ޝެއިޚް ހަސަން މޫސާ ފިކުރީ
ޝެއިޚް ހަސަން މޫސާ ފިކުރީ
ހަބަރު 09 Oct 2022 | 06:53

ރަސޫލާ ޞޢވ ދެކެ ލޯބިވުމަކީ ސުންނަތުގައި ނުވާ ކަންތައްތަކެއް ކުރުމެއް ނޫން: ޝެއިޚް ފިކުރީ

ރަސޫލު ﷺ ދެކެ ލޯބިވުމަކީ، އެކަލޭގެފާނުގެ ސުންނަތުގައި ނުވާ، ކަންތައްތަކެއް ކުރުމެއް ނޫން ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް ހަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.

ރަސޫލާ ﷺ ގެ ޢީދު މީލާދު ފާހަގަ ކުރުމަކީ ބިދުޢައެއް ކަމުގައި ޢިލްމުވެރިން ތަކުރާރުކޮށް ނަސޭހަތް ތެރިވަމުން ދިޔަ ނަމަވެސް، އެ ދުވަސް ފާހަގަކުރުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި އެނޫންވެސް ފަރާތްތަކުން ވަނީ ތަހުނިޔާގެ މެސެޖު ފޮނުއްވާފައެވެ.

އެކަމާއި ގުޅިގެން ޝެއިޚް ފިކުރީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރަސޫލާ ﷺ ދެކެ ލޯބިވުމަކީ އެކަލޭގެފާނު އުޅުއަްވިގޮތަށް އުޅުން ކަމަށެވެ. އަދި  ދިރިއުޅުމުގެ ހުރިހާ ކަމެއްގައި އެކަލޭގެފާނަކީ ނަމޫނާ ކަމުގައި ބެލުން ކަމަށެވެ.

"އަހަރަަކު އެންމެ ދުވަހެއްގައި އެކަލޭގެފާނުގެ ހަނދާން ކުރުމޭކިޔާފައި، އެކަލޭގެފާނުގެ ސުންނަތުގައި ނުވާ، ކަންތައްތަކެއް ކުރުމެއް ނޫނެވެ." ޝެއިޚް ފިކުރީ ވިދާޅުވިއެވެ.

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ނަބިއްޔާ ﷺ ގެ ޢީދު މީލާދަކީ ބާޠިނީ، ފާޠިމީން ދީނަށް އަލަށް ވެއްދި ބިދުޢައެކެވެ. އެހެންކަމުން މި ދުވަސް ފާހަގަކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. އެހެނީ، ރަސޫލާ އަވަހާރަވެވަޑައިގެންނެވި ފަހުން ހަތަރު ޤަރުނު ވަންދެން އެކަލޭގެފާނުގެ ޢީދު މީލާދު ފާހަގަ ކުރެވިފައެއް ނުވެއެވެ. އަދި އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންނާއި ދަރިކަލަކު ނުވަތަ ދަރިކަނބަލަކު ވެސް އެ ދުވަސް ފާހަގަ ކުރައްވާފައެއް ނުވެއެވެ. އަދި އަޞްޙާބު ބޭކަލުންނާއި ތާބިޢީންނާއި އަތްބާޢުއްތާބިޢީންނާއި އުއްމަތުގެ އެންމެ މަޝްހޫރު ހަތަރު އިމާމުން ވެސް (އިމާމް އަބޫ ޙަނީފާ، މާލިކް، ޝާފިޢީ އަދި އަޙުމަދު ބިން ޙަންބަލް) އެ ދުވަސް ފާހަގަ ކުރައްވާފައެއް ނުވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

2022 ވަނަ އަހަރު ލޯންޗެއް ބަންޑުން ޖަހާލައިގެން ގެއްލުނު މިންހާޖުގެ ކަށުނަމާދު މާދަމާ ބާއްވަނީ
19 Nov 2026 ހަބަރު

2022 ވަނަ އަހަރު ލޯންޗެއް ބަންޑުން ޖަހާލައިގެން ގެއްލުނު މިންހާޖުގެ ކަށުނަމާދު މާދަމާ ބާއްވަނީ

އއ. މާޅޮހު ކައިރިއަށް 2022 ވަނަ އަހަރު ބަންޑުން ޖަހާލި ލޯންޗަކުން ގެއްލުނު ސ. ހިތަދޫ، މިންހާ، މުޙައްމަދު މިންހާޖުގެ ޣައިބަށް ކުރާ ކަށުނަމާދު މާދަމާ މާލޭގައި ބޭއްވުމަށް ނިންމައިފިއެވެ.

ރަސްމާލެ މަޝްރޫޢު އީގަލް ހިލްސްއަށް ދިނުން ހުއްޓާލުމަކީ ދައުލަތުގެ ޝަރުޢީ ޒިންމާއެއް: ޢިލްމުވެރިންގެ ގުޅުން
19 Nov 2026 ހަބަރު

ރަސްމާލެ މަޝްރޫޢު އީގަލް ހިލްސްއަށް ދިނުން ހުއްޓާލުމަކީ ދައުލަތުގެ ޝަރުޢީ ޒިންމާއެއް: ޢިލްމުވެރިންގެ ގުޅުން

ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢު ތަރައްޤީކުރުމަށް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ކުރިއަށް ނުގެންގޮސް، ފައިނަލް އެއްބަސްވުމުގައި ސޮއިނުކޮށް އެ މަޝްރޫޢު މިހާރުން މިހާރަށް ހުއްޓާލުމަކީ ދައުލަތުގެ ޝަރުޢީ ޒިންމާއެއް ކަމަށް ދިވެހިރާއްޖޭގެ ޢިލްމުވެރިންގެ ގުޅުމުން ބުނެފިއެވެ.

