ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު އާޒިމާ ޝަކޫރު-- ފޮޓޯ/ ވޮއިސް
ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު އާޒިމާ ޝަކޫރު-- ފޮޓޯ/ ވޮއިސް
ހަބަރު 10 May 2023 | 06:28

އިޓްލޮސްގެ ނިންމުން ބަދަލު ކުރެވޭނެ ހާލަތްތައް އާޒިމާ، ރިފްޢަތަށް ކިޔައިދެއްވައިފި

އިޓްލޮސްގެ ނިންމުމަކީ ފަހު ނިންމުން ކަމަށާއި، އެ ނިންމުން ދެން ބަދަލު ނުކުރެވޭނެ ކަމަށް، ބަންޑާރަ ނާއިބު އިބްރާޙީމް ރިފްޢަތު ވިދާޅުވުމާއި ގުޅިގެން، އެ ނިންމުން ބަދަލު ކުރެވޭނެ ހާލަތްތައް ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު އާޒިމާ ޝަކޫރު ކިޔައިދެއްވައިފިއެވެ.

ޖަރުމަނުގެ ހެމްބާގުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ މައި އޮފީހުގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު ވަނީ، ރާއްޖޭން ވަކާލާތުކުރި ގޮތަށް، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަަމަށް ވަނީ ހުކުމްކޮށްފަ އެވެ. 
މި ހުކުމާ އެކު ދެކުނުގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެެއްލުނު ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ބުނުމަށް ތާއީދުކޮށް، ބައެއް ސިޔާސީ ޕާޓީތަކުގެ އިތުރަށް ކުރީގެ ބައެއް ވަޒީރުންނާއި ބަންޑާރަނައިބުން މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެ ހުކުމް އިސްތިއުނާފް ކުރެވެން އޮތް ނަމަ އެކަން ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

އެކަމާއި ގުޅިގެން އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ރިފްޢަތު ވަނީ، ރާއްޖެ އާއި ޗާގޯސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލުން ކުރި ހުކުމަކީ އިސްތިއުނާފީ ހައްގު ލިބިދޭ ހުކުމެއް ނޫން ކަމަށާއި، އެ ނިންމުން އެއްވެސް މަރުހަލާއެއްގައި ބަދަލުނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ރިފްޢަތުގެ ވާހަކަ ތަކަށް ރައްދު ދެއްވައި އާޒިމާ ފޭސްބުކުގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަނީ، އިޤުތިޞާދީ ޚާއްޞަ ސަރަހައްދުގެ މައްސަލަ އިޓްލޮސްގައި ނިންމަވައިލެއްވީ އެ ޓްރައިބިއުނަލުގެ އިޖުރާއީ އުސޫލުތަކާއި ހުކުމްތައްވެސް ވިދާޅުނުވެ ނުބައްލަވައިތޯ އޭނާ އާއި ސުވާލު ކުރައްވާފައެވެ.

އާޒިމާގެ އެ ޕޯސްޓުގައި ވަނީ އެ ޓްރައިބިއުނަލުގެ އިޖުރާއީ އުސޫލުތަކުގެ ފޮޓޯއެއްވެސް ހިއްސާ ކުރައްވާފައެވެ.

އަދި އެ އުސޫލުގެ 126 ވަނަ މާއްދާ އާއި 127 ވަނަ މާއްދާގެ ދަށުން ކުރެވޭނެ ގިނަ ކަންކަން ހުރި ކަމަށްވެސް އާޒިމާ ވިދާޅުވި އެވެ.

ޓްރައިބިއުނަލުގެ އިޖުރާއީ އުސޫލުތަކުގެ 126 އަދި 127 ވަނަ މާއްދާ

އެ އުސޫލުތަކުގެ 126 ވަނަ މާއްދާގައި ބުނެފައިވަނީ، އިޓްލޮސްގެ ނިންމުމެއްގެ ދާއިރާ (ސްކޯޕް) ނުވަތަ މާނައާމެދު ޚުޞޫމަތެއް އުފެދޭ ހާލަތުގައި އެ މައްސަލައިގެ ނިންމުން ތަފުސީރުކުރަން ހުށަހެޅޭނެ ކަމަށެވެ.

އަދި 127 ވަނަ މާއްދާގައި ބުނެފައިވަނީ ހުކުމްކުރި މަރުހަލާގައި އިޓްލޮސްއަށް އަދި މައްސަލައިގެ ޚަޞްމުންނަށް އޭގެ ތަބީއަތުގައި އެނގިފައި ނެތް ވާޤިއާއެއް އެނގިއްޖެ ހާލަތުގައި އިޓްލޮސްގެ ނިންމުމެއް މުރާޖައާކުރަން އެ ޓްރައިބިއުނަލަށް ހުށަހެޅިދާނެ ކަމަށެވެ.

"اللهގެ ރަޙުމަތްފުޅުން ރާއްޖޭގެ ސަރަހައްދުން ގެއްލުވައިލި ބައި އަނބުރާ ހޯދޭނެ. ޤައުމުގެ ހައްގުގައި ތެދުވާނެ މީހުން މަދެއް ނުވާނެ." އާޒިމާ ވިދާޅުވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ
14 Oct 2026 ހަބަރު

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލަށް ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް
14 Oct 2026 ހަބަރު

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް

ފުލުހުން ހާމަކުރި ގޮތުގައި ސައިފަކީ ޓްރެފިކް ގަވާއިދުތަކާ ޚިލާފުވުމުގެ ބޮޑު ރެކޯޑެއް އޮންނަ މީހެކެވެ. އެގޮތުން، ލައިސަންސް ނެތި އުޅަނދު ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑުގެ އިތުރުން، އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމާއި، މުވާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ދުއްވުމުގެ މައްސަލަތަކެއް އޭނާގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ފާހަގަކުރެވިފައެވެ.

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ
14 Oct 2026 ހަބަރު

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ

ބާޒާރުގައި ދައުރުވާ ފަސް ރުފިޔާގެ ނޫޓު ބާވެ ހަލާކުވެގެން އެ ނޫޓު މަދުވެފައިވާތީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ( އިން އާ ސްޓޮކެއް ގެނެސް މާދަމާ ދައުރުކުރަން ނިންމައިފިއެވެ.

މައުލޫމާތު ނުދިނުމުން ގާނޫނުން ލިބޭ ބާރުގެ ބޭނުންކޮށް އިދާރާއަކަށް ވަދެ ފައިލު ހާވައިގެންވެސް މައުލޫމާތު ހޯދިން: އިންފޮމޭޝަން ކޮމިޝަނަރު
14 Oct 2026 ހަބަރު

މައުލޫމާތު ނުދިނުމުން ގާނޫނުން ލިބޭ ބާރުގެ ބޭނުންކޮށް އިދާރާއަކަށް ވަދެ ފައިލު ހާވައިގެންވެސް މައުލޫމާތު ހޯދިން: އިންފޮމޭޝަން ކޮމިޝަނަރު

ދައުލަތުގެ އިދާރާއަކުން މައުލޫމާތު ނުދީ ހިފެހެއްޓުމުން، ގާނޫނުން ލިބިދޭ ބާރުގެ ބޭނުންކުރައްވައިގެން އެ އިދާރާއަކަށް ވަޑައިގެން ފައިލުތައް ހާއްވަވައިގެން ވެސް މައުލޫމާތު ނަންގަވާފައިވާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވެއްޖެއެވެ.

ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރުން މި މަހުގެ 29 ގައި
14 Oct 2026 ހަބަރު

ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރުން މި މަހުގެ 29 ގައި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާތަކުގެ ޝަރީއަތް ނިންމާލައި، އެ މައްސަލައިގެ ހުކުމް އިއްވުން މި ހިނގާ އޮކްޓޫބަރު މަހުގެ 29ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.

ވެރިކަމުގައި ހުންނައިރު، ހެޔޮއެދޭ ފަރާތްތަކުންދޭ ފައިސާގައި ހިފުމަކީ މަނާކަމެއް ނޫން: ރައީސް ޔާމީން
14 Oct 2026 ހަބަރު

ވެރިކަމުގައި ހުންނައިރު، ހެޔޮއެދޭ ފަރާތްތަކުންދޭ ފައިސާގައި ހިފުމަކީ މަނާކަމެއް ނޫން: ރައީސް ޔާމީން

ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ހެޔޮއެދޭ ފަރާތްތަކުން ފައިސާ ދިނުން މަނާ ނޫން ކަމަށާއި މައްސަލައަކަށް ވަނީ އެ ފައިސާގެ ބަދަލެއްގެ ގޮތުގައި ނާޖާއިޒު ފައިދާ ހޯދައިދިނުން ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް ކުރިމިނަލް ކޯޓުގައި ވިދާޅުވެއްޖެއެވެ.

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި
13 Oct 2026 ހަބަރު

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ އެޑިއުކޭޝަން ކޮމިޓީގެ ފަރާތުން ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ވިދާޅުވީ، ސްކޫލުތަކުގައި ޤުރުއާން ކިޔަވައިދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި، ތަޢުލީމީ ޙަޔާތް ނިންމައި ނުކުންނައިރު ކޮންމެ ދަރިވަރަކަށްވެސް ރީތިކޮށް ޤުރުއާން ކިޔަވަން އެނގެންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، ޤައުމީ ފެންވަރުގެ ބޮޑު އިމްތިޙާނެއްގައި އެ މާއްދާއިން ދަރިވަރުން ވަޒަންކުރަން ކަނޑައަޅާފައިވާ ގޮތާމެދު ސުވާލު އުފެދޭ ކަމަށް

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ
13 Oct 2026 ހަބަރު

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމުގެ މަރުޙަލާތައް ހާމަކަން ބޮޑު، ދެފުށް ފެންނަ ޒަމާނީ އޮންލައިން ނިޒާމަކަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތްތައް ފަށާފައިވާކަން ސިވިލް ސަރވިސް ކޮމިޝަން )ސީއެސްސީ( އިން ހާމަކޮށްފިއެވެ.