ހުޅުދުއްފާރާއި އިނގުރައިދޫ ވާދަކުރި މެޗުގެ ތެރެއިިން
ހުޅުދުއްފާރާއި އިނގުރައިދޫ ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު 07 Nov 2023 | 16:38

ފަސޭހަކަމާއި އެކު އިނގުރައިދޫ ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ ހުޅުދުއްފާރުން ހޯދައިފި

މިހާރު ކުރިއަށްދާ ރާ އަތޮޅު ކައުންސިލްގެ ފުރަތަމަ އަންހެން ހޭންޑްބޯލް މުބާރާތުގެ ތިންވަނަ މެޗުގައި މިއަދު ހަވީރު އިނގުރައިދޫ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި އެކު 3-9 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ހުޅުދުއްފާރުން މުބާރާތުގެ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ރާ އަތޮޅު ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން 2023 ނޮވެމްބަރު 04 ން 08 އަށް ކުރިއަށް ގެންދާ މި މުބާރާތުގައި މިއަހަރު ޖުމުލަ ހަތަރު ޓީމެއް ބައިވެރިވެފައިވާ އިރު، މުބާރާތުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު މުބާރާތުގެ ފައިނަލްގައި ކުޅޭ ގޮތަށެވެ.

ރ. އުނގޫފާރު ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ހުޅުދުއްފާރުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 7 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނޫރާ އެވެ. އަދި އޭގެ 8 މިނެޓް ފަހުން އެޓީމުގެ ލީޑު ފުޅާކޮށްދިނީ ނަސްމާއެވެ.

ފުރަތަަމަ ހާފުގެ ފަހުވަގުތު ކޮޅުގެ ތެރޭގައި ގާތްގާތުގައި އިނގުރައިދޫ އަށް ދެ ޕެނަލްޓީ ލިބުނުއިރު، މި ދެ ޕެނަލްޓީ ވެސް ހުޅުދުއްފާރުގެ ގޯލްކީޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެޓީމުން ކުރެ ކޮންމެ ޓީމަކުން ވެސް ވަނީ އިތުރު އެއް ލަނޑު ކާމިޔާބުކޮށްފައެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ހުޅުދުއްފާރު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ހުޅުދުއްފާރުން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން އިތުރު ހަ ލަނޑު ކާމިޔާބުކުރި އިރު އިނގުރައިދޫ އަށް މިހާފުގައި ކާމިޔާބުކުރެވުނީ ދެ ލަނޑެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 9-3 ގެ ތަފާތުބޮޑު ނަތީޖާއަކުން ހުޅުދުއްފާރު ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހުޅުދުއްފާރު ޓީމުގެ އައިޝަތު ނަސްމާ އެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގު ބުރުގައި ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ހަމަކޮށް ހުޅުދުއްފާރު، މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ލީގު ބުރުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި މިމެޗުން ބަލިވި އިނގުރައިދޫ މުބާރާތް ނިންމާލީ ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގު ބުރުގެ ތިންވަނައިގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

ޢަބްދުލް މުޙައިމިން؛ އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
05 Oct 2026 ރިޕޯޓް

ޢަބްދުލް މުޙައިމިން؛ އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް

މުދައްރިސުންނަކީ މުޖުތަމަޢުގެ ބިންގާ އަޅައިދީ، ޤައުމުގެ މުސްތަޤްބަލު ބައްޓަންކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ބަޔަކެވެ. ރ. އިނގުރައިދޫގެ ތަޢުލީމީ ޙަޔާތަށް ބަލާއިރު، ފާހަގަކޮށްލެވޭ އެންމެ ޚިދުމ...

މަނަދޫ ބަލިކޮށް އެއްވަނާގައި އޮވެ، އިނގުރައިދޫ އިން ގްރޫޕް ސްޓޭޖް ނިންމާލައިފި
29 Sep 2026 ކުޅިވަރު

މަނަދޫ ބަލިކޮށް އެއްވަނާގައި އޮވެ، އިނގުރައިދޫ އިން ގްރޫޕް ސްޓޭޖް ނިންމާލައިފި

މިހާރު ކުރިއަށްދާ އެފްއޭއެމް ފުޓްސަލް މުބާރާތުގެ ނޯތް ޒޯންގައި މިއަދު ހަވީރު ނ.މަނަދޫ އާއި ރ.އިނގުރައިދޫ ބައްދަލުކުރިެމޗް ފަސޭހަކަމާއެކު އިނގުރައިދޫ ކާމިޔާބުކޮށްފިއެވެ. މަނަދޫގެ މައްޗަށް މިމެޗްގައި އި...

އެފްއޭއެމް ފުޓްސަލް ނޯތް ޒޯން؛ ހިންނަވަރު ބަލިކޮށް އިނގުރައިދޫ ސެމީފައިނަލަށް
28 Sep 2026 ކުޅިވަރު

އެފްއޭއެމް ފުޓްސަލް ނޯތް ޒޯން؛ ހިންނަވަރު ބަލިކޮށް އިނގުރައިދޫ ސެމީފައިނަލަށް

މިހާރު ކުރިއަށްދާ އެފްއޭއެމް ފުޓްސަލް މުބާރާތުގެ ނޯތް ޒޯންގައި ރޭ ހިންނަވަރާއި އިނގުރައިދޫ ބައްދަލުކުރިމެޗް އިނގުރައިދޫ ކާމިޔާބުކޮށް ސެމީފައިނަލަށް އެޓީމް ދަތުރުކޮށްފިއެވެ. މަނަދޫގައި ކުޅުނު މިމެޗް ހި...

މިހާރު ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވެ އިނގުރައިދޫއަށް ބޮޑެތި ގެއްލުންތަކެއް
16 Sep 2026 ހަބަރު

މިހާރު ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވެ އިނގުރައިދޫއަށް ބޮޑެތި ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރ. އިނގުރައިދޫއަށް ބޯކޮށް ވާރޭވެހި ރަށުގެ ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވެ ގެދޮރަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ވޭތުވެދިޔަ ދެ ދުވަހުވެސް އެ ރަށަށް...

ހުޅުދުއްފާރު ދެކުނު އަވަށުގައި މިސްކިތެއް ބިނާކުރުމަށް ބައިވެރިވުމުގެ ފުރުސަތު
21 Aug 2026 ހަބަރު

ހުޅުދުއްފާރު ދެކުނު އަވަށުގައި މިސްކިތެއް ބިނާކުރުމަށް ބައިވެރިވުމުގެ ފުރުސަތު

ރ. ހުޅުދުއްފާރުގެ ދެކުނު އަވަށުގައި 250 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށް އެހީވުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލައިފިއެވެ. މި މަޝްރޫޢުއަށް އިސްނެގި އާއިލާއިން ވަނީ ޖުމްލަ ޚަރަދުގެ 20 އިންސައ...

އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ ރ.އަތޮޅު ޗެމްޕިއަންކަން ދުވާފަރަށް
19 Aug 2026 ކުޅިވަރު

އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ ރ.އަތޮޅު ޗެމްޕިއަންކަން ދުވާފަރަށް

މިހާރު ކުރިއަށްދާ އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ ރ އަތޮޅު ޗެމްޕިއަންކަން ދުވާފަރު ހޯދައިފިއެވެ. މިއަދު ހަވީރު އިނގުރައިދޫގައި ކުޅުނު ފައިނަލްމެޗް އިނގުރައިދޫ ޓީމް ބަލިކޮށް ދުވާފަރު މެޗް ކާމިޔާބުކު...