ރ.އިނގުރައިދޫގެ އެންމެ ދުވަސްވީ އެއް މުދައްރިސް، ޢަބްދުލް މުހައިމިން
ރ.އިނގުރައިދޫގެ އެންމެ ދުވަސްވީ އެއް މުދައްރިސް، ޢަބްދުލް މުހައިމިން
ރިޕޯޓް 05 Oct 2026 | 16:57

ޢަބްދުލް މުޙައިމިން؛ އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް

މުދައްރިސުންނަކީ މުޖުތަމަޢުގެ ބިންގާ އަޅައިދީ، ޤައުމުގެ މުސްތަޤްބަލު ބައްޓަންކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ބަޔަކެވެ. ރ. އިނގުރައިދޫގެ ތަޢުލީމީ ޙަޔާތަށް ބަލާއިރު، ފާހަގަކޮށްލެވޭ އެންމެ ޚިދުމަތްތެރި، ދުވަސްވީ އެއް މުދައްރިސަކީ މިހާރު އެ ސްކޫލުގެ ލީޑިންގ ޓީޗަރެއްގެ މަޤާމުގައި ހުންނެވި ޢަބްދުލް މުޙައިމިން އެވެ.

މީގެ 37 އަހަރުކުރިން މުދައްރިސެއްގެ ގޮތުގައި ތައުލީމީދާއިރާއަށް ވަދެވަޑައިގެންނެވުނީ، ކިޔަވައި ނިންމުމަށްފަހު ކުރިއަށްދާނޭ ދައިރާއަކާމެދު މުދައްރިސަކާއެކު ކުރެވުނު މަޝްވަރާއެއްގެ ތެރެއިންނެވެ.

މުހައިމިން ވަނީ މަދުރަސީ ދައުރު ނިންމުމަށްފަހު ތައުލީމީ ދައިރާއަށް ނިކުމެވުނުގޮތާއި، ތައުލީމީ ދާއިރާގެ އޭރާއި މިހާރުގެ ހާލަތު ކިޔައިދެއްވާފައެވެ. ޓީޗަރުންގެ ދުވަހު ވޮއިސްއާ ހިއްސާކުރި މި ބަސްދީގަތުމުގައި މުހައިމިން ވަނީ ތައުލީމީ ދާއިރާގައި ދަރިވަރުންނަށް މިހާރު ކުރިމަތިވާ މައްސަލަތަކާއި، މުދައްރިސުންނަށް ހުރި ގޮންޖެހުންތަކާއި އަދި ކުދިން ތަރުބިއްޔަތުކުރުމުގައި މައިންބަފައިން އަދި ބެލެނިވެރިން ވިސްނަވަންޖެހޭ ކަންކަމަށް އަލިއަޅުއްވާލައްވާފައެވެ.

ޢަބްދުލް މުހައިމިން

މުހައިމިން ވަނީ މީގެ 37 އަހަރު ކުރިއާއި މިހާރު ރާއްޖޭގެ ތައުލީމީ ދާއިރާއަށް އައި ފަސޭހަކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އޭރު އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ. މިހާރު ހުންނަހެން ފޮތްތަކާއި އިންޓަނެޓްގެ ޚިދުމަތެއް ނެތުމުން، ދަރިވަރުންނަށް ބޭނުންވާ މަޢުލޫމާތުތައް އަތުން ސްޓެންސިލް ކަނޑައިގެންނާއި މެނުއަލްކޮށް ޗާޕުކޮށްގެން ދޭންޖެހުނެވެ. ކަޅުބޯޑާއި ޗޯކު ބޭނުންކުރުމުގެ ސަބަބުން ޞިއްޙީ ގޮތުން އެތައް އުނދަގޫތަކެއް އޭރު ކުރިމަތިވިއެވެ.

ނަމަވެސް، މިހާރު ހާސްބައި ތަފާތުކަން ފާހަގަކުރައްވަމުން މުހައިމިން ވިދާޅުވީ ކުލާސްރޫމްތައް އޭސީކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ފަހިކޮށްދީފައިވާއިރު، މިއަދުގެ ދަރިވަރުންނަށް އަމިއްލައަށް އުނގެނުމުގެ ފުރުޞަތުތައް ވަނީ ތަނަވަސްވެފައެވެ. މިއާއެކު، ދަރިވަރުން މައުލޫމާތުގެ ގޮތުން މުއްސަނދިވެ ޓީޗަރުން މިކަމަށް ހުށިޔާރުވާންޖެހިފައިވާކަމަށެވެ.

މުހައިމިންގެ ވާހަކާގައި މުޖުތަމަޢުގައި ކުދިންގެ އަޚްލާޤަށް އަންނަ ބަދަލުތަކާމެދު ކަންބޮޑުވުން ފާޅުކުރައްވައި، ބެލެނިވެރިން ކުދިންނަށް ވަގުތު ދެއްވައި، ގާތުން ބައްލަވައި، އަދި ކުދިންގެ "ސްކްރީން ޓައިމް" މަދުކުރުމަށްވަނީ ނަޞޭޙަތްތެރިވެއެވެ. އަދި ހަމައެއާއެކު ދަރިވަރުން ނަމާދުތަކަށް ފަރުވާތެރިވެ، ފަތިސްނަމާދުން ދުވަސް ފެށުމުގެ މުހިންކަން ވަނީ ފާހަގަކުރައްވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިފަހަރުގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުން އިނގުރައިދޫއަށް ރަން ވަނަތަކެއް
25 Oct 2026 ހަބަރު

މިފަހަރުގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުން އިނގުރައިދޫއަށް ރަން ވަނަތަކެއް

ކިއްސަރު ވަޑާމާއި ތެދުއި ވަޑާމަށް މަޝްހޫރު އިނގުރައިދޫއިން މިފަހަރުގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އެރަށަށް ނިސްބަތްވާ 3 މީހަކު ބައިވެރިވިއެވެ. އެ ތިން މީހުންވެސް ވަނީ މައުރަޒުން ރަން ވަނަތަކެއް ހޯދާފައެވެ.

މަނަދޫ ބަލިކޮށް އެއްވަނާގައި އޮވެ، އިނގުރައިދޫ އިން ގްރޫޕް ސްޓޭޖް ނިންމާލައިފި
29 Sep 2026 ކުޅިވަރު

މަނަދޫ ބަލިކޮށް އެއްވަނާގައި އޮވެ، އިނގުރައިދޫ އިން ގްރޫޕް ސްޓޭޖް ނިންމާލައިފި

މިހާރު ކުރިއަށްދާ އެފްއޭއެމް ފުޓްސަލް މުބާރާތުގެ ނޯތް ޒޯންގައި މިއަދު ހަވީރު ނ.މަނަދޫ އާއި ރ.އިނގުރައިދޫ ބައްދަލުކުރިެމޗް ފަސޭހަކަމާއެކު އިނގުރައިދޫ ކާމިޔާބުކޮށްފިއެވެ. މަނަދޫގެ މައްޗަށް މިމެޗްގައި އި...

އެފްއޭއެމް ފުޓްސަލް ނޯތް ޒޯން؛ ހިންނަވަރު ބަލިކޮށް އިނގުރައިދޫ ސެމީފައިނަލަށް
28 Sep 2026 ކުޅިވަރު

އެފްއޭއެމް ފުޓްސަލް ނޯތް ޒޯން؛ ހިންނަވަރު ބަލިކޮށް އިނގުރައިދޫ ސެމީފައިނަލަށް

މިހާރު ކުރިއަށްދާ އެފްއޭއެމް ފުޓްސަލް މުބާރާތުގެ ނޯތް ޒޯންގައި ރޭ ހިންނަވަރާއި އިނގުރައިދޫ ބައްދަލުކުރިމެޗް އިނގުރައިދޫ ކާމިޔާބުކޮށް ސެމީފައިނަލަށް އެޓީމް ދަތުރުކޮށްފިއެވެ. މަނަދޫގައި ކުޅުނު މިމެޗް ހި...

މިހާރު ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވެ އިނގުރައިދޫއަށް ބޮޑެތި ގެއްލުންތަކެއް
16 Sep 2026 ހަބަރު

މިހާރު ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވެ އިނގުރައިދޫއަށް ބޮޑެތި ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރ. އިނގުރައިދޫއަށް ބޯކޮށް ވާރޭވެހި ރަށުގެ ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވެ ގެދޮރަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ވޭތުވެދިޔަ ދެ ދުވަހުވެސް އެ ރަށަށް...

އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ ރ.އަތޮޅު ޗެމްޕިއަންކަން ދުވާފަރަށް
19 Aug 2026 ކުޅިވަރު

އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ ރ.އަތޮޅު ޗެމްޕިއަންކަން ދުވާފަރަށް

މިހާރު ކުރިއަށްދާ އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ ރ އަތޮޅު ޗެމްޕިއަންކަން ދުވާފަރު ހޯދައިފިއެވެ. މިއަދު ހަވީރު އިނގުރައިދޫގައި ކުޅުނު ފައިނަލްމެޗް އިނގުރައިދޫ ޓީމް ބަލިކޮށް ދުވާފަރު މެޗް ކާމިޔާބުކު...

އިނގުރައިދޫ ސްކޫލުގެ ދަރިވަރުންނަށް ކަރަންޓު ވައިރުކުރަން ދަސްކޮށްދީފި
24 Jul 2026 ހަބަރު

އިނގުރައިދޫ ސްކޫލުގެ ދަރިވަރުންނަށް ކަރަންޓު ވައިރުކުރަން ދަސްކޮށްދީފި

ރ. އިނގުރައިދޫ ސްކޫލުގެ ޕީޓީއޭ އިން ހިންގާ "ހުނަރު ޕޮރޮގުރާމު" ގެ ތެރެއިން ފެނަކައިގެ ޓެކްނީޝަނުން މެދުވެރިކޮށް ދަރިވަރުންނަށް ކަރަންޓު ވައިރުކުރުމުގެ ޢަމަލީ ތަމްރީނު ދީފިއެވެ. މި ސެޝަންތައް ނަގައިދީފ...