ލޯފަން މީހުންނަށް ދިވެހި ބަހުން ލިޔެ, ކިޔޭނެ ގޮތް ހެދުމަށް އެޕެއް ހަދާނެ ފަރާތެއް ހޯދަނީ
ލޯފަން މީހުންނަށް ދިވެހި ބަހުން ލިޔެ ކިޔޭނެގޮތް ހެދުމަށް އެޕްލިކޭޝަނެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ދިވެހި ރާއްޖޭގެ ލޯފަން މީހުންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކުރާ ޖަމްއިއްޔާ (ބީވީއައިއެސްއެމް) އިން އިއުލާން ކޮށްފިއެވެ.
އެގޮތުން އެޖަމްއިއްޔާއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިވެހި ބަހުން ލިޔެ، ކިޔޭނެގޮތް ހެދުމަށް، އެ ޖަމްއިއްޔާއިން "ދިވެހި ޓެކްސްޓް ސްޕީޗް އެޕްލިކޭޝަން" ފޯރ އެންޑްރޮއިޑް ހަދަން ބޭނުންވާ ކަމަށެވެ.
އެހެންކަމުން މި މަސައްކަތްކޮށްދެއްވުމަށް ޝައުގުވެރިވާ ޑިވެލޮޕަރުން 15 މޭ ގެ ކުރިން އަށް ޕްރޮޕޯޒަލް ފޮނުއްވުމަށް އެޖަމްއިއްޔާއިން ވަނީ އެދިފައެވެ.
މީގެ އިތުރުން އެޕްލިކޭޝަން އުފެއްދުމަށް ބޭނުންވާނެ ޓެކްނިކަލް މައުލޫމާތު ފޯރުކޮށްދެވޭނެކަމަށާއި އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ 7651448 އަށް ގުޅުއްވުމަށް އެޖަމްއިއްޔާއިން ވަނީ އެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް