ހުޅުމާލެ އިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ
ހުޅުމާލެއިން ގެއްލިގެން ހޯދަމުންދިޔަ ކުޑަ އަންހެންކުއްޖާ ފެނިއްޖެ ކަމަށް ދިވެހި ފުލުހުންގެ ޚިދްމަތުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ މިއަދު ގެއްލިގެން ހޯދަމުންދިޔަ ރ. މާކުރަތު / ގަހާކޯޅި، ޢާއިޝާ ބިންތް މަޙްމޫދު ރިޔާޟް (12އ) މިއަދު 13:44 އެހައިކަންހާއިރު މާލެ އިން ފެނިފައިވާ ކަމަށެވެ.
ޢާއިޝާ ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ރޭ ދަންވަރު 12:58 ހާއިރު ކަމަށް ކުރިން ފުލުހުން ބުނެފައިވެއެވެ.
ޢާއިޝާ ފެނުނުކަމަށް ބުނެ ފުލުހުން ކޮށްފައިވާ ޓްވީޓުގައި ބުނެފައިވަނީ އޭނާގެ ޙާލު ރަނގަޅުކަމަށެވެ.
ޢާއިޝާ ގެއްލިގެން އޭނާ ހޯދުމަށް މީހަކު ކޮށްފައިވާ ޕޯސްޓެއް މިއަދު ހެނދުނު ޢާންމުވެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް