ގެވެށި އަނިޔާ ރަމްޒުކޮށްދޭ ކުރެހުމެއް
ގެވެށި އަނިޔާ ރަމްޒުކޮށްދޭ ކުރެހުމެއް
ރިޕޯޓް 12 Dec 2022 | 13:01

އަވައްޓެރިޔާއަށް ގެވެށި އަނިޔާ ކުރާކަން އެނގޭތަ؟ މި އޮތީ ރިޕޯޓު ކުރާނެ ގޮތް

ގެވެށި އަނިޔާ އަކީ ރާއްޖޭގައި އާންމު ވެފައިވާ ބޮޑު އިޖްތިމާއީ މައްސަލައެކެވެ.

އެހެން ނަމަވެސް މިއީ، އާދަގެ ކަމަކަށް ހަދާ ދޫކޮށްލެވޭ ވަރަށްވުރެ ނުރައްކާތެރި ކަމެއްކަން މިފަހުން ފެންމަތިވެފައިވާ މައްސަލަތަކަށް ބަލާލުމުންވެސް ހާމަވެގެންދެއެވެ.

މީހަކަށް ގެވެށި އަނިޔާއެއް ކުރާކަން ފާހަގަކުރެވޭނަމަ އެއީ އަޅާ ނުލާ ދޫކޮށްލައިގެން ވާނެ ކަމެއް ނޫނެވެ. އަދި ތިމާއާއެކު އުޅޭ، ނުވަތަ ތިމާއާއި އިންވެގެން ހުންނަ ގެ ތަކުގައި ދިރިއުޅޭ މީހަކަށް އެފަދަ ކަމެއް ކުރިމަތިވޭތޯ ބަލާ އޮޅުން ފިލުވަންވެސް ޖެހެއެވެ.

އެއީ ފަހަރެއްގައިވެސް މީހެއްގެ ޒާތީ ދިރިއުޅުމާއި ބެހުން ކަމަކަށް ނުބެލެވޭނެއެވެ. ނުވަތަ ތިމާއާއި ނުބެހޭ ކަމެއްގައި މަތިން ބައިން ޖެހުން ކަމަކަށްވެސް ނުބެލެވޭނެއެވެ.

ތިމާފަދަ އަނެއް މީހާއަށް، އޭނާގެ މައްޗަށް ބާރު ފޯރުވޭ މަގާމެއްގައި ހުރި މީހެއްގެ ފަރާތުން ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާތަކެއް ލިބެމުންދާކަން ފާހަގަކުރެވޭނަމަ ލަސްނުކޮށް ކަމާ ބެހޭ ފަރާތަށް ރިޕޯޓު ކުރަންވީއެވެ. އެއީ ކޮންމެ ފަރުދެއްގެ ބޮލުގައި އެޅިފައިވާ ފަރުދީ ޒިންމާއެކެވެ.

ފަހަރުގައި ރިޕޯޓު ނުކޮށް، ތިމާއާއި ނުބެހޭ ކަމެއް ކަމުގައި ދެކިގެން އަޅާ ނުލާ ހުރެއްޖެ ކަމަށް ވާނަމަ އަނިޔާވެރިކަން ބޮޑުވެ، މީހެއްގެ ފުރާނަ ދިއުމަކީވެސް ވެދާނެ ކަމެކެވެ. އަނެއްކޮޅުން ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓުކޮށް ދުރާލާ އެ އަނިޔާތަކުން މީހާ ސަލާމަތް ކޮށްދެވިއްޖެ ނަމަ، އެ ސަލާމަތް ކޮށްދެވުނީ ފުރާނައެކެވެ. މީހެއްގެ މުސްތަގުބަލެވެ.

އެހެން ކަމުން ތިމާގެ އަވެއްޓެރިއަކަށް، ނުވަތަ ތިމާގެ މީހަކަށް ނުވަތަ ރައްޓެއްސަކަށް ގެވެށި އަނިޔާ ކުރާކަން އެނގޭނަމަ، ލަސްނުކޮށް ރިޕޯޓު ކުރާށެވެ. އަދި އެފަދަ މައްސަލަތައް ކަމާ ގުޅުންހުރި ފަރާތްތަކަށް ރިޕޯޓު ކުރުމަށް ބާރު އަޅާށެވެ.

ގެވެށި އަނިޔާ ރިޕޯޓްކުރުމަށް 1421

ގެވެށި މައްސަލަތައް ރިޕޯޓު ކުރެއްވުމަށް، މިނިސްޓްރީ އޮފް ޖެންޑާ ފެމެލީ އެންޑް ސޯޝަލް ސާރވިސަސްގެ ހިލޭ ގުޅޭ ނަންބަރު 1421 އަށް ގުޅުއްވާ މައުލޫމާތު ހިއްސާކުރައްވާށެވެ.

އެމަރޖެންސީ ހާލަތްތަކުގައި މޯލްޑިވްސް ޕޮލިސް ސާރވިސްގެ ހިލޭ ގުޅޭ ނަންބަރު 119 އަށް، އެމަރޖެންސީ ނޫން ހާލަތްތަކުގައި އެ މުއައްސަސާގެ 3322111 ނަންބަރު އަދި ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ނަންބަރު 3300600 ނަންބަރަށް ގުޅުއްވާށެވެ.

ކުޑަ ކުދިންނާއި ގުޅުންހުރި މައްސަލައެއް ނަމަ ނުވަތަ ކުޑަ ކުއްޖަކަށް އަނިޔާއެއް ލިބޭކަން ފާހަގަކުރެވޭނަމަ ޗައިލްޑް ހެލްޕް ލައިން 1412 އަށް ގުޅުއްވާ މައްސަލަ ރިޕޯޓު ކުރައްވާށެވެ.

އޭގެ އިތުރުން ގެވެށި އަނިޔާއައި ގުޅުންހުރި މައްސަލަތައް ހިއްސާކުރެެއްވުމަށް ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަންގެ ނަންބަރު 3327117، އަދި ފެމެލީ ލީގަލް ކްލިނިކްގެ ނަންބަރު 9977771، އަދި 3331779 އާއި ގުޅުއްވައިގެންވެސް ރިޕޯޓު ކުރެވޭނެއެވެ.

ގެވެށި އަނިޔާ ހުއްޓުވޭނީ ގުޅިގެން އެންމެން އެކުގައި މަސައްކަތް ކޮށްގެންނެވެ. މުހިންމީ އަނިޔާއެއް ލިބޭނަމަ، އެކަން ވީ އެންމެ އަވަހަށް ހުއްޓުވާ، ރައްކާތެރިކަން ކަށަވަރު ކުރުމެވެ. އެކަން ކުރުމަށް، އެފަދަ މައްސަލަތައް ލަސްނުކޮށް ރިޕޯޓުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ލަންކާއިން ރާއްޖެއަށް 5 މިލިއަނަށްވުރެ ގިނަ ރުޕީސްގެ ބޭސް ހަދިޔާކޮށްފި
24 Oct 2026 ހަބަރު

ލަންކާއިން ރާއްޖެއަށް 5 މިލިއަނަށްވުރެ ގިނަ ރުޕީސްގެ ބޭސް ހަދިޔާކޮށްފި

ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ފަސް މިލިއަނަށްވުރެ ގިނަ ރުޕީސްގެ އަގުހުރި އަސާސީ ބޭސް ހަދިޔާކޮށްފިއެވެ. މި އެހީ ރަސްމީކޮށް ހަވާލުކުރުން އޮތީ މިދިޔަ ބުރާސްފަތި ދުވަހު ލަންކާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް މާސް މީޑިއާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

"ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމުގެ ދަށުން ވޭތުވެދިޔަ އަހަރު 14 ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފި
20 Oct 2026 ހަބަރު

"ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމުގެ ދަށުން ވޭތުވެދިޔަ އަހަރު 14 ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފި

ދައުލަތުގެ ބެލުމުގައި ތިބި 14 ކުއްޖަކު މިދިޔަ އަހަރު ފޮސްޓަރިންގ ޕްރޮގްރާމުގެ ދަށުން އާއިލާތަކާ ހަވާލުކޮށް، އިތުރު 18 ކުއްޖަކު ދައުލަތުގެ ބެލުމަށް ނަގައިފިއެވެ.

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ތިން ސަރަޙައްދެއްގައި މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: ގީލާ
26 Sep 2026 ހަބަރު

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ތިން ސަރަޙައްދެއްގައި މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: ގީލާ

ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ވަށާޖެހޭ ގޮތެއްގައި އެހީތެރިކަން ދިނުމަށް ރާއްޖޭގެ ތިން ސަރަޙައްދެއްގައި ޚާއްޞަ މަރުކަޒު ތަރައްޤީކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށް ޞިއްޙަތާއި އާއިލާއާއި އިޖުތިމާޢީ...

ދައުލަތަށް ދަރިފުޅު ނެގި މައްސަލަ: އެކަން ބަލަމުންދާ ކަމަށް އެޗްއާރުސީއެމުން ބުނެފި
12 Aug 2026 ހަބަރު

ދައުލަތަށް ދަރިފުޅު ނެގި މައްސަލަ: އެކަން ބަލަމުންދާ ކަމަށް އެޗްއާރުސީއެމުން ބުނެފި

ވިހެއުމަށްފަހު ތުއްތު ދަރިފުޅު މަންމަގެ ނުރުހުމުގެ ނުހައްގުން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަމަށް ބުނާ މައްސަލަ ބަލަމުންދާ ކަމަށް އެޗްއާރުސީއެމުން ބުނެފި އެވެ. އެ ކޮމިޝަނުން މިހެން ބުނީ އެ މަ...

ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ގެންނަނީ، އެނޫން އެހެންގޮތެއް ނެތުމުން: މިނިސްޓްރީ
11 Aug 2026 ހަބަރު

ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ގެންނަނީ، އެނޫން އެހެންގޮތެއް ނެތުމުން: މިނިސްޓްރީ

މައިންބަފައިންނާއި ޢާއިލާގެ އެއްވެސް ފަރާތަކުން ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ޙާލަތުގައި މެނުވީ ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ނުގެނެވޭނޭކަމަށް ސިއްހަތާއި އާއިލާ އާއި އިޖުތިމާއީ އެހީއާބެހޭ ވުޒ...

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރާއި ސަރުކާރު ކުންފުނިތަކުން ވަޒީފާ ދިނުމަށް އުސޫލަށް ބަދަލެއް
07 Jul 2026 ހަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރާއި ސަރުކާރު ކުންފުނިތަކުން ވަޒީފާ ދިނުމަށް އުސޫލަށް ބަދަލެއް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި އެކުލަވައިލާފައިވާ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމުގެ އާންމު މިންގަނޑު" އަށް މުހިންމު އިސ...