ސިފައިންގެ ބޮޑު ސްކްރީންގައި ފަލަސްތީނުގެ ދިދަ
ސިފައިންގެ ބޮޑު ސްކްރީންގައި ފަލަސްތީނުގެ ދިދަ
ހަބަރު 11 Oct 2023 | 09:34

ސިފައިންގެ ބޮޑު ސްކްރީން ފަލަސްތީނަށް ޚާއްސަކޮށް ދިވެހީން ފަލަސްތީނާއެކު ވާކަން ދައްކާލައިފި!

ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް އިޒްރޭލުގެ ޒަޔަނިސްޓް ހަރުކަށި ޔަހޫދީން ދެމުން ގެންދާ ހަމަލާތަކާއި ދެކޮޅު ހަދައި، ފަލަސްތީންގެ މިނިވަން ކަމަށް ތާއީދު ކުރާކަން ހާމަކުރުމުގެ ގޮތުން ދިވެހި ގައުމީ ދިފާއީ ބާރުގެ މައި ސްކްރީންގައި ފަލަސްތީނުގެ ދިދައިން ދިއްލާލައިފިއެވެ.

އިޒްރޭލުގެ ޒަޔަނިސްޓް ހަރުކަށި ޔަހޫދީން ދެމުން ގެންދާ ހަމަލާތަކާއި ދެކޮޅަށް މުޅި ރާއްޖެ ތެދުވެފައިވާ މި ދަނޑިވަޅުގައި ސިފައިންގެ މައި މަރުކަޒުގެ ސްކްރީނުން ފަލަސްތީނުގެ ދިދަ ފެންނާނެ ގޮތް ހަދާފައި ވަނީ އެކަން ކޮށް ދިނުމަށް ވަރަށް ގިނަ އާންމުން އެދެމުން ދަނިކޮށެވެ.

ސިފައިންގެ ބޮޑު ސްކްރީނަކީ އާންމުން ހޭލުންތެރިކުރުވާ ތަފާތު މެސެޖްތަކާއި އެކި މުނާސަބަތުތަކާއި ގުޅިގެން އެކަމާއި ގުޅޭ މެސެޖަކާއި އެކު ދިއްލާލާ ސްކްރީން އަކަށް ވާއިރު މީގެ ކުރިންވެސް އެ ސްކްރީން ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޑު އުފުލުމަށް އެކި ފަހަރު މަތިން ދިއްލާލާފައެވެ.

ފަލަސްތީނާއި އެ ގައުމަށް ގަދަކަމުން ވެރިވެގެންފައިވާ ޔަހޫދީންނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި، ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ޢަދަދު 900 އަށް އަރައިފައިވާ ކަމަށް ފަލަސްޠީނުގެ ސިއްޚީ ވުޒާރާއިން އެންމދެ ފަހުން ހާމަކުރި އަދާހަމަތަކުގައި ބުނެފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
16 Oct 2026 ހަބަރު

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

ށ. އަތޮޅުން އައްޑުއާ ދެމެދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ހެނދުނު 8 އިން މެންދުރުފަހު 2 އަށް މެޓުން ހުދު ސަމާލެއް ނެރެފިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ރައީސް މުޢިއްޒު
16 Oct 2026 ހަބަރު

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ރައީސް މުޢިއްޒު

ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ނިޒާމުތައް ހަރުދަނާކޮށް، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްބާރުލުން ދީގެން ހުރިހާ ދިވެހިންނަށް އަގުހެޔޮ، ފައިދާހުރި ކާބޯތަކެތި ލިބޭނެ މަގު ފަހިކޮށްދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް
15 Oct 2026 ހަބަރު

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓަށް ބަލާއިރު، 2021 ވަނަ އަހަރުވެސް ވެމްކޯއަށް ވަނީ 82 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައެވެ.

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ
15 Oct 2026 ހަބަރު

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ

އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި
15 Oct 2026 ހަބަރު

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި

ކުއްލި ފަރުވާގެ ޚިދުމަތާއި އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު މިހާރު އެ އިމާރާތުގައި ހަމަޖެހިފައި

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި
15 Oct 2026 ހަބަރު

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި އެޤައުމުގެ ތިން މަސް ބޯޓާއި 26 މަސްވެރިން މިނިވަންކުރުމަށްޓަކައި ދިވެހި ސަރުކާރާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އެމީހުން ދޫކޮށްލުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ، އެ ގައުމުގެ ހާރިޖީ ވަޒީރު، ޖައިޝަންކަރުގެ ކިބައިން އެދިވަޑައިގެންފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ ތިންވަނަ ބެޗު ފަށައިފި؛ 84 ދިވެހި ޒުވާނުން ބައިވެރިވި
12 Oct 2026 ހަބަރު

ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ ތިންވަނަ ބެޗު ފަށައިފި؛ 84 ދިވެހި ޒުވާނުން ބައިވެރިވި

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު 84 ދިވެހި ޒުވާނުންނާ އެކު ފަށައިފިއެވެ. ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފު...

ޤަވާއިދުން ހުއްދަ ނުނަގައި މިހާރުވެސް ގިނަ ފަރާތްތަކަކުން ކެމިކަލް ވިއްކަމުންދޭ: ޑިފެންސް މިނިސްޓްރީ
11 Oct 2026 ހަބަރު

ޤަވާއިދުން ހުއްދަ ނުނަގައި މިހާރުވެސް ގިނަ ފަރާތްތަކަކުން ކެމިކަލް ވިއްކަމުންދޭ: ޑިފެންސް މިނިސްޓްރީ

ގަވާއިދުން ނަގަންޖެހޭ ހުއްދަ ނުނަގައި، ގިނަ އަދަދެއްގެ ފަރާތްތަކުން ރާއްޖޭގައި ކެމިކަލް ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން ހާމަކޮށްފިއެވެ....