oct 2026 ދުނިޔެ

އިންޑިޔާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޕާކިސްތާނަށް

އދ. ގައި ހުންނަ އިންޑިއާގެ ފަސްޓް ސެކްރެޓަރީ ބަވިކާ މަންގަލާނަންދަން ބުނީ، އަމިއްލަ ގައުމުގައި ތިބި ނާޒުކު މީހުން ހިމާޔަތް ނުކުރެވޭ ގައުމަކަށް އިންޑިއާއަށް ފާޑުކިޔުމުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށެވެ.

އިންޑިއާގެ ކޮއިމްބަތޫރުގެ ޝަބާނާ ހުޅުވައިދިނީ އަބާޔާލައި، ނިވާވެ ތިބެގެން ކަސްރަތު ކުރެވޭނެ ޖިމެއް
21 Oct 2026 ދުނިޔެ

އިންޑިއާގެ ކޮއިމްބަތޫރުގެ ޝަބާނާ ހުޅުވައިދިނީ އަބާޔާލައި، ނިވާވެ ތިބެގެން ކަސްރަތު ކުރެވޭނެ ޖިމެއް

ދެކުނު އިންޑިއާގެ ޝަހަރެއް ކަމަށްވާ ކޮއިމްބަތޫރުގައި، މުސްލިމް އަންހެނުންނަށް ހިޖާބާއި އަބާޔާ ފަދަ ނިވާކަން ބޮޑު ހެދުމުގައި ތިބެ ފަސޭހަކަމާއެކު ކަސްރަތު ކުރެވޭނެ ހާއްސަ ޖިމެއް ހުޅުވައިފިއެވެ. މިއީ އެ ސަރަހައްދުގައި ހަމައެކަނި އަންހެނުންނަށް ހާއްސަކޮށްގެން ހިންގާ ޖިމެކެވެ.

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި
16 Oct 2026 ހަބަރު

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ ރޯލްއޯވަރ )މުއްދަތު އިތުރު( ކޮށްދީފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.

ކެނެޑާގެ ޚާރިޖީ ވަޒީރު އިންޑިއާގައި
15 Oct 2026 ދުނިޔެ

ކެނެޑާގެ ޚާރިޖީ ވަޒީރު އިންޑިއާގައި

އެމެރިކާ އާއި ކެނެޑާއާއި ދެމެދު އޮތް ޒަމާންވީ ގުޅުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރްމްޕްގެ ސިޔާސަތުތަކާއެކު ގޯސްވެފައިވާ މި ދަނޑިވަޅުގައި ކެނެޑާއިން އަންނަނީ އެހެން ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.