ވަގު ޑޮލަރު ދީ ފޯނު ގަތް މިހާއަށް ޙުކުމް ކުރީ މުޖްތަމަޢަށް ޚިދްމަތް ކުރުމަށް
ވަގު ޑޮަލަރު ދީ ފޯނެއް ގަތް މީހަކު ޖޫރިމަނާ ކުރުމާއި އެކު މުޖްތަމަޢަށް ޚިދްމަތް ކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.
އައިފޯނު 14 ޕްރޯ މެކްސްއެއް ގަތުމަށް 100 ޑޮލަރުގެ 15 ވަގު ނޫޓު ދިން މައްސަލައިގައި ދައުލަތުން އުފުލި ދައުވާއަށް ދައުވާ ލިބުނު މީހާ ވަނީ ކޯޓުގައި އިއުތިރާފުވެފަ އެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ އޭނާ ނުވަ މަހާއި 12 ދުވަހުގެ ޖަލު އަދަބުގެ ތެރެއިން ހަ މަހާއި 12 ދުވަހުގެ އަދަބު ޖޫރިމަނާއަކަށް ބަދަލު ކުރުމަށެވެ.
އަދި ބާކީ އޮތް ތިން މަހުގެ އަދަބު މުޖުތަމައަށް ޚިދުމަތް ކުރުމުގެ އަދަބަކަށެވެ.
ކްރިމިނަލް ކޯޓުން ވަނީ އޭނާ 38،400 ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ އިއްޔެއިން ފެށިގެން ހަ މަސް ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ޙުކުމް ކޮށްފައެވެ.
އަދި 480 ގަޑިއިރު މުޖުތަމައުއަށް ޚިދުމަތް ކުރުމަށް ޙުކުމް ކޮށްފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް