މެލޭޝިއާގެ އިމާރާތަކުން ވެއްޓުނު ޒުވާނާގެ ހަށިގަނޑު ރާއްޖެ ގެނެސްފި
މިމަހުގެ 10 ވަނަދުވަހު މެލޭޝިއާގެ ޢިމާރާތަކުން ވެއްޓި ނިޔާވި ދިވެހި ޒުވާނާގެ ހަށިގަނޑު ރާއްޖެ ގެނެސްފިއެވެ.
އެކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީން ބުނީ ނިޔާވި ޒުވާނާގެ ހަށިގަނޑު އިއްޔެ ހެނދުނު 10 ޖެހިއިރު ރާއްޖެ ގެނެސްފައިވާކަމަށެވެ.
ޒުވާނާގެ ހަށިގަނޑު ރާއްޖެ ގެނެސްފައިވަނީ އޭނާގެ އާއިލާގެ އެދުމުގެ މަތިންކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
މިމަހުގެ 10 ވަނަ ދުވަހު މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގެ ޢިމާރާތެއްގެ 14 ވަނަ ފަންގިފިލާއިން ވެއްޓި ނިޔާވެފައި ވަނީ އެޤައުމުގައި ތަޢުލީމް ހާސިލްކުރަމުންދިޔަ އުމުރުން 22 އަހަރުގެ ދިވެހި ޒުވާނެކެވެ.
މެލޭޝިޔާގެ ހައިކޮމިޝަނުން ވަނީ މިމައްސަލަ ބެލުމަށްފަހު އާއިލާގެ އެދުމުގެ މަތިން ޒުވާނާގެ ހަށިގަނޑު ރާއްޖެއަށް ފޮނުވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް