"ރެޑްބުލް" ދަޅެއް ވަގަށްނެގި މީހެއްގެ ބަންދަށް 15 ދުވަސް
"ރެޑްބުލް" ދަޅެއް ވަގަށް ނަގައިގެން ހައްޔަރު ކުރި މީހެއްގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
"ރެޑްބުލް" ދަޅެއް ވަގަށް ނަގައިގެން ހައްޔަރު ކޮށްފައިވަނީ އުމުރުން 26 އަހަރުގެ ފިރިހެނެކެވެ. އޭނާ ބުނެފައިވަނީ އޭނާ ވައްކަން ކުރީ ބަނޑުހައިވެގެން ކަމަށެވެ.
އެމައްސަލައާއި ގުޅިގެން އޭނާ ހައްޔަރުކޮށް މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާއަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފައިވަނީ އޭނާގެ ކުށުގެ ރިކޯޑް ގިނަ މީހެއްކަމުން އެކަމަށް ރިޢާޔަތް ކޮށްފައެވެ.
ވައްކަންކުރި މީހާއަށް 15 ދުވަހުގެ މުއްދަތެއް ޖަހައި ބަންދުކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަކަށްޓަކައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް