ހުޅުމާލޭގައި ކުޑަ ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި!
ހުޅުމާލޭގައި ކުޑަ ކުއްޖަކު ގެއްލިގެން، ފުލުހުން އެކުއްޖާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
އަންހެން ކުއްޖަކު ގެއްލިގެން އުޅޭކަން އަންގައި މީހަކު މީސްމީޑިއާގައި އެކުއްޖާ ހޯދުމުގެ އެހީތެރިކަމަށް އެދިފައިވާ ޕޯސްޓެއް މިއަދު ވައިރަލްވެފައި ވާއިރު, އެ ޕޯސްޓުގައި ވާގޮތުން އެ ކުއްޖާ ގެއްލުނީ އިއްޔެ އިރުއޮސި 6 ގެ ފަހުންނެވެ.
އަދި ގެއްލުނު ކުއްޖާއަށް ކިޔަނީ އައިޝާ ބިން މަހްމޫދު ކަމަށާ، އައިޝާއާއި ބެހޭ އެއްވެސް މައުލޫމާތެއްވާނަމަ 9742709 އަށް ގުޅުމަށް އެ ޕޯސްޓުގައި އެދިފައި ވެއެވެ.
އެކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލެއިން ކުޑަކުއްޖަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާއި ގުޅިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް