އިނގުރައިދޫ އާއި މަނަދޫ ބައްދަލުކުރިމެޗްގެ ތެރެއިން..
އިނގުރައިދޫ އާއި މަނަދޫ ބައްދަލުކުރިމެޗްގެ ތެރެއިން..
ކުޅިވަރު 29 Sep 2026 | 17:37

މަނަދޫ ބަލިކޮށް އެއްވަނާގައި އޮވެ، އިނގުރައިދޫ އިން ގްރޫޕް ސްޓޭޖް ނިންމާލައިފި

މިހާރު ކުރިއަށްދާ އެފްއޭއެމް ފުޓްސަލް މުބާރާތުގެ ނޯތް ޒޯންގައި މިއަދު ހަވީރު ނ.މަނަދޫ އާއި ރ.އިނގުރައިދޫ ބައްދަލުކުރިެމޗް ފަސޭހަކަމާއެކު އިނގުރައިދޫ ކާމިޔާބުކޮށްފިއެވެ.

މަނަދޫގެ މައްޗަށް މިމެޗްގައި އިނގުރައިދޫން ކުރި ހޯދީ 6-3 ގެ ނަތީޖާއިންނެވެ. މެޗް ފެށުނު ތަނާހެން އިނގުރައިދޫ ޓީމުން ވަނީ ލީޑް ނަގައި ހަމަޖެހިލާފައެވެ. މި ގޯލް ޖަހައިދިނީ ދެވަނަ މިނެޓް ތެރޭގައި ޖުމާނެވެ. އިނގުރައިދޫގެ ދެވަނަ ގޯލް ޖެހީ މިމެޗްގައި މޮޅު ކުޅުމެއްދެއްކި ބިދޭސީ ކުޅުންތެރިޔާ އުލާނެވެ. ތިންވަނަ ގޯލް ހަތްވަނަ މިނެޓް ތެރޭގައި ކެޕްޓަން އަލީ ހާފިޒް ކާމިޔާބުކޮށްދިން އިރު، މަނަދޫއިން ވަނީ 19 ވަނަ މިނެޓް ތެރޭގައި ލަނޑެއް ޖަހައި އުއްމީދު އާކޮށްދީފައެވެ. މި ގޯލް ޖަހައިދިނީ މުހައްމަދު ޝަދުވާނެވެ.

އިނގުރައިދޫ އާއި މަނަދޫ ބައްދަލުކުރިެމޗްގެ ތެރެއިން..

މަނަދޫއިން ގޯލެއް ޖަހާފައިވަނިކޮށް 24 ވަނަ މިނެޓް ތެރޭގައި މަސީދު ވަނީ މެޗްގެ ނަތީޖާ 5-1 ކަށް ބަދަލުކޮށްފައެވެ. އިނގުރައިދޫގެ ހަވަނަ ގޯލަކީ މަނަދޫގެ ރައުފަތު އަތުން ބައިކޮޅަށްވަތް ގޯލެކެވެ. މެޗްގައި ދެން މަނަދޫއިން ޖެހި އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ  އިޔާން އާއި އިޝާނެވެ.

މެޗަށްފަހު އިނގުރައިދޫ ގްރޫޕް ސްޓޭޖް ނިންމާލީ އެއްވެސް މެޗަކުން ބަލިނުވެ 9 ޕޮއިންޓާއެކުއެވެ. ތާވަލްގެ އެއްވަނާގައި އިނގުރައިދޫ އޮތްއިރު ދެވަނާގައި ހަ ޕޮއިންޓާއެކު ހިންނަވަރެވެ. ތިން ޕޮއިންޓާއެކު ތިންވަނާގައި އުޅެނީ ތުޅާދޫއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
02 Nov 2026 ކުޅިވަރު

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް އަލަވޭސްގެ މައްޗަށް އެޓީމް ކުރި ހޯދީ 6-1 ގެ ނަތީޖާއިންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ރަފީނިއާގެ ލަނޑުން ބާސެލޯނާ ލީޑު ނެގިއިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެ ޓީމުންނެވެ.

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި
02 Nov 2026 ކުޅިވަރު

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ.

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

މިފަހަރުގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުން އިނގުރައިދޫއަށް ރަން ވަނަތަކެއް
25 Oct 2026 ހަބަރު

މިފަހަރުގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުން އިނގުރައިދޫއަށް ރަން ވަނަތަކެއް

ކިއްސަރު ވަޑާމާއި ތެދުއި ވަޑާމަށް މަޝްހޫރު އިނގުރައިދޫއިން މިފަހަރުގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އެރަށަށް ނިސްބަތްވާ 3 މީހަކު ބައިވެރިވިއެވެ. އެ ތިން މީހުންވެސް ވަނީ މައުރަޒުން ރަން ވަނަތަކެއް ހޯދާފައެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ
24 Oct 2026 ކުޅިވަރު

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ

މިއީ މި ފެސްޓިވަލްގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗެވެ. މި ފެސްޓިވަލްގައި ދެކުނު އެފްރިކާގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕްގައި ވަރުގަދަ ޓީމްތައް ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޯވޯ ހިމެނެއެވެ.

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް
15 Oct 2026 ކުޅިވަރު

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް

ދިރާގް ދިވެހި ޕްރިމިއާލީގްގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު މާޒުޔާ ކާމިޔާބުކޮށްފިއެވެ.