ރޭ އެކަނިވެސް މާލޭގައި ދެ މާރާމާރީ އެއް
ރޭ އެކަނިވެސް މާލޭގައި ދެ މާރާމާރީއެއް ހިނގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވާ ގޮތުގައި ރޭގެ ފުރަތަމަ މާރާމާރީ ހިންގާފައި ވަނީ 9:46 ހާއިރު ބޮޑުތަކުރުފާނު މަގު ބޭންކް އޮފް ސިލޯން ކައިރީގައެވެ.
އަދި 10:34 ހާއިރުވެސް އިތުރު މާރާމާރީއެއްވެސް ހިންގާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި އެ މާރާމާރީ ހިންގީ ހެންވޭރުގެ ގެއެއްގެ ތެރޭގައި ކަމަށްވެސް ވިދާޅުވި އެވެ.
މި ދެ މާރާމާރީ ވެސް ތަހުގީގު ކުރަމުންދާ ކަމަށާ ނަމަވެސް މާރާމާރީއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް