ހުޅުމާލެއިން ވަގަށް ނަގާފައިވާ ހަތަރުލައްކަ ރުފިޔާއަށްވުރެ އަގުހުރި ތަކެތި ފުލުހުން ހޯދައިފި
ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަތަކުގައި ހިމެނޭ ބައެއް ތަކެތި ހޯދައި އެތަކެތީގެ ވެރިފަރާތްތަކާ ހަވާލުކޮށްފިއެވެ.
ފުލުހުން ބުނީ, ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކުގައި ހޯދާފައިވަނީ މިދިޔަ ޖުލައި މަހު އެ ސްޓޭޝަނަށް ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަތަކުގައި ހިމެނޭ ތަކެތި ކަމަށެވެ.

އެގޮތުން ހޯދާފައިވާ ތަކެތީގެ ތެރޭގައި މޯބައިލް ފޯނާއި، ބައިސްކަލާއި ސައިކަލުގެ އިތުރުން އެހެނިހެން ތަކެތި ހިމެނޭ ކަމަށް ބުނެފައިވެއެވެ.
މި ތަކެތީގެ އަގު 449936 ރުފިޔާ އަށް އަރާކަމަަށް ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް