ހިޔާ ފްލެޓުތަކު ހަރުކޮށްފައިވާ ކެމެރާތަކުގެ ޑާޓާ ފުލުހުންނާ ހިއްސާކުރަން އެއްބަސްުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/އެޗްޑީސީ
ހިޔާ ފްލެޓުތަކު ހަރުކޮށްފައިވާ ކެމެރާތަކުގެ ޑާޓާ ފުލުހުންނާ ހިއްސާކުރަން އެއްބަސްުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/އެޗްޑީސީ
ވިޔަފާރި 05 Feb 2023 | 09:53

ހިޔާ ފްލެޓުތަކު ހަރުކޮށްފައިވާ ކެމެރާތަކުގެ ޑާޓާ ފުލުހުންނާ ހިއްސާކުރަން އެއްބަސްވެއްޖެ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ހިޔާ ފުލެޓުތަކުގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާ ތަކުގެ ޑާޓާ ފުލުހުންނާ ހިއްސާކުރަން އެއްބަސްވެއްޖެއެވެ.

އެޗްޑީސީން ބުނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ހިޔާ މަޝްރޫއުގެ 16 ޓަވަރގެ ފްލެޓުތަކުގެ އެތެރެއާއި ބޭރުގައި ހަރުކޮށްފައިވާ ކެމެރާތަކުން ދިވެހި ފުލުހުންގެ ޚިދުމަތާ ހިއްސާކުރުމަށް ފީޑް ކަނެކްޝަން ނެގުމުގައި ކުރަންޖެހޭ ކަންކަން ދެ ފަރާތުން ގުޅިގެން ކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ.

މި ފަހުމުނާމާގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާތިފްއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.

މި ފަހުމުނާމާއަކީ ދިވެހި ފުލުހުންގެ ޚިދުމަތާއި އެޗްޑީސީއާ ދެމެދު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ހިޔާ މަޝްރޫއުގެ 16 ޓަވަރގެ ފްލެޓުތަކުގެ އެތެރެއާއި ބޭރުގައި ހަރުކޮށްފައިވާ ކެމެރާތަކުން ރެކޯޑުކުރެވޭ މަންޒަރުތަކާއި އަޑުތައް، ދިވެހި ފުލުހުންގެ ޚިދުމަތާ ހިއްސާކުރުމުގައި ނުވަތަ ފީޑް ކަނެކްޝަން ނެގުމުގައި ކުރަންޖެހޭ ކަންކަން ދެ ފަރާތުން ގުޅިގެން ކުރުމަށްޓަކައި ވެވޭ ފަހުމުނާމާއެކެވެ.

މިއަދުން ފެށިގެން ތިން އަހަރު ދުވަހުގެ މުއްދަތަކަށް ސޮއިކުރެވުނު މި ފަހުމުނާމާގެ ދަށުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، ކުށްމަދު އަމާން ވެއްޓެއް ގާއިމުކުރުމާ އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރެވިގެންދާނެއެވެ.

މި ކަމުގެ ސަބަބުން ހިޔާ ޓަވަރުތަކުގައި ރައްކާތެރި މާހައުލެއް ޤާއިމު ކުރުމަށް އެޗް.ޑީ.ސީން ފުލުހުންނާއި ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކަށް ގިނަ ލުއިތަކެއް ލިބިގެން ދާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ސ. މީދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފި
01 Nov 2026 ހަބަރު

ސ. މީދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފި

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ހައްޔަރުކޮށްފައިވަނީ އެ ރަށުގެ އިރާކްއަށް ނިސްބަތްވާ 19 އަހަރުގެ އަބްދުﷲ ޝައުނުއެވެ.

ސަފާރީ ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުން އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށް އެންބީއޭއެމްއިން ގޮވާލައިފި
01 Nov 2026 ހަބަރު

ސަފާރީ ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުން އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށް އެންބީއޭއެމްއިން ގޮވާލައިފި

މީސްމީޑިއާއާއި ބައިނަލްއަގުވާމީ މަންސަތަކުގައި މި ހާދިސާގެ ވީޑިއޯތައް ދައުރުވަމުންދާއިރު، އެންބީއޭއެމްއިން ބުނެފައިވަނީ މިއީ ވަރަށް ނާޒުކު އަދި ސީރިއަސް މައްސަލައެއް ކަމަށާއި، މި މައްސަލަ ވަކި ފަރާތަކަށް ނުޖެހި، ފުރިހަމައަށް ތަހުގީގު ކުރެވެންޖެހޭނެ ކަމަށެވެ. އަދި އެއްވެސް ފަރާތަކުން ގާނޫނާ ހިލާފުވެފައިވާނަމަ ނުވަތަ އިހުމާލުވެފައިވާނަމަ، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ މަތިން އެކަމަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށް އެ އެސޯސިއޭޝަނުން ފާހަގަކުރެއެވެ.

ހުޅުމާލޭ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް؛ 5 މީހަކަށް އަނިޔާވި
01 Nov 2026 ހަބަރު

ހުޅުމާލޭ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް؛ 5 މީހަކަށް އަނިޔާވި

ހުޅުމާލެ ރުއްގަނޑު 1 ކައިރީގައި ހުންނަ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އާންމު އުނދަގުލަކަށްވި ފައިރިޝް، އެންޑީއޭގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލައިފި
31 Oct 2026 ހަބަރު

އާންމު އުނދަގުލަކަށްވި ފައިރިޝް، އެންޑީއޭގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލައިފި

މި މައްސަލައާ ގުޅިގެން، ފިލައިގެން އުޅޭ ފައިރިޝް ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

ހުޅުމާލޭ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަނީ
29 Oct 2026 ހަބަރު

ހުޅުމާލޭ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަނީ

ރޭގެ ވަގުތެއްގައި ހުޅުމާލޭގެ ވިނަރެސް 3 ގައި ހުންނަ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް ވަނީ ދައްކާފައެވެ.