ވިލާ މާޓް ރެހެންދި ހިނގުން
ވިލާ މާޓް ރެހެންދި ހިނގުން
ވިޔަފާރި 06 Oct 2022 | 11:38

ވިލާ މާޓުގެ މާލޭ އައުޓްލެޓްތަކުން 24 ގަޑިއިރު ޚިދުމަތް ދޭންފަށައިފި

ވިލާ މާޓް އިން މާލެ ސިޓީގައި ހިންގަމުންދާ ފިހާރަތަކުގެ ތެރެއިން، 1،2،3 24 ގަޑިއިރު ހިދުމަތް ދޭ ގޮތަށް ހަމަޖައްސައިފައިވާ ކަމަށް ވިލާ ޓްރޭޑިން އިން ބުނެފިއެވެ.

ވިލާ ޓްރޭޑިން އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ތަނުގެ ދަށުން މާލެ ސަރަހައްދުގައި ހިންގަމުންދާ އައުޓްލެޓް ތަކުގެ ތެރޭގައި ހިމެނޭ ވިލާ މާޓް އެކެއް (ފަރީދީ މަގު), ވިލާ މާޓް ދޭއް (މަޖީދީ މަގު)،  އަދު ވިލާ މާޓް ތިނެއް (ރެހެންދި ހިނގުން) އިން މީގެ ފަހުން 24 ގަޑި އިރު ޚިދުމަތް ދެމުން ގެންދާނެ ކަމަށެވެ.

ވިލާ މާޓް އިން ބުނީ، އަބަދުވެސް އަމާޒަކީ ކޮސްމެޓިކްސް އާއި ގޭތެރޭގައި ބޭނުންކުރާ އެހެނިހެން ސާމާނުވެސް ހިމެނޭ ގޮތަށް ފެންވަރު ރަނގަޅު ކާނާއާއި ބުއިންތައް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނީ، ވިލާ މާޓުގެ ހުރިހާ އައުޓްލެޓް ތަކަކުންވެސް ވިއްކާ ތަކެތި ލިބެން ހުންނާނީ އަތްފޯރާފަށުގައި ކަމަށާ، ވިޔަފާރިކުރާ ކަސްޓަމަރުންނަށް އެންމެ ފަސޭހައިން ވިޔަފާރި ކުރެވޭނެ މަގު ތަނަވަސް ކުރުމަށްޓަކައި އެ ކުންފުނިން މިހާރު ވެބްސައިޓެއްވެސް ލޯންޗްކޮށްފައިވާކަމަށެވެ. އެގޮތުން އެ ވެބްސައިޓްގައި ވިލާ މާޓް އިން ލިބެން ހުންނަ ޕްރޮޑޮކްޓްތަކާއި ގުޅުން ހުރި މައުލޫމާތުތައް ލިބެން ހުންނައިރު، ތަކެތި ގަނެގެން ވަގުތުން ފައިސާވެސް ދެއްކޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ވެބްސައިޓްގެ އިތުރުން ވިލާ މާޓްގެ ހާއްސަ އެޕް މިހާރު އެޕް ސްޓޯރުންނާއި ގޫގުލް ސްޓޯރުންވެސް ލިބޭން ހުރި އިރު، މިއީ ގޭގައި ތިބެގެން ވިޔަފާރިކޮށްލަން ލިބޭ ރަނުގެ ފުރުސަތެއް ކަންވެސް ވިލާ މާޓުން ފާހަގަކުރެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރޯދަ މަހާއި ދިމާކޮށް ވިލާ މާޓުން ހާއްސަ ޕްރޮމޯޝަނެއް ފަށަނީ!
05 Mar 2024 ވިޔަފާރި

ރޯދަ މަހާއި ދިމާކޮށް ވިލާ މާޓުން ހާއްސަ ޕްރޮމޯޝަނެއް ފަށަނީ!

ކުރިއަށް އޮތް ރޯދަ މަހާއި ދިމާކޮށް ވިލާ މާޓުން ހާއްސަ ޕްރޮމޯޝަނެއް ފެށުމަށް ނިންމައިފިއެވެ. "ރޯދަ ވިތު ވިލާ މާޓް" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަން ކުރިއަށްދާނީ 10 މާޗް 2024 އިން 10 އޭޕްރީލް 20...

