ޕާކިސްތާނުގައި ފެންބޮޑުވެފައި
ޕާކިސްތާނުގައި ފެންބޮޑުވެފައި
ދުނިޔެ 08 Oct 2022 | 09:59

ފެންބޮޑުވުމުގައި ލިބުނު ގެއްލުން 40 ބިލިޔަން ޑޮލަރަށް އަރާނެ: މިފަތާހް

މިއަހަރުގެ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ޕާކިސްތާނަށް ކުރަމުންދާ މޫސުމީ ވިއްސާރައިގެ ސަބަބުން އެގައުމަށް ލިބުނު ގެއްލުން 40 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެގައުމުގެ ކުރީގެ ފިނޭންސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

މޫސުމީ ވިއްސާރައިގެ ސަބަބުން އެތައް ހާސް ބައެއް ގެދޮރު ގެއްލިފައިވާއިރު، އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.

ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިތުރަށް ފައިސާ ހޯދުމަށް ޑަބްލިޔު.އެފް.ޕީ.ގެ ފަރާތުން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ ކްރިސް ކޭއެ ވަނީ ގޮވާލައިފައެވެ. މީގެ އިތުރުން ރާއްޖޭންވެސް ވަނީ ޕާކިސްތާނަށް އެހީވުމުގެ ގޮތުން ޓެލެތޯނެއް ހިންގައިފައެވެ.

ޕާކިސްތާނުގެ ކުރީގެ ފިނޭންސް މިނިސްޓަރު މިފަތާހް އިސްމާއިލް ވިދާޅުވީ 30 މިލިޔަން ނުވަތަ 40 މިލިޔަން ޑޮލަރު ދޭން އެއްބަސް ނުވެދާނެ ކަމަށާއި، އެހެންނަމަވެސް ބައިނަލްއަގްވާމީ އޭޖެންސީތަކުން ޕާކިސްތާނަށް އެހީތެރިވާން ޖެހޭ ކަމަށެވެ.

އަޅުގަނޑަށް ހީވަނީ އެމީހުން ރަނގަޅު 30 ބިލިއަން ޑޮލަރު ނުވަތަ 40 ބިލިއަން ޑޮލަރު އަޅުގަނޑުމެންނަށް ގެއްލުނު ކަމަކަށް ނުހަދާނެ ހެން، އެކަމަކު އަޅުގަނޑަށް ހީވަނީ ކޮންމެވެސް ވަރެއްގެ އެހީއެއް ވާން ޖެހޭނެހެން، އެއީ ބައިނަލްއަގުވާމީ އޭޖެންސީތަކުން ޕާކިސްތާނަށް އިތުރު ލޯނު ތައް ހޯދުން ކަމުގައި ވިޔަސް، އެއީ އެހެން ގައުމުތަކުން ޕާކިސްތާނަށް ލޯނު އަންޑަރރައިޓިން ދިނުން ކަމުގައި ވިޔަސް"

މާލީ ވަޒީރުކަމުގައި ހުންނެވި އިރު މިފްތާހު އިސްމާއިލް މިދިޔަ މަހުގެ ފަހުކޮޅު އަލްޖަޒީރާއަށް ވިދާޅުވި އެވެ.

ޕާކިސްތާނަށް ބޯކޮށް ވާރޭ ވެހި ބޮޑު ސަރަހައްދެއްގައި ބޮޑުވެފައިވާ ފެންގަނޑު މިހާރު ހިނދެން މިހާރު ވަނީ ފަށާފައެވެ. އެހެން ނަމަވެސް އެ ހާދިސާގައި ގެދޮރު ހަލާކުވި އެތައް ހާސް ބަޔަކު މިހާރު ވެސް ދިރިއުޅެން ޖެހިފައިވަނީ، ސްކޫލްތަކާއި މައިދާންތަކުގައި ސަރުކާރުން ތައްޔާރުކޮށްދިން ވަގުތީ ހިޔާތަކުގަ އާއި، ހުސް ބިންތަކުގައި އެމީހުން އަމިއްލަ އަށް ހެދި ވަގުތީ ފޭލިގެތަކުގަ އެވެ.

ފެންބޮޑުވުމުގެ ސަބަބުންނާއި މިފަދަ އެހެނިހެން ކަންކަމުގެ ސަބަބުން ޕާކިސްތާނުގައި ފެނުގެ ޒަރީޢާއިން ޖެހޭ ބަލިތައް އަންނަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. އޭގެ ތެރޭގައި ބޭރަށް ހިންގުމާއި، ކޮލެރާއާއި، ހަމުގެ ބަލިތަކާއި، މެލޭރިއާ ފަދަ އެތައް ބަލިތަކެއް ހިމެނެއެވެ.

ޕާކިސްތާނަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑު 10 ގައުމުގެ ތެރޭގައި ހިމެނޭ ގައުމަކަށްވީ ނަމަވެސް، އެފަދަ ކާރިސާއަކަށް އެ ގައުމު އޮތީ ތައްޔާރަކަށް ނޫނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މުސްލިމުންގެ އާބާދީ ކްރިސްޓިއަނުންނަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރުމުން، ކްރިސްޓިއަނުން ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް ގޮވާލައިފި
22 Nov 2026 ދުނިޔެ

މުސްލިމުންގެ އާބާދީ ކްރިސްޓިއަނުންނަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރުމުން، ކްރިސްޓިއަނުން ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް ގޮވާލައިފި

2035 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮތް ދީނަކަށް އިސްލާމްދީން ވެގެންދާނެ ކަމަށް ދިރާސާއަކުން ދެއްކުމާ ގުޅިގެން، ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް އެމެރިކާގެ ކުރީގެ ވައިޓް ހައުސް ޕްރެސް ސެކްރެޓަރީ ކެރޮލައިން ލީވިޓް ކްރިސްޓިއަނުންނަށް ގޮވާލައިފިއެވެ.

އިސްރާއީލުގައި ސަރުކާރެއް އެކުލަވާލުމަށް އައިޒެންކޮޓް، ނަތަންޔާހޫގެ ލިކުޑް ޕާޓީއަށް މަޝްވަރާއަށް ދައުވަތު ދީފި
22 Nov 2026 ދުނިޔެ

އިސްރާއީލުގައި ސަރުކާރެއް އެކުލަވާލުމަށް އައިޒެންކޮޓް، ނަތަންޔާހޫގެ ލިކުޑް ޕާޓީއަށް މަޝްވަރާއަށް ދައުވަތު ދީފި

އިސްރާއީލުގެ އާ ސަރުކާރެއް އެކުލަވާލުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ކުރީގެ އަސްކަރީ ވެރިޔާ ގާޑީ އައިޒެންކޮޓް، ބެންޖަމިން ނަތަންޔާހޫގެ ކަނާތުފިޔައިގެ ލިކުޑް ޕާޓީއާ އެކު ކޯލިޝަން މަޝްވަރާތައް ފެށުމަށް ދައުވަތު ދީފިއެވެ.

އެމްއެންޔޫ އާއި ޕާކިސްތާން ހައިކޮމިޝަން ގުޅިގެން ހާއްސަ ބަހުސް މުބާރާތެއް ބާއްވައިފި
19 Nov 2026 ހަބަރު

އެމްއެންޔޫ އާއި ޕާކިސްތާން ހައިކޮމިޝަން ގުޅިގެން ހާއްސަ ބަހުސް މުބާރާތެއް ބާއްވައިފި

މިމަހުގެ 18 ވަނަ ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި ޔުނިވަރސިޓީގެ ދަރިވަރުންނާއި، އިލްމީ ދާއިރާގެ ބޭފުޅުންނާއި، ޑިޕްލޮމެޓުންގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ޕާކިސްތާނުގެ ރައްޔިތުންނާއި ދައުވަތު އެރުވުނު ގިނަ އަދަދެއްގެ މެހެމާނުން ބައިވެރިވިއެވެ.

އިމްރާން ޚާންގެ ޞިއްޙީ ހާލަތު ގޯސްވެ، އަވަސް ފަރުވާއަށް އެދިވަޑައިގެންފި: ފުރާނައަށް ނުރައްކާ ވެދާނެ ކަމުގެ ބިރު
17 Nov 2026 ދުނިޔެ

އިމްރާން ޚާންގެ ޞިއްޙީ ހާލަތު ގޯސްވެ، އަވަސް ފަރުވާއަށް އެދިވަޑައިގެންފި: ފުރާނައަށް ނުރައްކާ ވެދާނެ ކަމުގެ ބިރު

ޖަލުގައި ބަންދުކޮށްފައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން، އެމަނިކުފާނާއި އަނބިކަނބަލުން ބުޝްރާ ބީބީގެ ޞިއްޙީ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާތީ، އަވަސް ޞިއްޙީ ފަރުވާ ހޯދުމުގެ ހުއްދައަށް އެދިވަޑައިގެންފިއެވެ.

ޕާކިސްތާނު އަތުން ބަލިވެ، ސާފް ހޯދުމަށް ބަންގްލަދޭޝްއިން ކުރަމުން އައި އުއްމީދު ގެއްލިއްޖެ
15 Nov 2026 ކުޅިވަރު

ޕާކިސްތާނު އަތުން ބަލިވެ، ސާފް ހޯދުމަށް ބަންގްލަދޭޝްއިން ކުރަމުން އައި އުއްމީދު ގެއްލިއްޖެ

މި ނަތީޖާއާއެކު، ޕާކިސްތާނު ވަނީ އެ ޤައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދާފައެވެ.

ހޮރުމުޒް ކަނޑުއޮޅީގެ ހަމަލާތައް: ޕާކިސްތާނާއި އީރާނުގެ އެއްބަސްވުމަށް އިތުބާރެއް ނެތް
14 Nov 2026 ދުނިޔެ

ހޮރުމުޒް ކަނޑުއޮޅީގެ ހަމަލާތައް: ޕާކިސްތާނާއި އީރާނުގެ އެއްބަސްވުމަށް އިތުބާރެއް ނެތް

ނާޒުކު ދަނޑިވަޅުގައި، ޕާކިސްތާނާއި އީރާނާ ދެމެދު ވެފައިވާ ޑިޕްލޮމެޓިކް އަދި ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމުގެ އެއްބަސްވުންތަކުގެ ހަގީގީ ބޭނުމާއި، އޭގެ ދެމެހެއްޓެނިވިކަމާ މެދު މިހާރު މިވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.

ޫއޭއައި އާ ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާއިން ޕާކިސްތާނާއި ޗައިނާގެ ގުޅުން ވަރުގަދަކުރަނީ
12 Nov 2026 ދުނިޔެ

ޫއޭއައި އާ ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާއިން ޕާކިސްތާނާއި ޗައިނާގެ ގުޅުން ވަރުގަދަކުރަނީ

އާންމު އުމްރާނީ ތަރައްގީއާއި ހަކަތައިގެ މަޝްރޫއުތަކުގެ އިތުރުން، "ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ" ސީޕެކް 2.0 ގެ ދެވަނަ ފިޔަވަހީގެ މައިގަނޑު އަސާސެއްގެ ގޮތުގައި މިހާރު ވަނީ ޑިޖިޓަލް ޓެކްނޮލޮޖީއާއި އައު އީޖާދުތައް ހިމަނާފައެވެ.

ދިވެހިރާއްޖެ އާއި ޕާކިސްތާން ބައްދަލުކުރިމެޗް ޕާކިސްތާނަށް
08 Nov 2026 ކުޅިވަރު

ދިވެހިރާއްޖެ އާއި ޕާކިސްތާން ބައްދަލުކުރިމެޗް ޕާކިސްތާނަށް

މިމެޗް ޕާކިސްތާން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއިންނެވެ. ޕާކިސްތާނުން މޮޅަށް ކުޅުނު މިމެޗްގައި ފެނިގެންދިޔަ ހުރިހާ ގޯލެއްވެސް ޖަހާފައިވަނީ ފުރަތަމަ ހާފްގެ ތެރޭގައެވެ.