ރާއްޖެއާ ފްރާންސުން އެލްއޯއައިއެއްގައި ސޮއިކޮށްފި
18 Nov 2026 ހަބަރު

ރާއްޖެއާ ފްރާންސުން އެލްއޯއައިއެއްގައި ސޮއިކޮށްފި

ދިވެހި ސަރުކާރާއި ފަރަންސޭސިވިލާތު ސަރުކާރާ ދެމެދު "ލެޓަރ އޮފް އިންޓެންޓް އޮން ދަ އެސްޓެބްލިޝްމެންޓް އޮފް ޕޮލިޓިކަލް ކޮންސަލްޓޭޝަންސް" ގައި މިއަދު ސޮއިކޮށްފި އެވެ. 

ތިން މަނީޗޭންޖަރެއް ޖޫރިމަނާކޮށް ލައިސަންސް ބާތިލްކޮށްފި
18 Nov 2026 ހަބަރު

ތިން މަނީޗޭންޖަރެއް ޖޫރިމަނާކޮށް ލައިސަންސް ބާތިލްކޮށްފި

ލައިސަންސް ބާތިލްކުރީ އެލް.ވީ.އާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް، މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް އަދި މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑުގެ ކަމަށް އެ އިދާރާގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ހުޅުމާލެ ސަރަހައްދުގެ ޓޯ ކެޕޭސިޓީ އިތުރުކުރަން ފުލުހުން ފޯކް ލިފްޓެއް ހޯދަނީ
18 Nov 2026 ހަބަރު

ހުޅުމާލެ ސަރަހައްދުގެ ޓޯ ކެޕޭސިޓީ އިތުރުކުރަން ފުލުހުން ފޯކް ލިފްޓެއް ހޯދަނީ

ހުޅުމާލޭގައި ފުލުހުން ޓޯ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފަށާފައިމިވަނީ މަގުތައްމަތީގައި ނުގަވައިދުން ޕާކްކުރުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެ، ރައްޔިތުންގެ ޝަކުވާވެސް ބޮޑުވެފައި ވަނިކޮށެވެ.

ރަސްމާލެ މަޝްރޫޢުއާ ގުޅިގެން ހުށަހެޅި ކަންކަމަށް ރިޢާޔަތްކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވި: ސަލަފްގެ ތަރުޖަމާނު
29 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުއާ ގުޅިގެން ހުށަހެޅި ކަންކަމަށް ރިޢާޔަތްކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވި: ސަލަފްގެ ތަރުޖަމާނު

ރަސްމާލޭގައި ކުރިޔަށް ގެންދިޔުމަށް ސަރުކާރުން އިޢްލާނުކޮށްފައިވާ މަޝްރޫޢާ ގުޅޭގޮތުން ޖަމްޢިއްޔަތުއްސަލަފުން ހުށަހަޅާފައިވާ ކަންކަމަށް ރިޢާޔަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާކަމަށް އެ ޖަމިއްޔާގެ ތަރުޖަމާނު އައްޝައިޚް ހަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.

އައްޑޫ ހައި ސުކޫލް ހާދިސާ؛ ޝެއިޚް ފިކުރީގެ މި ވާހަކަކޮޅާމެދު ފިކުރުކޮށްލަން ޖެހޭ
11 Dec 2025 ރިޕޯޓް

އައްޑޫ ހައި ސުކޫލް ހާދިސާ؛ ޝެއިޚް ފިކުރީގެ މި ވާހަކަކޮޅާމެދު ފިކުރުކޮށްލަން ޖެހޭ

ދަރިވަރަކާއި ޓީޗަރަކާމެދު އައްޑޫ ހައި ސުކޫލްގައި ހިނގި ހާދިސާއާ ގުޅޭގޮތުން އެކި ވާހަކަތައް ދަނީ ދެކެވެމުންނެވެ. އިއްޔެއާ މިއަދުވެސް ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ވައިރަލް ވެފައިވަނީ އެ ހާދިސާއާ ގުޅޭ...

އިންސާނީ ޙައްޤޭ ކިޔައިގެން ހުޅަނގުން ވާހަކަ ދައްކަނީ ވަކި ބަޔަކަށްޓަކާ: ޝައިޚް ފިކްރީ
19 Oct 2023 ހަބަރު

އިންސާނީ ޙައްޤޭ ކިޔައިގެން ހުޅަނގުން ވާހަކަ ދައްކަނީ ވަކި ބަޔަކަށްޓަކާ: ޝައިޚް ފިކްރީ

އިންސާނީ ހައްޤުތަކޭ ބުނެ ހުޅަނގުގެ ޤައުމުތަކުން ވާހަކަދައްކަނީ ވަކި ބައެއްގެ ހައްޤުތައް ކަށަވަރުކުރުމަށް ޓަކައި ރާއްޖޭގެ ދީނީ ޢިލްމުވެރިޔާ އައްޝައިޚް ހަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ. ޝައިޚް ފިކްރީ...