ދުނިޔެ 14 Aug 2025 | 11:14

ޓެރިފްތަކަކީ އިތުބާރުކުރެވޭ ޕާޓްނަރުންނާއެކު ވިޔަފާރިފުޅާކުރަން ލިބޭ ފުރުސަތެއް: ބްރެޒިލް ސަފީރު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާންކުރެއްވި ޓެރިފްތަކަކީ، އިތުބާރުކުރެވޭ ޤައުމުތަކާއެކު ވިޔަފާރިކުރަން ލިބޭ ފުރުސަތެއްކަމަށް ބްރެޒިލުން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެނެތު ފީލިޒް ހަޒިންސްކީ ވިދާޅުވެއްޖެއެވެ.

ސަފީރު ވިދާޅުވީ އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގަން ފެށި ބޮޑެތި ޓެރިފްތަކަކީ ގޮންޖެހުމެއްކަމަށާއި، ހަމައެއާއެކު އެއީ ފުރުސަތުތަކެއް ފަހިވެގެންދާވެސް ކަމެއްކަމަށެވެ. އަދި އިތުބާރުކުރެވޭ އެހެން ގައުމުތަކާއެކު ކުރެވޭ ވިޔަފާރި އިތުރުކުރުމަކީ އޭގެން ފުރުސަތެއްކަމަށް އޭނާ ވިދާޅުވިއެވެ.

ބްރެޒިލްއާއި އިންޑިއާއިން ފަހަކަށް އައިސް ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ. ދާދިފަހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި، ބްރެޒިލްގެ ރައީސް ލުއިޒް އިނާޝިއޯ ލޫލާ ޑަ ސިލްވާ ވަނީ ފޯނުން ގުއްވާ މަޝްވަރާތައް ކުރައްވާފައެވެ. އަދި މި މަޝްވަރާތައް ވަރަށް ކާމިޔާބުކަމަށް ބްރެޒިލްގެ ސަފީރު ހަޒިންސްކީ ވިދާޅިވިއެވެ.

މިދިޔަ މަހު މޯދީ ވަނީ ބްރެޒިލްއަށް ދަތުރުފުޅެއްވެސް ކުރައްވާފައެވެ. މި ދަތުރުފުޅުގައިވެސް ދެގައުމުގެ މެދުގައި ގުޅުން ބަދަހިކުރުމާއި ބެހޭ މުހިއްމު މަޝްވަރާތަކެއް މޯދީ ކުރެއްވިއެވެ.

ބްރެޒިލްއާއި އިންޑިއާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން 50 އިންސައްތައިގެ ޓެރިފެއް ނެގުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނިންމަވާފައެވެ. އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފް ބޮޑުކުރުމާއިއެކު އިންޑިއާއިން ދަނީ ވިޔަފާރީގެ އެހެން ބައިވެރިން ހޯދުމުގެ މަސައްކަތްކުރަމުންނެވެ. އަދި ދާދިފަހުން އިނގިރޭސިވިލާތާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، އެހެން ބައެއް ގައުމުތަކާއެކުވެސް ވިޔަފާރީގެ އެއްބަސްވުންތައް ގާއިމްކުރުމަށް އެގައުމުން ދަނީ މަސައްކަތްކުރަމުންނެވެ.

އެމެރިކާއާއެކުވެސް އެއްބަސްވުމެއް ހެދޭތޯ އިންޑިއާއިން މަސައްކަތްކުރިއެވެ. އެހެންނަމަވެސް އިންޑިއާގެ ދަނޑުވެރިކަމުގެ ސިނާޢަތުގެ ތެރެއަށް އެމެރިކާގެ ވިޔަފާރިތަކަށް ވަންނަން ފުރުސަތު ދޭން އިންޑިއާއިން ބޭނުން ނުވުމުން މި މަޝްވަރާތައް އަދިވެސް ކޮޅެއްގައެއް ނުޖެހެއެވެ. މޯދީ ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ 'ފުރަތަމަ ދަނޑުވެރިން' ކަމަށާއި، ދަނޑުވެރިން ކާންބޯން ކުރާ މަސައްކަތުގެ ތެރެއަށް ބޭރުގެ ބަޔަކަށް އައިސް ވަންނަން ފުރުސަތު ނުދެވޭނެ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މުސާރަައިގެ މައްސަލަ ހޫނުވެ، ބަންގްލަދޭޝްގެ ފޭރާން ސިނާއަތް ހުއްޓުމަކަށް
02 Nov 2026 ދުނިޔެ

މުސާރަައިގެ މައްސަލަ ހޫނުވެ، ބަންގްލަދޭޝްގެ ފޭރާން ސިނާއަތް ހުއްޓުމަކަށް

މުސާރަ ކުޑަވުމާއި ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލުމާ ގުޅިގެން، ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ކާރުޚާނާތަކުގެ އެތައް ހާސް މުވައްޒަފުންނެއް މަގުތަކަށް ނުކުމެ ކުރަމުންދާ ވަރުގަދަ މުޒާހަރާތަކުގެ ސަބަބުން، އެ ޤައުމުގެ އިޤްތިޞާދުގެ މައިނާރު ކަމަށްވާ އަންނައުނު އުފެއްދުމުގެ ސިނާއަތް މުޅިން ހުއްޓުމަކަށް އަތުވެއްޖެއެވެ.

ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރަޔަންއެއާގެ ފައިދާ ދަށަށް ހިނގައްޖެ
02 Nov 2026 ދުނިޔެ

ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރަޔަންއެއާގެ ފައިދާ ދަށަށް ހިނގައްޖެ

ކުންފުނިން ބުނި ގޮތުގައި ފައިދާ ދަށަށް ދިޔަ މައިގަނޑު ސަބަބަކީ ބައިނަލްއަގުވާމީ މާކެޓުގައި ތެލުގެ އަގު އުފުލުމާއި، އެމެރިކާއާއި އިސްރާއީލުން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ޓިކެޓުގެ އަގުތަކަށް އައި ބަދަލުތަކެވެ.

މުޒާހަރާ ކުރުމަށްފަހު ވިޔަފާރިކުރޭ: ރާހުލް ގާންދީ
01 Nov 2026 ދުނިޔެ

މުޒާހަރާ ކުރުމަށްފަހު ވިޔަފާރިކުރޭ: ރާހުލް ގާންދީ

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ، ނޮވެމްބަރު 1 ގައި ދިއްލީގެ ރާމްލީލާ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިދިކޮޅު އިއްތިހާދުގެ ބޮޑު އެއްވުމާ ގުޅިގެން ވިޔަފާރިވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ޖަވާބެއް ދެއްވައިފިއެވެ.

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ
30 Oct 2026 ހަބަރު

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" )އެޗް.އައި.ސީ.ޑީ.ޕީ( ގެ ދަށުން، ރާއްޖޭގެ 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާ )އެމްއޯޔޫ( އެއްގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފިއެވެ.

ބްރެޒިލްގެ އައު ރައީސް ލުލާއަށް ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި
27 Oct 2026 ހަބަރު

ބްރެޒިލްގެ އައު ރައީސް ލުލާއަށް ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ބްރެޒިލްގެ ރައީސަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ އަދާކުރައްވާފައިވެއެވެ. އަދި އިންތިޚާބުގައި ލިބުނު މި ބޮޑު ކާމިޔާބީއަކީ ބްރެޒިލްގެ ރައްޔިތުންގެ ހިތްތަކުގައި އެމަނިކުފާނުގެ ޒައާމަތަށް އޮތް އިތުބާރާއި ޔަގީންކަން ހާމަކޮށްދޭ ކަމެއްކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.

ބްރެޒިލްގެ ރައީސް ލޫލާ ހަތަރު ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފި
26 Oct 2026 ދުނިޔެ

ބްރެޒިލްގެ ރައީސް ލޫލާ ހަތަރު ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފި

ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ، ވާދަވެރި ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓް ސެނެޓަރު ފްލާވިއޯ ބޮލްސޮނާރޯ ބަލިކުރައްވައި ހަތަރު ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިއެވެ. އެއީ ރިޔާސީ އިންތިޚާބެއްގެ ފުރަތަމަ ބުރުގައި ބަލިވެވަޑައިގަތުމަށްފަހު ދެވަނަ ބުރު ކާމިޔާބުކުރެއްވި ބްރެޒިލްގެ ހަމައެކަނި ސިޔާސީ ބޭފުޅާއެވެ.

އިންޑިޔާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޕާކިސްތާނަށް
23 Oct 2026 ދުނިޔެ

އިންޑިޔާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޕާކިސްތާނަށް

އދ. ގައި ހުންނަ އިންޑިއާގެ ފަސްޓް ސެކްރެޓަރީ ބަވިކާ މަންގަލާނަންދަން ބުނީ، އަމިއްލަ ގައުމުގައި ތިބި ނާޒުކު މީހުން ހިމާޔަތް ނުކުރެވޭ ގައުމަކަށް އިންޑިއާއަށް ފާޑުކިޔުމުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށެވެ.

އިންޑިއާގެ ކޮއިމްބަތޫރުގެ ޝަބާނާ ހުޅުވައިދިނީ އަބާޔާލައި، ނިވާވެ ތިބެގެން ކަސްރަތު ކުރެވޭނެ ޖިމެއް
21 Oct 2026 ދުނިޔެ

އިންޑިއާގެ ކޮއިމްބަތޫރުގެ ޝަބާނާ ހުޅުވައިދިނީ އަބާޔާލައި، ނިވާވެ ތިބެގެން ކަސްރަތު ކުރެވޭނެ ޖިމެއް

ދެކުނު އިންޑިއާގެ ޝަހަރެއް ކަމަށްވާ ކޮއިމްބަތޫރުގައި، މުސްލިމް އަންހެނުންނަށް ހިޖާބާއި އަބާޔާ ފަދަ ނިވާކަން ބޮޑު ހެދުމުގައި ތިބެ ފަސޭހަކަމާއެކު ކަސްރަތު ކުރެވޭނެ ހާއްސަ ޖިމެއް ހުޅުވައިފިއެވެ. މިއީ އެ ސަރަހައްދުގައި ހަމައެކަނި އަންހެނުންނަށް ހާއްސަކޮށްގެން ހިންގާ ޖިމެކެވެ.