މިދިޔަ އަހަރުގެ "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް" ގެ ތެރެއިން
މިދިޔަ އަހަރުގެ "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް" ގެ ތެރެއިން
ކުޅިވަރު 12 Mar 2023 | 09:23

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023 އަންނަ ބުރާސްފަތި ދުވަހުގެރޭ

މިދިޔަ އަހަރު ފެށުނު "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް" އިވެންޓްގެ މިއަހަރުގެ ހަފްލާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ހަމަ ޖެހިއްޖެއެވެ.

ރާއްޖޭގައި ކުޅިވަރު ކުޅޭ ކުޅުންތެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން ފެށުނު ހަފްލާގައި ކުޅުންތެރިންނާއި ކޯޗުންނާއި ކުޅިވަރުގެ އޮފިޝަލުންގެ އިތުރުން ކުޅިވަރުން ރަން ވަނަތައް ހޯދާ ކުޅުންތެރިންނަށް ވެސް އެވޯޑް ދޭނެއެވެ.

މި އިވެންޓްގައި ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކުޅިވަރު ޝަހުސިއްޔަތުތަކެއް ބައިވެރިވާނެ ކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތުން މިއަހަރުގެ ހަފްލާގައި އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު ޑޭވިޑް ޖޭމްސް އާއި ކްރިކެޓްގެ ތާރީހީ ރެކޯޑްތަކެއް ހޯލްޑް ކުރާ ބެޓްސްމަން، ބްރަޔާން ލާރާގެ އިތުރުން ސްޕެޝަލް އެތުލީޓް، މާލޫ ވެން ރައިން ބައިވެރިވާނެ ކަމަށް ޔޫތު މިނިސްޓްރީއިން ވަނީ އިއުލާންކޮށްފައެވެ.

މިއާއިއެކު މިފަހަރުގެ އެވޯޑުތަކުގެ ނޮމިނޭޝަންގެ އިއުލާން ކުރުންވަނީ ފަށާފައެވެ.

އެގޮތުން އެންމެ މޮޅު ބޮޑީބިލްޑިންގ އެތްލީޓްގެ މަގާމާއި، ބާސްކެޓްބޯޅައިގެ އެންމެ މޮޅު އަންހެން އަދި ފިރިހެން ކުޅުންތެރިޔާގެ މަގާމް، އެންމެ މޮޅު ފިރިހެން ހޭންޑްބޯލް ކުޅުންތެރިޔާގެ މަގާމް، ކެރަމްގެ އެންމެ މޮޅު އަންހެން އަދި ފިރިހެން ކުޅުންތެރިޔާގެ މަގާމް، ޓެނިިސްގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ މަގާމް، އަދި ޕޯލް ބިލިއާރޑްގެ އެންމެ މޮޅޫ އަންހެން ކުޅޫންތެރިޔާގެ މަގާމްގެ ނޮމިނޭޝަން މިހާރު ވަނީ އިއުލާން ކޮށްފައެވެ.

މިދިޔަ އަހަރު އޮތް ސްޕޯޓްސް އެވޯޑްގައި ދުނިޔޭގެ ފެންވަރުގައި އެތައް ކާމިޔާބީތަކެއް ހޯދާފައިވާ ކުޅިވަރު ލެޖެންޑުން، ވޯލްޑް ރެކޯޑް ހޯލްޑަރުން ބައިވެރިވިއެވެ. އެގޮތުން ބްރެޒިލްގެ ކުރީގެ ތަރި ރޮބާޓޯ ކާލޯސްއާ އިންޑިޔާގެ މަޝްހޫރު ކްރިކެޓް ލެޖެންޑް ސުރޭޝް ރައިނާ ހިމެނެއެވެ.

މީގެ އިތުރުން މިދިޔަ އަހަރު ދެވުނު 12 އެވާޑްގެ ތެރޭގައި އެތުލީޓް އޮފް ދަ އިޔަރ އެވޯޑް އަންހެން އަދި ފިރިހެން، ސްޕެޝަލީ އޭބަލްޑް އެތްލީޓް އޮފްދަ އިޔަރ އެވޯޑް އަންހެން، ފިރިހެން، ފެޑެރޭޝަން ނުވަތަ އެސޯސިއޭޝަން އޮފް ދަ އިޔަރ އެވޯޑް، ސްޕޯޓްސް ޖާރނަލިސްޓް އޮފް ދަ އިޔަރ އެވޯޑު، މީޑިއާ އޮފް ދަ އިޔަރ އިން ސްޕޯޓްސް ކަވަރޭޖް އެވޯޑް އޮންލައިން އަދި ބްރޯޑްކާސްޓިން ހިމެނެއެވެ.

މީގެ އިތުރުން މިއެވޯޑްސްގައި ސްޕޯޓްސް މެޑިކް އޮފް ދަ އިޔަރ އެވޯޑް، އަންހެން އަދި ފިރިހެން، ޓެކްނިކަލް އޮފިޝަލް އޮފް ދަ އިޔަރ އެވޯޑް، އަންހެން އަދި ފިރިހެން، ކޯޗް އޮފް ދަ އިޔަރ އެވޯޑް، އެންމެ އުއްމީދީ ޒުވާން ކުޅުންތެރިޔާގެ އެވޯޑްގެ އިތުރުން ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި ސްޕެޝަލް ރިކޮގްނިޝަން އެވޯޑް ބައި މިނިސްޓްރީ އޮފް ސްޕޯޓްސް ހިމެނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން "1456" ތަޢާރަފުކޮށްފި
20 Sep 2026 ހަބަރު

ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން "1456" ތަޢާރަފުކޮށްފި

ދިވެހި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި އިރުޝާދު ފޯރުކޮށްދިނުމުގެ ގޮތުން ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން "1456" ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި...

ސަރުކާރުން ޝޯވ ކެންސަލްކުރިކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް: ޔޫތް މިނިސްޓްރީ
29 Jul 2026 ހަބަރު

ސަރުކާރުން ޝޯވ ކެންސަލްކުރިކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް: ޔޫތް މިނިސްޓްރީ

އޮސްޓްރޭލިއާގެ ބޭންޑެއް ކަމަށްވާ 'ބިޔޯން އަގެއިން' އިން މާދަމާ ރޭ މާލޭގައި ބޭއްވުމަށް ހަމަޖެހިފައި އޮތް މިއުޒިކް ޝޯ ސަރުކާރުން ކެންސަލްކުރިކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށް ޔޫތު މިނިސްޓްރީން ބުނެ...

ޔޫތު ހަބްގައި ވޯލްޑް ކަޕް ބަލަން ޚާއްޞަ 'ވޮޗް ޕާޓީ' އެއް ބާއްވަނީ
10 Jun 2026 ހަބަރު

ޔޫތު ހަބްގައި ވޯލްޑް ކަޕް ބަލަން ޚާއްޞަ 'ވޮޗް ޕާޓީ' އެއް ބާއްވަނީ

ފީފާ ވޯލްޑް ކަޕް 2026 ގެ ފޯރި ދިވެހި ޒުވާނުންނާ ހަމައަށް ފޯރުކޮށްދިނުމުގެ ގޮތުން، ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ޚާއްޞަ 'ވޮޗް ޕާޓީ' ސީރީޒްއެއް ބޭއްވުމަށް ނިންމައި...

އިމިގްރޭޝަނުގެ ޑެޕިއުޓީ ކޮންޓްރޯލަރ އަޝްފާން، ޔޫތުގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަނުކޮށްފި
23 Apr 2026 ހަބަރު

އިމިގްރޭޝަނުގެ ޑެޕިއުޓީ ކޮންޓްރޯލަރ އަޝްފާން، ޔޫތުގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަނުކޮށްފި

އިމިގްރޭޝަންގެ ކުރީގެ ޑެޕިއުޓީ ކޮންޓްރޯލަރު، އަހުމަދު އަޝްފާން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް، އައްޔަނުކޮށްފިއެވެ. އަޝްފާނު މި މަގާމަށް އައްޔަނުކޮށްފައިވަނީ މިއަދުއެވެ. އަޝްފާން ޔޫތް މިނިސ...

ނާށި ބޭނުންކޮށްގެން އަތްތެރި މަސައްކަތްތައް ދަސްކޮށްދޭ ވޯކްޝޮޕެއް؛ ހިލޭ ބައިވެރިވެވޭނެ
12 Apr 2026 ހަބަރު

ނާށި ބޭނުންކޮށްގެން އަތްތެރި މަސައްކަތްތައް ދަސްކޮށްދޭ ވޯކްޝޮޕެއް؛ ހިލޭ ބައިވެރިވެވޭނެ

ނާށި ބޭނުންކޮށްގެން އަތްތެރި މަސައްކަތްތައް ދަސްކޮށްދޭ ޚާއްސަ ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ޔޫތު ހަބްގެ ޓްރެއިނިންގ ރޫމްގައި ކުރިއަށްދާ މި ވޯކްޝޮޕަކީ އުމުރުން 18 އަހަރާއި 35 އ...