އޮޓީމާ
އޮޓީމާ
ވިޔަފާރި 04 Mar 2023 | 11:26

ރަހަމީރު ޕާސްތާ ތައްޔާރު ކޮއްލެއްވުމަށް އޮޓީމާ ހިޔާލު ކުރައްވާ!

ވިލާ ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑް އަކީ 13 ޖެނުއަރީ 2021 ގައި ގެނެރަލް ޓްރޭޑިންގް ކުންފުންޏެއްގެ ގޮތުގައި ވިލާ ގްރޫޕުގެ ދަށުން އުފެދިފައިވާ ކުންފުންޏެކެވެ.

ވިލާ ޓްރޭޑިންގެ އަމާޒަކީ ރާއްޖެއިން ބޭރުގެ އެންމެ މަތީ ފަންތީގެ ތަކެތި ރަނގަޅު އަގެއްގައި ރައްޔިރުންނަށް ފޯރުކޮށްދިނުމެވެ. އެގޮތުން ވިލާ ޓްރޭޑިންގުން އެންމެ އިސްކަން ދޭ ކަމެއްގެ ގޮތުގައި ރާއްޖޭގެ ރައްޔިތުންގެ ކެއުމުގެ އާދަކާދަތަކާއި އެންމެ ގުޅުން ހުރި މީރު ތަކެތި ފޯރުކޮށްދިނުން ހިމެނެއެވެ. ވިލާ ޓްރޭޑިންގް ފެށިގެން އައީ ރީޓެއިލް ދާއިރާގެ ވިޔަފާރިންނެވެ. ނަމަވެސް 2021 ގެ ސެޕްޓެމްބަރ މަހުން ފެށިގެން ހޯލްސޭލް ދާއިރާގައިވެސް ވިލާ ޓްރޭޑިންގް ދަނީ ގަދަޔަށް ހަރަކާތްތެރިވަމުންނެވެ.

އޮޓިމާ އަކީ ދާދި ފަހުން ވިލާ ޓްރޭޑިންގްއަށް ތައާރަފް ކުރި ޕާސްތާ ބްރޭންޑެކެވެ. އޮޓިމާ ބްރޭންޑުން އެކި ސައިޒުތަކުގެ އަކި ވައްތަރުގެ ޕާސްތާ ލިބެން ހުންނާނެއެވެ. ކޮންމެ ދުވަހަކުވެސް ކާލަން ހިތްގައިމު އޮއްޓިމާ ޕާސްތާއަކީ އިޓަލީގައި މީގެ އެތަކެއް އަހަރުތަކެއް ކުރިން ތައްޔާކުރަމުން އަންނަ ޕާސްތާއެކެވެ.

އޮޓިމާގެ އެކި ވައްތަރުގެ ޕާސްތާގެ ތެރޭގައ ދިގު އަދި ހިމަ ޕާސްތާ، ދިގު ރިބަން ޕާސްތާ، ޓްވިސްޓް ޕާސްތާ، ޓިއުބް ޕާސްތާ ހިމެނެއެވެ. ދިގު އަދި ހިމަ ޕާސްތާ އަކީ ދިގުކޮށް ހިމަކޮށް ހުންނަ ވައްތަރުގެ ޕާސްތާ ނުވަތަ އާންމުކޮށް ސްޕެގެޓީ އޭ ކިޔާ ޕާސްތާއެވެ. އެހެނިހެން ޕާސްތާއާއިވެސް އެއްފަދައިން ހަމަ ހޫނު ފެނުގައި ކެއްކުމަށްފަހު ބޭނުންފުޅުވާ ވައްތަރުގެ ސޯސް އަދި މަހާއި އެއްކޮށްލުމުން ތައްޔާރުވީއެވެ. ރިބަން ޕާސްތާއަކީ ބަރު އަދި އަނގަޔަށް ލުއި ސޯސްތަކާއި އެކުވެސް ތައްޔާރުކޮށްލެވޭ ޕާސްތާއެކެވެ. ރިބަން ޕާސްތާގެ ވައްތަރުތަކުގެ ތެރޭގައި ފެޓުޗީނި، ލަސާނިޔާ އަދި ޕައްޕާޑެލް ހިމެނެއެވެ. ޓްވިސްޓް ޕާސްތާގެ ވައްތަރުތަކުގެ ތެރޭގައި ސްޕައިރަލް އަދި ކޯކްސްކްރޫ ގޮތަށް ހުންނަ ޕާސްތާ ހިމެނެއެވެ. މިގޮތަށް ހުންނަ ޕާސްތާގެ ދޭތެރެތައް ނުވަތަ ބަޑިބަޑި ހުރުމުގެ ސަބަބުން ބޭނުންކުރާ ސޯސްއެއް ވަރަށް ރަނގަޅަށް ހިފަހައްޓައެވެ. އަދި ފުސިލީ ޕާސްތާއަކީ ބޯކޮށް ހުންނަ ސޯސްތަކަށާއި ޕާސްތާ ސެލެޑް ތަކަށް އެންމެ ބަރާބަރު ޕާސްތާއެވެ. ޓިއުބް ޕާސްތާ އަކީ ކުދިކޮށް ހޮޅިތަކެއް ގޮތަށް ހުންނަ ޕާސްތާއެކެވެ. އަދި މި ޕާސްތާ އެހެން ހުރުމުގެ ސަބަބުން ސޯސް ވަރަށް ރަނގަޅަށް ހިފަހައްޓައެވެ. މިއީ ހާއްސަކޮށް އޮލަކޮށް ހުންނަ ޗީސް ސޯސްތަކާއި ވަރަށް ގުޅޭ ޕާސްތާއެކެވެ. މި ހުރިހާ ވައްތަރުގެ ޕާސްތާވެސް ވިލާ މާޓުން ލިބިގެންދާނެއެވެ.

ބޮލޮގޮނައިޒަށް ބޭނުން ވާނެ ތަކެތި


4 ސަމުސާ ތެޔޮ 
1 ފިޔާ ކުދިކޮށް ކޮށާފަ       
4 ލޮނުމެދު ޗިސްކޮށްފަ

1 ކިލޯ ބީފް ކުދިކޮށް ކޮށާފަ

1 ދަޅު ޓޮމާޓޯ

1 ދަޅު ޕީލްޑް ޓޮމާޓޯ

3/1 ޖޯޑު ފެން

ޕާސްތާ އަށް ބޭނުންވާ ތަކެތި

250ގ އޮޓީމާ ޕާސްތާ

2 މޭޒުމަތީ ސަމުސާ ފުށް

2 ސަމުސާ ތެޔޮ

500މލ ކިރު

200ގ އަދި 75ގ ޗެޑާރ ޗީޒް

200ގ އަދި 75ގ މޮޒޮރެއްލާ

ލޮނު

އަސޭމިރުސް

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ ޕާސްތާ ތައްޔާރުކޮށްލުމަށް ތަވާއަށް ތެޔޮ، ލޮނު، އަސޭމިރުސް އެޅުމަށްފަހު އޭގެތެރެއަށް ފުށްކޮޅު އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ކިރުކޮޅު އަޅާ އެއްކޮށްލުމަށްފަހު 200ގ ގެ ޗެޑާއާއި މޮޒޮރެއްލާ އަޅާ އެއްކޮށްލާށެވެ. ޗީޒްތަށް އެއްކޮށް ވިރުމުން އޭގެ ތެރެއަށް ޕާސްތާކޮޅު އަޅާ އެއްކޮށް މަޑުވުމުން އުނދުން މަތިން ބާލާށެވެ.

އެއަށްފަހު އެހެން ތަވާއެއްގައި ބޮލޮގޮނައިޒް ތައްޔާރުކޮށްލުމަށް ތެޔޮ ކޮޅު އަޅާ ހޫނުވުމުން ފިޔާ، ލޮނުމެދު އަޅާ ފިޔާކޮޅު ރަތް ވަންދެން ކައްކާލާށެވެ. އެއަށްފަހު ބީފްކޮޅު އަޅާއެއްކޮށް ރޯފިލުމުން ލޮނު، ޓޮމާޓޯ އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ފެން އަދި ޕީލްޑް ޓޮމާޓޯ އަޅާ އެއްކޮށްލާށެވެ. އެއްކޮށް ކެކިގަތުމުން ބާކީ ހުރި 75ގ ގެ މޮޒޮރެއްލާ ކޮޅު ތައްޔާރުކުރެވުނު ބޮލޮގޮނައިޒް މައްޗަށް އަޅާ އެއްކޮށް ވިރުމުން ކުރިން ތައްޔާރު ކުރި ޕާސްތާ ކޮޅު އޭގެ މައްޗަށް އަޅާށެވެ. އަދި އެއަށްފަހު ބަކީހުރި ޗެޑާ ޗީޒްތަށް މައްޗަށް އެޅުމަށްފަހު 15 މިނެޓް ވަންދެން 220 ސެލްސިއަސްގައި އަވަނުންގައި ފިހެލުމުން ޕާސްތާ ބޮލޮގޮނައިޒް ތައްޔާރުކުރެވުނީ އެވެ.

ވިލާ މާޓުން ވިއްކާ ހުރިހާ  ތަކެއްޗެއްވެސް މާލެ, ހުޅުމާލެ އަދި  ދޯނިފަހަރުތަކަށް ޑެލިވާ ކޮއްދޭނެއެވެ. އިތުރު މައުލޫމާތު ބޭނުންފުޅުކަމުގައި ވާނަމަ ވިލާ ޓްރޭޑިންގްގެ ހޮޓްލައިން ނަމްބަރ: 7667711 އަށް ގުޅާލައްވާ ނުވަތަ [email protected] އަށް މެއިލްއެއް ފޮނުއްވާލައްވާ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރޯދަ މަހާއި ދިމާކޮށް ވިލާ މާޓުން ހާއްސަ ޕްރޮމޯޝަނެއް ފަށަނީ!
05 Mar 2024 ވިޔަފާރި

ރޯދަ މަހާއި ދިމާކޮށް ވިލާ މާޓުން ހާއްސަ ޕްރޮމޯޝަނެއް ފަށަނީ!

ކުރިއަށް އޮތް ރޯދަ މަހާއި ދިމާކޮށް ވިލާ މާޓުން ހާއްސަ ޕްރޮމޯޝަނެއް ފެށުމަށް ނިންމައިފިއެވެ. "ރޯދަ ވިތު ވިލާ މާޓް" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަން ކުރިއަށްދާނީ 10 މާޗް 2024 އިން 10 އޭޕްރީލް 20...

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހުންނަ ވިލާ މާޓުން 24 ގަޑިއިރު ހިދުމަތް ދޭން ފަށައިފި
16 Nov 2023 ވިޔަފާރި

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހުންނަ ވިލާ މާޓުން 24 ގަޑިއިރު ހިދުމަތް ދޭން ފަށައިފި

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހުންނަ ވިލާ މާޓުން 24 ގަޑިއިރު ހިދުމަތް ދޭން ފަށައިފިއެވެ. ވިލާ ޓްރޭޑިން އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހިޔާ ޓަވަރު 14ގައި ހުންނަ 'ވިލާ މާޓު 4' ފިހާރަ 24 ގަޑިއިރު ހ...

"ޕްލެއިން ސޮލެއިލް"ގެ ފްރައިސް ބޭނުން ކޮށްގެން ޑާޓީ ފްރައިސް ތައްޔާރު ކޮށްލާނެ ގޮތް!
25 Sep 2023 ވިޔަފާރި

"ޕްލެއިން ސޮލެއިލް"ގެ ފްރައިސް ބޭނުން ކޮށްގެން ޑާޓީ ފްރައިސް ތައްޔާރު ކޮށްލާނެ ގޮތް!

ވިލާމާޓުން އެކްސްކްލޫސިވް ކޮށް ވިއްކަމުންދާ ޕްލެއިން ސޮލެއިލް ބްރޭންޑް އުފެއްދުން ތަކުގެ ތެރޭގައި ހިމެނޭ  ފްރޯޒެން ވެޖިޓަބަލް، އޭޝިއަން މިކްސް ސްޓާ ފްރައި މިކްސްގެ، ފްރޯޒެން ޕީސް، ކެރެޓް އަދި މި ނޫންވ...

ވިލާ މާޓުން ލިބޭ ޗިކަން ވިންގްސް އިން މީރު އެއްޗެއް ތައްޔާރު ކޮށްލާނެ ގޮތް!
15 Aug 2023 ވިޔަފާރި

ވިލާ މާޓުން ލިބޭ ޗިކަން ވިންގްސް އިން މީރު އެއްޗެއް ތައްޔާރު ކޮށްލާނެ ގޮތް!

ކުކުޅަކީ ދިވެހިންގެ ހުކުރު ދުވަހާއި، އެނޫންވެސް ދުވަސް ދުވަހަށް މީރު އެއްޗެއް ކާލަން ބޭނުންވާ ފަހަރު ފަހަރު އާންމުކޮށް ޚިޔާރު ކުރެވޭ އެއްޗެވެ. ބައެއް ފަހަރު ފިހެލައިގެން، އަނެއްބައި ފަހަރު ހިކި ކޮށް ނ...

މޫވީ ނައިޓް ތަކުގައި ކާލުމަށް 'ޕްލެއިން ސޮލެއިލް' ގެ ލުއި ކާނާގެ ބާވަތްތައް!
26 Jun 2023 ވިޔަފާރި

މޫވީ ނައިޓް ތަކުގައި ކާލުމަށް 'ޕްލެއިން ސޮލެއިލް' ގެ ލުއި ކާނާގެ ބާވަތްތައް!

މޫވީ ނައިޓް ތަކުގައި ތަފާތު ލުއި ކާނާތައް ކެއުމަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް އޮންނަ އާދައެއް ކަމުގައިވާއިރު, އެކަމަށްޓަކައި ވިލާ މާޓުން ލިބެން ހުންނަ ޕްލެއިން ސޮލެއިލް ބްރޭންޑް ގެ އަޖުމަ...

މަޝްހޫރު އޮޓިމާ ބްރޭޑްގެ ޕާސްތާގެ ރަހަ ދައްކާލަން ވިލާ މާޓްއިން ހަރަކާތެއް ކުރިއަށް ގެންގޮސްފި.
19 Jun 2023 ވިޔަފާރި

މަޝްހޫރު އޮޓިމާ ބްރޭޑްގެ ޕާސްތާގެ ރަހަ ދައްކާލަން ވިލާ މާޓްއިން ހަރަކާތެއް ކުރިއަށް ގެންގޮސްފި.

ދުނިޔޭގެ މަޝްހޫރުު ބްރޭންޑްތައް ރާއްޖެއަށް ތައާރަފް ކުރުމުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ވިލާ ޓްރޭޑިންގ ގެ ދަށުން ހިންގަމުންދާ ވިލާ މާޓްއިން މިދިޔަ އަންގާރަ ދުވަހު އޮޓިމާ ބްރޭންޑްގެ ޕާސްޓަގެ ރަހަ...