ވިއްސާރަ ދުވަަހެއް
ވިއްސާރަ ދުވަަހެއް
ހަބަރު 15 Nov 2026 | 15:35

ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފި

ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ށ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން މީގެ ކުރިން ވަނީ މިއަދުގެ 16:30 އަށް، ހއ. އިން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލު ނެރެފައެވެ.

އެފަހުން މިއަދު މެންދުރު މެޓުން ވަނީ ށ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ. ސަމާލު ނެރެފައިވަނީ 18:00 އާ ހަމައަށެވެ.

މެޓް އޮފީހުން ބުނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭކަމަށެވެ.

މިއަދުގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން މަޢުލޫމާތު ދެއެވެ.

ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.

މީގެއިތުރުން، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ވިއްސާރަވާނެ ކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުން، ޚާއްޞަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރަށުމެދުގައި ހުރި އިންޖީނުގެތައް ބަދަލުކުރުމުގެ ބޮޑުބައެއް އަންނަ އަހަރު ނިންމާނަން: ޑރ. އަޒުވަރު
15 Nov 2026 ހަބަރު

ރަށުމެދުގައި ހުރި އިންޖީނުގެތައް ބަދަލުކުރުމުގެ ބޮޑުބައެއް އަންނަ އަހަރު ނިންމާނަން: ޑރ. އަޒުވަރު

ޑރ.އަޒުވަރު ވިދާޅުވީ ރަށްރަށުގެ މީހުން ދިރިއުޅެމުންދާ ސަރަހައްދުގައި ހުރި އިންޖީނުގޭތައް ނަގައި މީހުން ދިރިނޫޅޭ ސަރަހައްދަށް ބަދަލުކުރުމަކީ އެކުންފުނިން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އެގޮތުން މި މަސައްކަތުގެ ބޮޑު ބައެއް، އަންނަ އަހަރުގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

ކަނޑުގެ އިލްމާއި އެކުއަކަލްޗަރގެ ދާއިރާއިން އެމްއެންޔޫގެ ވަފުދަށް ހައިނާންއިން އަގުހުރި ތަޖުރިބާތަކެއް!
15 Nov 2026 ހަބަރު

ކަނޑުގެ އިލްމާއި އެކުއަކަލްޗަރގެ ދާއިރާއިން އެމްއެންޔޫގެ ވަފުދަށް ހައިނާންއިން އަގުހުރި ތަޖުރިބާތަކެއް!

ކަނޑުގެ އިލްމާއި އެކުއަކަލްޗަރގެ ދާއިރާއިން ޒަމާނީ ކުރިއެރުންތައް ދެނެގަތުމަށް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ވަފުދަކުން ޗައިނާގެ ހައިނާންއަށް ކުރި ރަސްމީ ދަތުރު ކާމިޔާބުކަމާއެކު ނިންމާލައި، އަގުހުރި އަމަލީ ތަޖުރިބާތަކެއް ހޯދައިފިއެވެ.

ސައުތު އޭޝިއަން ޔުނިވާސިޓީން ޒުވާނުންނަށް އިތުރު ފުރުސަތު ހޯދަން މަޝްވަރާތަކެއް
15 Nov 2026 ހަބަރު

ސައުތު އޭޝިއަން ޔުނިވާސިޓީން ޒުވާނުންނަށް އިތުރު ފުރުސަތު ހޯދަން މަޝްވަރާތަކެއް

މީގެއިތުރުން، ޒުވާނުންނަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމަށްޓަކައި، ސައުތު އޭޝިއަން ޔުނިވާސިޓީއާއި ރާއްޖޭގެ މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާ ދެމެދު ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ މެދުވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

ފުލުހުންގެ ތަމްރީން ކޯސްތަކުގައި "އިހްތިރާމް" މާއްދާއެއްގެ ގޮތުގައި ހިމަނަނީ
15 Nov 2026 ހަބަރު

ފުލުހުންގެ ތަމްރީން ކޯސްތަކުގައި "އިހްތިރާމް" މާއްދާއެއްގެ ގޮތުގައި ހިމަނަނީ

ފުލުހުންގެ ތަމްރީނުތަކުގެ ތެރެއިން، އެކަކު އަނެކަކަށް އިހުތިރާމްކުރުމާއި، ފަންނީ މިންގަނޑުތައް ހިފެހެއްޓުމާއި، އަދި އިންސާނީ ކަރާމާތް ރައްކާތެރިކުރުމުގެ ސިފަ އަށަގެންނެވުމަށް އިތުރު އެހީއަކަށް ވެގެންދާނެކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދަނޑުވެރިކަމުގެ ޤައުމީ ބޯހިމެނުން ރަސްމީކޮށް ފަށައިފި
15 Nov 2026 ހަބަރު

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދަނޑުވެރިކަމުގެ ޤައުމީ ބޯހިމެނުން ރަސްމީކޮށް ފަށައިފި

ދިވެހިރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ކުރިއަށްގެންދާ ދަނޑުވެރިކަމުގެ ޤައުމީ ބޯހިމެނުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މިއީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އިތުރުން، އދ. ގެ ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން (އެފް.އޭ.އޯ) ގުޅިގެން ކުރިއަށްގެންދާ މުހިންމު ޤައުމީ ހަރަކާތެކެވެ.

"ވަޑާންވެރިން ރަށުގެ އުރީދޫ މަސްރޭސް 2026" ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
15 Nov 2026 ހަބަރު

"ވަޑާންވެރިން ރަށުގެ އުރީދޫ މަސްރޭސް 2026" ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މިއަހަރުގެ މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން، ރ. އިނގުރައިދޫ ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ބާއްވާ "ވަޑާންވެރިންގެ ރަށް، އުރީދޫ މަސްރޭސް 2026" ގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައިފިއެވެ.

ގެއްލިފައިވާ ސިފައިންގެ މީހާގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރަން ލޮކާސްއިން ނިންމައިފި
15 Nov 2026 ހަބަރު

ގެއްލިފައިވާ ސިފައިންގެ މީހާގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރަން ލޮކާސްއިން ނިންމައިފި

މިދިޔަ އޮގަސްޓު މަހުގެ ފަސް ވަނަ ދުވަހު ސަޕްލައި ދޯނި "ފްރެންޑް ހަތަރެއް" ހުވަދޫ ކަނޑަށް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރޭގައި ހިމެނޭ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޕީއެލްގެ ކޯޕަރޭޓް މަޖައްލާ "އުޅަނދު" ގެ 4 ވަނަ އަދަދު ނެރެފި
15 Nov 2026 ހަބަރު

އެމްޕީއެލްގެ ކޯޕަރޭޓް މަޖައްލާ "އުޅަނދު" ގެ 4 ވަނަ އަދަދު ނެރެފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ރަސްމީ ކޯޕަރޭޓް މަޖައްލާ "އުޅަނދު" ގެ ހަތަރުވަނަ އަދަދު ނެރެ، އާންމުކޮށްފިއެވެ.