ރައީސް ސޯލިހްގެ ރަނިންގްމޭޓަކަށް އަސްލަމް!
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު, ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެ ރަނިންމޭޓަކަށް އައްޑޫ ދާއިރާގެ މެމްބަރު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ (ޕީޖީ) ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހަމަ ޖައްސައިފިއެވެ.
މިކަން ހާމަކޮށް އެމްޑީޕީގެ ކުރީގެ ސެކްޓްރީ ޖެނަރަލް އަނަސް އަބްދުލް ސައްތާރުވަނީ ޓުވީޓުކުރައްވައި އަސްލަމަށް މަރުހަބާ ވިދާޅުވެފައެވެ.
ރައީސް ސޯލިހުގެ ރަނިންމޭޓަކަށް ކަނޑައަޅުއްވާ ބޭފުޅެއް މިއަދު ހާމަކުރެއްޗުމަށް ހަމަ ޖެހިފައިވާއިރު، އަސްލަމްގެ ކުށުގެ ރެކޯޑް ސާފުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމުގައި މައުލޫމާތު ލިބެއެވެ.
އަނަސް ކުރެއްވި ޓުވީޓުކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް @ibusolih ގެ ރަނިންގ މޭޓަކަށް އެމްޑީޕީގެ ޕީޖީ ލީޑަރ @aslamdp ހަމަޖައްސަވައިފި.
— Anas Abdul Sattar (@anasabdulsattar) August 5, 2023
މި ފުރުސަތުގައި ޕީޖީ ލީޑަރ މުހައްމަދު އަސްލަމަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން.#UfaaveriAmaanRaajje
އެގޮތުން ފާއިތުވި ހަފްތާގައި ކެމްޕެއިން ދަތުރެއްގައި ހދ. ހަނިމާދުއަށް ވަޑައިގެން ރައީސް ސޯލިހު ވިދާޅުވެފައިވަނީ އެ މަނިކުފާނުގެ ރަނިން މޭޓަކު ކަނޑައެޅުމަށް އެންމެ ފަހުގެ މަޝްވަރާތަށް ކުރިއަށްދާ ކަމަށާއި އެގޮތުން، ރަނިން މޭޓުކަމަށް ހުށަހަޅާފައިވާ ނަންތަކެއް އެ މަނިކުފާނުގެ އަތްޕުޅުގައި އެބައޮތް ކަމަށާއި އެ ރޭ މާލެ ވަޑައިގެންނެވުމަށް ފަހު، އެކަމާ ގުޅޭ އެންމެ ފަހު މަޝްވަރާ ބައްދަލުވުން ކުރިއަށްގެންދަވާނެ ކަމަށެވެ.
އަދި ރަނިންމޭޓް ކަމަށް އައްޔަނު ކުރައްވާ ބޭފުޅަކަށް ތެރޭގައި މިހާރު ނައިބު ރައީސް ފައިސަލް ނަސީމް ވުމަކީވެސް އެކަށީގެންވާ ކަމެއްކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
އެހެންނަމަވެސް ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވާގޮތުގައި ރަނިންމޭޓް ކަމުން ފައިސަލް ނަސީމް ބާކީވެވަޑައިގެންކަން މިހާރު އެ މަނިކުފާަނަށް ވަނީ އަންގަވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގައި ތިންވަނަ ދައުރެއް ފުރުއްްވަމުން ގެންދަވާ އަސްލަމް އަކީ މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ހުށަހަޅާފައިވާ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ފަހު، އެ މަގާމަށް ގެންނަން ހުށަހަޅަން ނިންމާފައިވާ ބޭފުޅާވެސް މެއެވެ.
އެހެންނަމަވެސް އަސްލަމް އަކީ މަޖިލީހުގައި އެހާ ހަރަކާތްތެރި ބޭފުޅެއްގެ ގޮތުގައި ފާހަގަވެވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް