ދަރަވަންދޫ-- ފޮޓޯ/ އެމްޓީސީސީ
ދަރަވަންދޫ-- ފޮޓޯ/ އެމްޓީސީސީ
ވިޔަފާރި 16 Jan 2023 | 04:29

ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމާލައިފި

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމާލައިފި އެވެ.

ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުއަކީ 22.1 މިލިއަން ރުފިޔާއަށް ސަރުކާރުން މި ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.

މި މަޝްރޫޢުގެ ދަށުން، 470 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 96 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 10,800 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެއެވެ.

1,200 މީހުންގެ އާބާދީގެ ބ . ދަރަވަންދޫ އަކީ ރަށް ގިރުމުގެ ބިރުވެރިކަން ޒަމާނުއްސުރެ ތަހައްމަލުކުރަމުން އައިސްފައިވާ ރަށެކެވެ. ރަށް ގިރުމުގެ ސަބަބުން ރަށުގެ އުތުރު ފަރާތާއި ހުޅަނގު ފަރާތުން ބޮޑު ބަޔެއް ގިރައިގެންގޮސް ގޮނދޮށުގައި އޮތް ރީތި ވެލިގަނޑުވެސް ވަނީ ގިރައި ހުސްވެފައެވެ. އަދި ރަށްގިރުމުގެ ނޭދެވޭ އަސަރުގެ ސަބަބުން ކޮންމެ އަހަރަކުވެސް އެތައް ރުއްގަހެއް ވެއްޓި ނެތިގެން ދެއެވެ.

ދަރަވަންދޫގެ ރައްޔިތުން އާމްދަނީ ހޯދަނީ މައިގަނޑު ގޮތެއްގައި ގެސްޓްހައުސް ވިޔާފަރިން ނުވަތަ ކައިރި ރިސޯޓްތަކުގައި ވަޒީފާ އަދާކޮށްގެންނެވެ. މި ރަށުގެ ރައްޔިތުން ދިރިއުޅުމަށްޓަކައި ފަތުރުވެރިކަމަށް ބަރޯސާވަމުން އަންނަ މިންވަރު އިތުރުވަމުން އަންނަކަން ދޭހަކޮށްދޭ އެންމެ ބޮޑު އެއް ހެއްކަކީ ރަށުގައި މިހާރުވެސް އެކި ފަންތީގައި ހިންގާ 14 ގެސްޓްހައުސް ހުރުމެވެ. އެގޮތުން ރަށްގިރުމުގެ ސަބަބުން ރަށުގެ ގުދުރަތީ ރީތިކަން ގެއްލޭތީ، މިކަންވަނީ ފަތުރުވެރިކަމަށްވެސް އޮތް ބޮޑު ނުރައްކަލަކަށް ވެފައެވެ.

އެހެން ނަމަވެސް، ގިރާ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތް ކުރެވުމާއި އެކު، ރަށްގިރުމުގެ މައްސަލަ އަށް މިވަނީ ހައްލު ލިބިފައެވެ.

ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަމީނީ މަގުގެ ސެގްމަންޓް 3 ގެ މަސައްކަތް ނިންމައި މި ހަފުތާގައި ހުޅުވާލަނީ
31 Oct 2026 ހަބަރު

އަމީނީ މަގުގެ ސެގްމަންޓް 3 ގެ މަސައްކަތް ނިންމައި މި ހަފުތާގައި ހުޅުވާލަނީ

މި ސަރަޙައްދަކީ ޢިއްޒުއްދީން މަގާ ހަމައިން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮންނަ މަގުގެ ބައެވެ

އެމްޓީސީސީ ހިއްސާގެ ފައިދާ މާދަމައިން ފެށިގެން ދޫކުރަނީ
31 Oct 2026 ހަބަރު

އެމްޓީސީސީ ހިއްސާގެ ފައިދާ މާދަމައިން ފެށިގެން ދޫކުރަނީ

އެމްޓީސީސީގެ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް މޫނުމަތީ އަގުގެ ފަސް ރުފިޔާގެ ކޮންމެ ހިއްސާއަކަށް 3 ރުފިޔާ ބެހުމަށް ވަނީ ފާސްކޮށްފައެވެ.

އޭ.ސީ.ސީ.އޭ އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމުން އެމް.ޓީ.ސީ.ސީއަށް ދެ ސެޓްފިކޭޝަން
24 Oct 2026 ހަބަރު

އޭ.ސީ.ސީ.އޭ އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމުން އެމް.ޓީ.ސީ.ސީއަށް ދެ ސެޓްފިކޭޝަން

އެމްޓީސީސީން ބުނި ގޮތުގައި، މި ސެޓިފިކޭޝަންތައް އެ ކުންފުންޏަށް ލިބިފައިވަނީ އޭސީސީއޭގެ "އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމް" ގެ ދަށުން ކަނޑައަޅާފައިވާ ހަރުދަނާ ޝަރުތުތަކާއި މިންގަނޑުތަކަށް ކުންފުނި ފުރިހަމައަށް ފެތޭކަން، އޭސީސީއޭއިން ވަރަށް ފުންކޮށް ދިރާސާކޮށް ކަށަވަރުކުރުމަށް ފަހުގައެވެ.

ގްރޭޓާ މާލެ ސަރަޙައްދުގައި ފެންބޮޑުވި ސަރަޙައްދުތަކުން 367 ޓަނަށް ވުރެ ގިނަ ފެން، އެމްޓީސީސީން ހިންދައިފި
22 Oct 2026 ހަބަރު

ގްރޭޓާ މާލެ ސަރަޙައްދުގައި ފެންބޮޑުވި ސަރަޙައްދުތަކުން 367 ޓަނަށް ވުރެ ގިނަ ފެން، އެމްޓީސީސީން ހިންދައިފި

މިދިޔަ ދެ ދުވަހު ވެހުނު ބޯވިއްސާރައިގައި ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނުގައި، އެކި ސަރަޙައްދުތަކުން 367.82 ޓަނުގެ ފެން ހިންދާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ )އެމްޓީސީސީ( އިން ބުނެފިއެވެ.

އަމީނީ މަގުގެ ތިން ވަނަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް މާދަމާ ފަށަނީ
19 Oct 2026 ހަބަރު

އަމީނީ މަގުގެ ތިން ވަނަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް މާދަމާ ފަށަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ )އެމްޓީސީސީ( އިން ކުރިއަށްގެންދާ މި މަޝްރޫއުގެ ތިންވަނަ ސެގްމަންޓުގެ ދިގުމިނަކީ 1،924.77 މީޓަރެވެ. އެ ސަރަހައްދުގެ ކުރީގެ ތާރު ނެގުން ފެށީ މި މަހުގެ 4 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެގްރިގޭޓް ބޭސް ކޯސް )އޭބީސީ( އަޅައި، އެމްސީ 30 ޕްރައިމް ކޯޓު ޖެހުމުގެ މަސައްކަތް ވެސް މިހާރު ނިމިފައިވެއެވެ.

މާލޭ އުތުރުފަރާތުގައި ހަދާ ފިންގަރ ޖެޓީގެ ކޮންކްރީޓުގެ މަސައްކަތް ފަށަނީ
17 Oct 2026 ހަބަރު

މާލޭ އުތުރުފަރާތުގައި ހަދާ ފިންގަރ ޖެޓީގެ ކޮންކްރީޓުގެ މަސައްކަތް ފަށަނީ

އެމްޓީސީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މި ވަގުތު ކުރިއަށް ދަނީ ޖެޓީގެ ތަނބުތައް ބެހެއްޓުމާއި ދަގަނޑު އެޅުމުގެ މަސައްކަތްތައް ކަމަށެވެ. މި ދެ މަރުހަލާ ނިމުމާ އެކު، އަންނަ ހަފުތާ ތެރޭގައި ޖެޓީގެ ކޮންކްރީޓް މަސައްކަތް ފެށޭނެ ކަމަށް އެމްޓީސީސީން ލަފާކުރެއެވެ.