މިދިޔަ އަހަރުގެ ޢީދު އުފާ ހަރަކާތުގެ ތެރެއިން- ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް
މިދިޔަ އަހަރުގެ ޢީދު އުފާ ހަރަކާތުގެ ތެރެއިން- ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް
ރިޕޯޓް 20 May 2026 | 03:26

ޢީދަށް މިފަހަރު ދާންވީ ދަނގެއްޗަށް؛ ތަފާތު ވާނެ، އެހާމެ އުފާވެރި ވާނެ!

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ބަރަކާތްތެރި އަޟުޙާ ޢީދު ބޯމަތިވެފައިވާއިރު، ގިނަ ބައެއްގެ ސަމާލުކަން މިހާރު ހުއްޓިފައިވަނީ ޢީދު ބަންދުގައި އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ދާނެ ރަށަކާމެދުގައެވެ. ސަރުކާރު ބަންދާއެކު ލިބޭ މި ދިގު ޗުއްޓީއަކީ އާއިލާގެ ކުދިބޮޑު އެންމެން އެކުގައި ހިތްހަމަޖެހުމާއި އުފާވެރިކަން ހޯދުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނީ، އެންމެން ބައިވެރިވާ ތަފާތު ގިނަ ހަރަކާތްތަކެއް ރޭވިފައިވާ ރަށަކަށް ގޮސްގެންނެވެ. އެފަދަ އެއް މަންޒިލަކީ ޔަގީނުންވެސް އދ. ދަނގެއްޗެވެ.

ދަނގެތީ ޖަމިއްޔަތުލް ޤަލަމުން އިސްނަގައިގެން އެރަށުގެ މުއައްސަސާތަކާއި ޖަމިއްޔާތަކާއި ގުޅިގެން، ދީލަތުއެތައް ބައެއްގެ އެހީއާއެކު މިފަހަރުވެސް ޢީދުގައި ގިނަ ކުރިވަރުތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ރާވާފައެވެ.

ޢީދު ދުވަހުގެ ހާއްސަ ހަރަކާތްތައް

ދަނގެތީގައި ޢީދުގެ ހަރަކާތްތައް ފެށިގެންދާނީ ޢީދު ނަމާދަށްފަހު ކުރިއަށްދާ އުޟުހިޔާ ކަތިލުމުގެ މުހިންމު ހަރަކާތުންނެވެ. ދަނގެތީގެ  އުޟުހިޔާ ކަތިލަން ބޭނުންވާ ފަރާތްތަކުން ބަކަރީގެ އަގު ދެއްކުމުން، އެއްވެސް ފީއަކާ ނުލައި ބަކަރި ގެނެސްދިނުމާއި، ބެލެހެއްޓުމާއި، ކަތިލުން އަދި ބެހެނިވެރިންނަށް މަސް ބެހުމުގެ އެންމެހާ ކަންކަން ޖަމިއްޔަތުލް ޤަލަމުން ކޮށްދެއެވެ.

މިދިޔަ އަހަރުގެ ޢީދު އުފާ ހަރަކާތުގެ ތެރެއިން- ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

ޢީދު ދުވަހުގެ ހަވީރު އޮންނާނީ އާއިލީ ހަވީރެވެ. މި ހަވީރަށް އަންނަ ހުރިހާ ކުޑަކުދިންނަށް ހަދިޔާ ދިނުމާއި، ތަފާތު ސްޓޯލްތަކުން ހަދިޔާ ލިބުމުގެ އިތުރުން ސްޓޭޖް އައިޓަމްތައް ހުށަހަޅައިދޭނެއެވެ. އަދި ހަވީރުގެ ބައިވެރިންގެ މެދުގައި ގުރުނަގައި، ކުޑަކުދިންނާއި ބޮޑެތި މީހުންނަށްވެސް އަގުހުރި ހަދިޔާތަކެއް ދޫކޮށްލާނެއެވެ.

މިދިޔަ އަހަރުގެ ޢީދު އުފާ ހަރަކާތުގެ ތެރެއިން- ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

ރޭގަނޑުގެ ވަގުތަކީ ދަނގެތީގައި "ބޮޑުމަސް ޝޯވް" އޮންނަ ވަގުތެވެ. މިފަހަރުވެސް ބޮޑުމަސް ޝޯވް ކުރިއަށްދާނީ ވަރަށް ތަފާތުކޮށް، މަޖާ ގޮތްތަކެއް ހިމަނައިގެންނެވެ.

މިދިޔަ އަހަރުގެ ޢީދު އުފާ ހަރަކާތުގެ ތެރެއިން- ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

މީގެ އިތުރުން، މި އަހަރު އަލަށް ތައާރަފުކުރާ "ގަދަ ފަހުލަވާނުން" މުބާރާތްވެސް އެ ރޭ އޮންނާނެއެވެ. މި މުބާރާތުން ރަށުގެ އެންމެ ވަރުގަދަ ފަހުލަވާނު ހޮވިގެންދާނެއެވެ.

މިދިޔަ އަހަރުގެ ޢީދު އުފާ ހަރަކާތުގެ ތެރެއިން- ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

ދެވަނަ ދުވަހުގެ ކުޅިވަރުތައް

ޢީދުގެ ދެވަނަ ދުވަހުގެ ހަވީރު އޮންނާނީ ފޯރިގަދަ ވާދެމުގެ މުބާރާތެވެ. ފުރަތަމަ ޖޫނިއާ ކުދިންގެ މުބާރާތް ކުރިއަށްދާއިރު، އޭގެ ފަހުން ބޮޑެތި މީހުންގެ ވާދެމުގެ މުބާރާތް އޮންނާނެއެވެ. ވަނަވަނައަށް އަންނަ ޓީމުތަކަށް ފައިސާގެ އިނާމު ހުށަހެޅިފައިވެއެވެ.

މިދިޔަ އަހަރުގެ ޢީދު އުފާ ހަރަކާތުގެ ތެރެއިން- ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

މަސްރޭހާއި އިސްރަށްވެހިންގެ ހަވީރު

ތިން ވަނަ ދުވަހަކީވެސް ހަރަކާތްތަކުން ފުރިގެންވާ ދުވަހެކެވެ. މި ދުވަހުގެ އެންމެ ހާއްސަ ހަރަކާތަކީ "އިސްރަށްވެހިންގެ ހަވީރު" އެވެ. މި ހަވީރުގައި ރަށުގެ 70 އަހަރުން މަތީގެ އިސްރަށްވެހިންނަށް ދައުވަތު އަރުވައި، އެ ބޭފުޅުން ރަށަށާއި ގައުމަށް ކޮށްދެއްވި އަގުހުރި ހިދުމަތްތަކުގެ އަގުވަޒަން ކުރެވޭނެއެވެ. އަދި ދުނިޔެ ދޫކުރައްވާފައިވާ ހިދުމަތްތެރިންގެ ހަނދާނުގައި "ޝަޚްސުންގެ ރަންހަނދާނުގައި" ނަމުގައި ހަނދާނީ ފިލާ އެރުވުމާއި، ކުޑަކުދިންގެ ފަރާތުން އިސްރަށްވެހިންނަށް ހާއްސަ ލަވައެއް ހުށަހެޅުން އޮންނާނެއެވެ.

މިދިޔަ އަހަރުގެ ޢީދު އުފާ ހަރަކާތުގެ ތެރެއިން- ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

މީގެ އިތުރުން، އެ ދުވަހު އޮންނަ މަސްރޭހާއި، ރޭގަނޑު އޮންނަ "ރަނިރަހަ" ކެއްކުމުގެ މުބާރާތަކީ ފޯރިގަދަ ހަރަކާތްތަކެކެވެ. މި ދެ މުބާރާތުން ވަނަވަނައަށް އަންނަ ޓީމުތަކަށްވެސް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރުގެ ޢީދު އުފާ ހަރަކާތުގެ ތެރެއިން- ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

ނިންމާލުން: ރައްޔިތުންގެ ބާބަކިޔު އާއި އުމްރާ ދަތުރު

ޢީދު ހަރަކާތްތައް ނިންމާލުމުގެ ގޮތުން ހޮނިހިރު ދުވަހުގެ ރޭ މުޅި ރަށުގައި ދިރިއުޅޭ ރައްޔިތުންނާއި ޒިޔާރާތްކޮށްފައިވާ ފަރާތްތަކަށް ހާއްސަ ބާބަކިޔުއެއް އޮންނާނެއެވެ. މި ރޭގެ އެންމެ އުފާވެރި ވަގުތަކީ  ޢީދުގެ އެންމެ ބޮޑު އިނާމު ކަމަށްވާ ޤިބްލަ ހައްޖު އެންޑް އުމްރާގެ ފަރާތުންދޭ "ޢުމްރާ ދަތުރު" ގެ ނަސީބުވެރިޔާ އިއުލާންކުރާ ވަގުތެވެ.

މިދިޔަ އަހަރުގެ ޢީދު އުފާ ހަރަކާތުގެ ތެރެއިން- ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

ވުމާއެކު، މި އަހަރުގެ ޢީދު އުފާވެރިކަމާއެކު ހޭދަކޮށްލަން ދަނގެތި ނޫން ދެވަނަ މަންޒިލެއް ނެތެވެ.

އިސްލާމީ ހަމަތަކާއި، އިމުގެ ތެރޭގައި، ދިވެހި ސަގާފަތާ، އާދަކާދަތަކާ އެއްގޮތަށް، އެންމެން ގުޅިގެން، ބައިވެރިކުރުވައިގެން ކުރިއަށް ގެންދާ މި ހަރަކާތްތަކުގެ މެއިން ސްޕޮންސަރަކީ ބީއެމްއެލް އިސްލާމިކްއެވެ. މީޑިއާ ޕާޓްނަރަކީ ވޮއިސް އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިމުގެ ތެރެއިން އީދު ފާހަގަކުރި ފަރާތްތައް ހޮވައި، ސަލަފުން އެކަމުގެ އަގުވަޒަންކޮށްފި
27 Jun 2026 ދީން

އިމުގެ ތެރެއިން އީދު ފާހަގަކުރި ފަރާތްތައް ހޮވައި، ސަލަފުން އެކަމުގެ އަގުވަޒަންކޮށްފި

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމުގައި ދީނީ އިމުގެ ތެރެއިން ޢީދު ފާހަގަކުރި 11 ފަރާތެއް ހޮވައި އެކަމުގެ އަގުވަޒަންކޮށް އިނާމު ދީފިއެވެ. ސަލަފުން ބުނީ އިސްލާމީ އިމުތަކު...

ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
04 Jun 2026 ހަބަރު

ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ

އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް ...

ދަނގެތީ ޢީދުއުފާ: ދައްކުވައިދިނީ އިމުގެ ތެރޭގައިވެސް ފޯރިގަދަ އުފާވެރި ޢީދެއް ފާހަގަކުރެވޭނެކަން
02 Jun 2026 ރިޕޯޓް

ދަނގެތީ ޢީދުއުފާ: ދައްކުވައިދިނީ އިމުގެ ތެރޭގައިވެސް ފޯރިގަދަ އުފާވެރި ޢީދެއް ފާހަގަކުރެވޭނެކަން

މިއަހަރުގެ ބޮޑު ޢީދު ނިމި، އެންމެން އެބައެއްގެ އާއްމު ދިރިއުޅުމުގެ މަސައްކަތަށް އެނބުރި ރުޖޫޢުވެފައިވާއިރު ބަހުސް ކުރެވޭ އެއް ސުވާލަކީ އެންމެ އުފާވެރި އަދި މަޖާ ޢީދެއް ފާހަގަކުރި ރަށަކާމެދުގައެވެ. އެ ...

ދަނގެތީ އީދު އުފާ: ޢުމްރާ ދަތުރު ވޮއިސްގެ އަރޫއަށް، އުންމީދާއެކު ދުޢާކުރުމުގެ ނަތީޖާ
31 May 2026 ރިޕޯޓް

ދަނގެތީ އީދު އުފާ: ޢުމްރާ ދަތުރު ވޮއިސްގެ އަރޫއަށް، އުންމީދާއެކު ދުޢާކުރުމުގެ ނަތީޖާ

އިސްލާމީ އުސޫލުތަކާއި އެއްގޮތަށް އެންމެ ކުލަގަދަކޮށް އީދު ފާހަގަކުރާ އެއް ރަށަކީ އދ. ދަނގެއްޗެވެ. އެ ރަށުން މުޅި ރާއްޖެއަށް މި ނަމޫނާ ދައްކާތާ ފަސް އަހަރެއްހާ ދުވަސްވީ އެވެ. އިސްލާމީ އުސޫލުގެ ތެރެއިން...

ދަނގެތީ ޢީދުއުފާ؛ އިސްރަށްވެހިންގެ ހަވީރުން އެންމެނަށް އުފާވެރިކަން
31 May 2026 ރިޕޯޓް

ދަނގެތީ ޢީދުއުފާ؛ އިސްރަށްވެހިންގެ ހަވީރުން އެންމެނަށް އުފާވެރިކަން

އދ. ދަނގެތީ ޢީދު އުފާގެ ހަރަކާތްތަކުގެ ތެރެއިން އެންމެ ތަފާތު އަދި އެންމެ ހިތްހަމަޖެހުން ގެނުވައިދޭ އެއް ހަރަކާތަކީ އިސްރަށްވެހިންގެ ހަވީރެވެ. އާއްމުކޮށް ޢީދު ކުޅިވަރުގެތަކުގެ ތެރެއިން އެންމެ ބާކީވާ އ...

ތ.ވިލުފުށި މާލި ޕެރޭޑް ތެރެއަށް ކަމާ ނުބެހޭ ބަޔަކު ވަދެގަތް މައްސަލައެއް
30 May 2026 ހަބަރު

ތ.ވިލުފުށި މާލި ޕެރޭޑް ތެރެއަށް ކަމާ ނުބެހޭ ބަޔަކު ވަދެގަތް މައްސަލައެއް

ތ.ވިލުފުށީގައި ރަށު ފެންވަރުގައި އަޟްހާ ޢީދު ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިން އިއްޔެ ހަވީރު ބޭއްވި މާލި ޕެރޭޑަށް ކަމާ ނުބެހޭ ބަޔަކު ވަދެގަނެ ހިންގި އަމަލުތައް ވިލުފުށި ކައުންސިލުން ކުށްވެ...