ބޯކޮށްވާރޭވެހި މުޅި ހިންނަވަރުގައި ބޮޑުވެއްޖެ
ޅ. ހިންނަވަރަށް ބޯކޮށް ވާރޭވެހި މުޅި ރަށުގައި ފެންބޮޑުވެއްޖެ އެވެ.
މެދުކެނޑުމެއްނެތި ވެހެމުންދިޔަ ވާރޭގެ ސަބަބުން މުޅި ހިންނަވަރުގައި ވަނީ ފެންބޮޑުވެފަ އެވެ. އެންޑީއެމްއޭ އިން ބުނީ އެ ރަށުގައި ފެންބޮޑުވެ ގެތަކަށް ފެން ވަންނަމުންދާތީ، ފެން ވަންނަ ގެތަކުގައި ވެލިބަސްތާ ޖެހުމާއި، ކައުންސިލްގެ އިސްނެގުމުގެ މަތިން ފެންހިއްކުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.

އަދި އިތުރު އެހީތެރިކަން ބޭނުންވާތީ އެމްއެންޑީއެފް ގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.
މިއީ މުޅި ރާއްޖެއަށް ވެސް ވަރަށް މޫސުން ގޯސް ދުވަސްވަރެކެވެ. މާލެ ސަރަހައްދަށްވެސް ބައެއް ވަގުތުތަކުގައި ބޯކޮށް ދަނީ ވާރެވެހެމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް