ހުޅުދުއްފާރާއި އަނގޮޅިތީމު ވާދަކުރި މެޗުގެ ތެރެއިިން
ހުޅުދުއްފާރާއި އަނގޮޅިތީމު ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު 04 Nov 2023 | 15:10

ހުޅުދުއްފާރު އަތުން މޮޅުވެ އަނގޮޅިތީމު އެއްވަނައަށް

މިހާރު ކުރިއަށްދާ ރާ އަތޮޅު ކައުންސިލްގެ ފުރަތަމަ އަންހެން ހޭންޑްބޯލް މުބާރާތުގެ ދެވަަނަ މެޗުގައި މިއަދު ހަވީރު ހުޅުދުއްފާރާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 5-7 ގެ ނަތީޖާއަކުން އަނގޮޅިތީމުން  ކާމިޔާބުކޮށްފިއެވެ.

ރާ އަތޮޅު ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން 2023 ނޮވެމްބަރު 04 ން 08 އަށް ކުރިއަށް ގެންދާ މި މުބާރާތުގައި މިއަހަރު ޖުމުލަ ހަތަރު ޓީމެއް ބައިވެރިވެފައިވާ އިރު، މުބާރާތުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު މުބާރާތުގެ ފައިނަލްގައި ކުޅޭ ގޮތަށެވެ.

ރާ އުނގޫފާރު ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު, މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އަނގޮޅިތީމުން ނެވެ. އަދި މިހާފުގައި އެޓީމުން ތިން ލަނޑު ކާމިޔާބުކުރިއިރު، ހުޅުދުއްފާރުން ވެސް ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން އަނގޮޅިތީމުން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި އަނގޮޅިތީމުން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކުރިއިރު ހުޅުދުއްފާރުން ވެސް ވަނީ އިތުރު ތިން ލަނޑު ކާމިޔާބުކޮށްފައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 7-5 ގެ ނަތީޖާއަކުން އަނގޮޅިތީމުން ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފާތިމަތު ރިޝްމާ އެވެ.

މިމުބާރާތުގައި މިއަދުގެ ހަވީރު ކުޅެވުނު ފުރަތަމަ މެޗުގައި އިނގުރައިދޫ އިން ވަނީ 5-3 ގެ ނަތީޖާއަކުން މަޑުއްވަރީ އަތުން މޮޅުވެފައެވެ. އަދި މިހާރު ކޮންމެ ޓީމަކުން ވެސް އެއްމެޗު ކުޅެފައިވާއިރު ތިން ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެއްވަނާގައި އޮތީ އަނގޮޅިތީމުން ދެވަނައިގައި ތިން ޕޮއިންޓާއެކު އިނގުރައިދޫ އޮތްއިރު، ހުޅުދުއްފާރާއި މަޑުއްވަރީއަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

އަނގޮޅިތީމުގައި 72 އަހަރުގެ އަންހެނަކަށް ގަދަކަމުން ޖިންސީގޯނާކުރި މައްސަލައެއް، ތުހުމަތު އޮތް މީހާ ހައްޔަރުކޮށްފި
29 Sep 2026 ހަބަރު

އަނގޮޅިތީމުގައި 72 އަހަރުގެ އަންހެނަކަށް ގަދަކަމުން ޖިންސީގޯނާކުރި މައްސަލައެއް، ތުހުމަތު އޮތް މީހާ ހައްޔަރުކޮށްފި

ރ. އަނގޮޅިތީމުގައި 72 އަހަރުގެ އަންހެނަކަށް ގަދަކަމުން ޖިންސީގޯނާކުރި މައްސަލައެއްގެ ތަހުގީގު ފަށައިފި އެވެ. ފުލުހުން ބުނީ އަނގޮޅިތީމުގެ ގެއަކަށް މީހަކު ވަދެ 72 އަހަރުގެ ދިވެހި އަންހެނަކާމެދު ގަދަކަމު...

އަނގޮޅިތީމުގައި ޕޮލިސް ޕޯސްޓު ގާއިމު ކުރުމުގެ މަސައްކަތް މި އަހަރު ފުރިހަމަކުރުމަށް މަސައްކަތްކޮށްދޭނަން: ރައީސް
03 Mar 2024 ހަބަރު

އަނގޮޅިތީމުގައި ޕޮލިސް ޕޯސްޓު ގާއިމު ކުރުމުގެ މަސައްކަތް މި އަހަރު ފުރިހަމަކުރުމަށް މަސައްކަތްކޮށްދޭނަން: ރައީސް

ރ.އަނގޮޅިތީމުގައި ޕޮލިސް ޕޯސްޓު ގާއިމު ކުރުމުގެ މަސައްކަތް މި އަހަރު ފުރިހަމަކުރުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ.މުއިއްޒު މި...

އަނގޮޅިތީމު ކިއުޓް ޖަމިއްޔާގެ މަސްރޭސް ޑިސެމްބަރު 16 ގައި
03 Dec 2023 ހަބަރު

އަނގޮޅިތީމު ކިއުޓް ޖަމިއްޔާގެ މަސްރޭސް ޑިސެމްބަރު 16 ގައި

ރ އަތޮޅު އަނގޮޅިތީމު ކިއުޓް ޖަމިއްޔާގެ ފަރާތުން މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މަސްރޭހެއް ބޭއްވުމަށް ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ޖަމިއްޔާގެ ފަރާތުން ވޮއިސްއަ...

އަނގޮޅިތީމު ރައްޔިތުންގެ ފަރާތުން ފަލަސްތީނަށް އެހީވުމަށް އެއް ލައްކަ ރުފިޔާ
15 Nov 2023 ހަބަރު

އަނގޮޅިތީމު ރައްޔިތުންގެ ފަރާތުން ފަލަސްތީނަށް އެހީވުމަށް އެއް ލައްކަ ރުފިޔާ

ރ.އަނގޮޅިތީމު ރައްޔިތުންގެ ފަރާތުން ފަލަސްތީނަށް އެހީވުމަށް އެއް ލައްކަ ރުފިޔާ ހަދިޔާ ކޮށްފިއެވެ. މިރުފިޔާ އަކީ ރަށުގެ ރައްޔިތުންނާއި މުއައްސަސާތަކާއި  އަންހެނުންގެ ތަރައްޤީއަށް މަސައްކަތް  ކުރާ ކޮމެޓ...

މެޗަކުން ބަލިނުވެ, އަނގޮޅިތީމު ޗެންޕިއަންކަން ހޯދައިފި
09 Nov 2023 ކުޅިވަރު

މެޗަކުން ބަލިނުވެ, އަނގޮޅިތީމު ޗެންޕިއަންކަން ހޯދައިފި

ރ.އަތޮޅު ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި ފުރަތަމަ އަންހެން ހޭންޑްބޯލް މުބާރަތުގެ ފައިނަލުގައި މިއަދު ހަވީރު 11-7 ގެ ނަތީޖާއަކުން ހުޅުދުއްފާރު ބަލިކޮށް އަނގޮޅިތީމުން މުބާރާތުގެ ޗެމްޕިއަ...

ކުޅުނު ތިން މެޗުން ވެސް މޮޅުވެ ލީގު ބުރުގެ އެއްވަަނަ ޓީމުގެ ގޮތުގައި އަނގޮޅިތީމު ފައިނަލަށް
07 Nov 2023 ކުޅިވަރު

ކުޅުނު ތިން މެޗުން ވެސް މޮޅުވެ ލީގު ބުރުގެ އެއްވަަނަ ޓީމުގެ ގޮތުގައި އަނގޮޅިތީމު ފައިނަލަށް

މިހާރު ކުރިއަށްދާ ރާ އަތޮޅު ކައުންސިލްގެ ފުރަތަމަ އަންހެން ހޭންޑްބޯލް މުބާރާތުގެ ތިންވަނަ މެޗުގައި މިއަދު ހަވީރު މަޑުއްވަރީ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 11-9 ގެ ނަތީޖާއަކުން ކާމިޔ...