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހުންނަ ވިލާ މާޓުން 24 ގަޑިއިރު ހިދުމަތް ދޭން ފަށައިފި
16 Nov 2023 ވިޔަފާރި

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހުންނަ ވިލާ މާޓުން 24 ގަޑިއިރު ހިދުމަތް ދޭން ފަށައިފި

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހުންނަ ވިލާ މާޓުން 24 ގަޑިއިރު ހިދުމަތް ދޭން ފަށައިފިއެވެ. ވިލާ ޓްރޭޑިން އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހިޔާ ޓަވަރު 14ގައި ހުންނަ 'ވިލާ މާޓު 4' ފިހާރަ 24 ގަޑިއިރު ހ...

"ޕްލެއިން ސޮލެއިލް"ގެ ފްރައިސް ބޭނުން ކޮށްގެން ޑާޓީ ފްރައިސް ތައްޔާރު ކޮށްލާނެ ގޮތް!
25 Sep 2023 ވިޔަފާރި

"ޕްލެއިން ސޮލެއިލް"ގެ ފްރައިސް ބޭނުން ކޮށްގެން ޑާޓީ ފްރައިސް ތައްޔާރު ކޮށްލާނެ ގޮތް!

ވިލާމާޓުން އެކްސްކްލޫސިވް ކޮށް ވިއްކަމުންދާ ޕްލެއިން ސޮލެއިލް ބްރޭންޑް އުފެއްދުން ތަކުގެ ތެރޭގައި ހިމެނޭ  ފްރޯޒެން ވެޖިޓަބަލް، އޭޝިއަން މިކްސް ސްޓާ ފްރައި މިކްސްގެ، ފްރޯޒެން ޕީސް، ކެރެޓް އަދި މި ނޫންވ...

ވިލާ މާޓުން ލިބޭ ޗިކަން ވިންގްސް އިން މީރު އެއްޗެއް ތައްޔާރު ކޮށްލާނެ ގޮތް!
15 Aug 2023 ވިޔަފާރި

ވިލާ މާޓުން ލިބޭ ޗިކަން ވިންގްސް އިން މީރު އެއްޗެއް ތައްޔާރު ކޮށްލާނެ ގޮތް!

ކުކުޅަކީ ދިވެހިންގެ ހުކުރު ދުވަހާއި، އެނޫންވެސް ދުވަސް ދުވަހަށް މީރު އެއްޗެއް ކާލަން ބޭނުންވާ ފަހަރު ފަހަރު އާންމުކޮށް ޚިޔާރު ކުރެވޭ އެއްޗެވެ. ބައެއް ފަހަރު ފިހެލައިގެން، އަނެއްބައި ފަހަރު ހިކި ކޮށް ނ...

މޫވީ ނައިޓް ތަކުގައި ކާލުމަށް 'ޕްލެއިން ސޮލެއިލް' ގެ ލުއި ކާނާގެ ބާވަތްތައް!
26 Jun 2023 ވިޔަފާރި

މޫވީ ނައިޓް ތަކުގައި ކާލުމަށް 'ޕްލެއިން ސޮލެއިލް' ގެ ލުއި ކާނާގެ ބާވަތްތައް!

މޫވީ ނައިޓް ތަކުގައި ތަފާތު ލުއި ކާނާތައް ކެއުމަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް އޮންނަ އާދައެއް ކަމުގައިވާއިރު, އެކަމަށްޓަކައި ވިލާ މާޓުން ލިބެން ހުންނަ ޕްލެއިން ސޮލެއިލް ބްރޭންޑް ގެ އަޖުމަ...

މަޝްހޫރު އޮޓިމާ ބްރޭޑްގެ ޕާސްތާގެ ރަހަ ދައްކާލަން ވިލާ މާޓްއިން ހަރަކާތެއް ކުރިއަށް ގެންގޮސްފި.
19 Jun 2023 ވިޔަފާރި

މަޝްހޫރު އޮޓިމާ ބްރޭޑްގެ ޕާސްތާގެ ރަހަ ދައްކާލަން ވިލާ މާޓްއިން ހަރަކާތެއް ކުރިއަށް ގެންގޮސްފި.

ދުނިޔޭގެ މަޝްހޫރުު ބްރޭންޑްތައް ރާއްޖެއަށް ތައާރަފް ކުރުމުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ވިލާ ޓްރޭޑިންގ ގެ ދަށުން ހިންގަމުންދާ ވިލާ މާޓްއިން މިދިޔަ އަންގާރަ ދުވަހު އޮޓިމާ ބްރޭންޑްގެ ޕާސްޓަގެ ރަހަ...